23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ޕެރޫ ކަޓުވާލައި ފްރާންސް ދެވަނަ ބުރަށް

  • ޕެރޫއާ ދެކޮޅަށް ކުޅުނު މެޗު ފްރާންސްއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުން
  • މި މޮޅާއެކު ފްރާންސަށް ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވާއިރު ޕެރޫ ވަނީ މުބާރާތުން ކަޓާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 21 ޖޫން 2018 | ބުރާސްފަތި 22:21 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


މި މެޗުގައި ލަނޑު ޖެހުމަށްފަހު އެމްބާޕޭ (ކ) ގްރީޒްމަންއާއެކު އުފާފާޅުކުރަނީ - އެމްބާޕޭ ވެގެންދިޔައީ ބައިނަލްއަގްވާމީ މުބާރާތެއްގައި ފްރާންސަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށް -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕް ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި ޕެރޫ ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ފްރާންސްއިން ހޯދައިފިއެވެ.

ޔެކަޓަރިންބަރގްގައި ހުންނަ އެކަޓެރިންބަރގް އެރީނާގައި ޕެރޫއާ ދެކޮޅަށް ކުޅުނު މެޗު ފްރާންސްއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މި ދެ ޓީމު މީގެކުރިން މެޗެއް ކުޅެފައިވަނީ 1982 ވަނަ އަހަރުއެވެ. އެމެޗު 1-0 އިން ކާމިޔާބުކުރީ ޕެރޫއެވެ. މި މެޗާއި ކުރިމަތިލިއިރު ދެކުނު އެމެރިކާގެ ޓީމެއް އަތުން ވާރލްޑް ކަޕެއްގައި ފްރާންސް އެންމެފަހުން ބަލިވެފައި އޮތީ 1978 ވަނަ އަހަރުއެވެ. ފްރާންސްގެ ފުރަތަމަ އެގާރާގައި ފުރަތަމަ މެޗުގައި ހިމެނުނު އުސްމާން ޑެމްބޭލޭ އަދި ކޮރެންޓިން ޓޮލީސޯގެ ބަދަލުގައި މި މެޗުގައި ކުޅެފައިވަނީ ބްލެއިޒް މަޓުއިޑީ އަދި އޮލިވިއާ ޖިރޫއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޕެރޫގެ ކުޅުންތެރިން އުފެއްދި ހަމަލާތަކުގެ ބޭނުން އެކުޅުންތެރިންނަށް ހިފިފައިނުވާއިރު ފްރާންސްއިން ވަނީ މެޗުގެ 34 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއެވެ. މި ލަނޑަށްފަހު ވެސް ފްރާންސްއިން ވަނީ އިތުރު ލަނޑެއް ޖެހުމަށް މަސައްކަތްކޮށްފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ފްރާންސްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ޕެރޫއިން ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމުގެ ޕެޑްރޯ އަކުއިނޯ ފޮނުވާލި ހަމަލާއެއް ފްރާންސްގެ ގޯލުގެ ދަނޑީގައި ޖެހިފައިވެއެވެ. ޕެރޫގެ ކުޅުންތެރިން ފުލުފުލުގައި ހަމަލާތައް އުފެއްދި ނަމަވެސް އެކުޅުންތެރިންނަށް އެއްވެސް ހަމަލާއެއް ގޯލުގެ ތެރެއަށް އަމާޒުކޮށްލެވިފައެއް ނުވެއެވެ.

މި މޮޅާއެކު ފްރާންސަށް ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވާއިރު ޕެރޫ ވަނީ މުބާރާތުން ކަޓާފައެވެ. ފްރާންސް ވެގެންދިޔައީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޔަގީންކުރި ތިންވަނަ ޓީމަށެވެ.

މި މެޗުގައި ފްރާންސްގެ ލަނޑު ޖެހި ކިލިއަން އެމްބާޕޭ ވެގެންދިޔައީ ބައިނަލްއަގްވާމީ މުބާރާތެއްގައި ފްރާންސަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މީގެކުރިން މި ރެކޯޑް އޮތީ 1998 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި ސައުދީ އަރަބިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހި ޑޭވިޑް ޓްރެޒްގުއޭ އަތުގައެވެ. ހަމައެހެންމެ އޭނާއަކީ 1998 ވަނަ އަހަރުގެ ފަހުން އުފަންވެ ވާރލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ.

ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި ޑެންމާކާއި ދެކޮޅަށް ފްރާންސް ނުކުންނައިރު ޕެރޫ ނުކުންނާނީ އޮސްޓްރޭލިއާ އާއި ދެކޮޅަށެވެ. މި ގްރޫޕްގެ އެއްވަނައިގައި ފްރާންސް އޮތްއިރު ދެވަނަ ލިބެނީ ޑެންމާކަށެވެ. ތިންވަނަ އޮސްޓްރޭލިއާއަށް ލިބޭއިރު ޕެރޫ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް