20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރިޔާސީ އިންތިޚާބު 2018

އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ކޮށްގެން އިންތިޚާބަށް ދިއުމަކީ މޮޔަކަމެއް!

  • އިލެކްޝަންސް ކޮމިޝަނާ ހަވާލުވުމާ ހަމައަށް ޝަރީފް އުޅުއްވީ ޕީޕީއެމަށް މެމްބަރުން އިތުރު ކުރަން
  • އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ޝަރީފް ހުންނެވުމެކޭ އެމަގާމުގައި ރައީސް ޔާމީން ހުންނެވުމަކޭ އެއްވެސް ތަފާތެއް ނެތް
  • އިލެކްޝަންސް ކޮމިޝަން އޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި
މުހައްމަދު ފަޒީން | phaxyn

| 21 ޖޫން 2018 | ބުރާސްފަތި 17:21 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން -- ފޮޓޯ : މުހައްމަދު ޝަރުހާން

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަކީ ކޮން ބޭފުޅެއްކަން އެންމެ ރަނޅަށް އެނގޭނީ އެ ބޭފުޅާ އާއި ގާތް ބޭފުޅުންނަށެވެ. އެގޮތުން ޝަރީފަކީ ކޮންބޭފުޅެއްކަން އެންމެ ރަނގަޅަށް އެނގޭ އެއް ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެދާނެއެވެ. އެއީ، ޝަރީފަކީ ރައީސް ޔާމީންގެ އަރިހުގައި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ރައީސް ޔާމީން އިތުބާރު ކުރައްވާ ބޭފުޅެކެވެ. ރައީސް ޔާމީން ހަވާލު ކުރައްވާ ކަންކަން އިހުލާސްތެރި ކަމާއެކު ކޮށްދެއްވާ ބޭފުޅެކެވެ.

ސިޔާސީ ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ޝަރީފް ފެނިގެން ދިޔައީވެސް ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސްއިންނެވެ. ރައީސް ޔާމީންގެ އަރިހުގައި ހުންނަވަނިކޮށެވެ. މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި އުޅުއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ސަރުކާރުގެ ނުފޫޒާއެކު ސުޕްރީމް ކޯޓުން ގެއްލިފައިވާ ކަމަށް ނިންމުމާއެކު ތިމަރަފުށީ ދައިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުން ވަކިވިއެވެ. ވަކިވިއިރު ވަކިވީ އެދާއިރާގެ ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންގެ ލިސްޓަށް ގޮތެއް ހަދާފަ ތޯއްޗެކެވެ. އިސާހިތަކުން އެގޮނޑި ޝަރީފް ކާމިޔާބު ކުރައްވައިފިއެވެ.

އެއަށްފަހު ދެން ބޭއްވި މަޖިލިސް އިންތިހާބުގައިވެސް ތިމަރަފުށި ދާއިރާއަށް ޝަރީފް ވާދަ ކުރެއްވިއެވެ. ވާދަކުރެއްވީ ވެސް ހަމަ އެއްކަލަ މުއްސަތަފާ އާއިއެވެ. އެ އިންތިޚާބުން ޝަރީފް ބަލިވުމާއި ގުޅިގެން ޕީޕީއެމްގެ ސަރުކާރުން ޝަރީފަށް ސިޔާސީ މަގާމުތައް ދެމުން ދިޔައެވެ.

އެންމެ ފާހަގަ ކޮށްލެވެނީ ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަންގައި ޝަރީފް ހޭދަކުރެއްވި ދުވަސްވަރާއި މިހާރު އިލެކްޝަންސް ކޮމިޝަނުގައި ހޭދަ ކުރައްވަމުން ގެންދަވާ ދުވަސްވަރު ކުރައްވަމުން ގެންދަވާ ކަންކަމެވެ.

މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ އިސް މުވައްޒަފުންތަކަކާއިއެކު ޝަރީފް ސްޓެލްކޯގައި ބައްދަލު ކުރެއްވިއެވެ. އެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ދޮޅު އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެހެން ދިމާލަށް ދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝަރީފް ވިދާޅުވެފައި ވަނީ އޭނާ ފެނަކައިގެ އެމްޑީގެ މަގާމަށް އައީ ދޮޅު އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި އެވާހަކަ މިހާތަނަށް އެއްވެސް މީހެއް ކައިރީ ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވަނީ އެހެން "އެސައިންމެންޓަކާ" ހަވާލުވެވަޑައިގެންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ހަތަރުވަރަކަށް މަސް ތެރޭގައި އެހެން ދިމާއަކަށް ދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ހަވާލުވާ އެ "އެސައިންމެންޓަކީ" އަދި ކޮބައިކަމެއް ޝަރީފް އެބޭފުޅުންގެ ގާތުގައި ވިދާޅެއް ނުވެއެވެ.

ޝަރީފް ވިދާޅުވާ ގޮތުން އޭނާ ފެނަކައާ ހަވާލުވީ ވަކި ކަންތައްތަކެއް ހާސިލް ކުރުމަށެވެ. ޝަރީފް ވިދާޅުވަނީ އޭނާގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ފެނަކައިގެ ހިންގުމަށް އައިސްފައިވާ ބަދަލު ސީދާކޮށް ބަލާ ބަޔަކަށް ނުފެނި ދާނެކަމަށެވެ. ސަބަބަބަކީ ފެނަކައަށް އައިސްފައިވާ ބަދަލުތަކަކީ ސީދާ ގޮތުން އައިސްފައިވާ ނުވަތަ ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ނުވުމެވެ. ޝަރީފް އެވިދާޅުވަނީ ރަނގަޅު ވާހަކައެކެވެ. ފެނަކަ މެދުވެރިވެގެން ވަކި ބަޔަކު ބޮޑެތި މަހުޖަނުންނަށް ވެއްޖެއެވެ. ފެނަކައިގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ ރަށްތަކަށް ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމެވެ. އެކަން ހަދާން ނައްތާލާ ވިޔަފާރީގެ ބޮޑެތި ޑީލްތައް ހަދަމުންދިޔައިރު، 24 ގަޑިއިރު ކަރަންޓް ޔަޤީންވެގެންގޮސް ގިނަ ރަށްރަށުން ކަރަންޓް ކެނޑެނީއެވެ. މާލެއިން ދެއިރު ދެދަޅައަށް ކަރަންޓް ކެނޑޭ ދުވަސްދުވަސްވެސް ދިޔައެވެ. ފެނަކައިގެ މުވައްޒަފުންނަށް ޕީޕީއެމްގެ ހަރަކާތްތަކުގައި ޝާމިލުވެގެން އުޅެން ޖެހިއްޖެއެވެ. އޮފީހުގައި ހޭދަ ކޮށްލާނެ ވަގުތު ކޮޅެއްވެސް ނުލިބެއެވެ. އެންމެފަހުން މެނޭޖިންގް ޑިރެކްޓަރ ޝަރީފްވެސް މަގުމަތީގައި ޕީޕީއެމް ފޯމް ބޮނޑިއެއް ހިފައިގެން އެފުރުއްވަން އުޅުއްވިއެވެ. މިފެންވަރަށް ޝަރީފާއި ފެނަކައިގެ ހާލަތު ވެއްޓިފައި ވަނިކޮށް، އެއްކަލަ ހަތަރުމަސް ނިމި، އެއްކަލަ ވަރުގަދަ "އެސައިންމަންޓް" ހަވާލު ކޮށްފިއެވެ.

އާދެ، އިލެކްޝަންސް ކޮމިޝަން، ޝަރީފުއާ ހަވާލުކޮށްފިއެވެ. ކުރިއަށް އޮތީ ރިޔާސީ އިންތިޚާބެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމާއި ހަވާލުވުމާއި ހަމައަށް ޝަރީފް އުޅުއްވީ ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށާއި ރައީސް ޔާމީންގެ ކެމްޕެއިންގެ ހަރަކާތްތަކުގައެވެ.

އެހެންވީމާ ރައީސް ޔާމީންގެ ކެމްޕެއިން ހިންގާ ޖަގަހަތަކުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި އޮފިޝަލުން ވަޑައިގެން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އަދި އަމުދުން ޝަރީފް ވިދާޅުވާގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ޝަރީފް ހުންނެވުމެކޭ ރައީސް ޔާމީން އެމަގާމުގައި ހުންނެވުމެކޭ އެއްވެސް ތަފާތެއް ނުފެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް