23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ފީފާ ވާރލްޑް ކަޕް 2018

މިސްރުގެ ސްކޮޑްގައި މައްސަލަ ނެތްކަމުގެ ޔަގީންކަން ސަލާހު ދީފި

  • މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން މިސްރު ވަނީ ކަޓާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 21 ޖޫން 2018 | ބުރާސްފަތި 17:03 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ރަޝިއާ އަތުން 3-1 އިން ބަލިވެ ވާރލްޑް ކަޕްއިން މިސްރު ބަލިވި މެޗުގަައި ސަލާޙު ދަނޑުމަތީގައި: މިސްރުގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ ސަލާހު ކަމަށް އެގައުމުގެ ރައްޔިތުން ދެކޭ -- ގެޓީ އިމޭޖާސް

މިސްރުގެ ސްކޮޑްގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވާ ވަނިކޮށް މުހައްމަދު ސަލާހު އެ ރިޕޯޓްތައް ދޮގުކޮށްފިއެވެ.

މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން މިސްރު ކަޓާފައިވާ އިރު ރަޝިއާ އަތުން 3-1 އިން އެ ޓީމު ބަލިވި މެޗަށް ފަހު ސްކޮޑްގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމުގެ ރިޕޯޓްތަކެއް ފެތުރުނެވެ. މިސްރަށް 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވާރލްޑް ކަޕްގެ ޖާގައެއް ލިބިގެންދިޔައީ ކޮންގޯއާ ދެކޮޅަށް ކުޅުނު ކޮލިފައިންގެ އެންމެ ފަހު މެޗުގެ އެންމެ ފަހު މިނެޓުގައި ސަލާހު ޖެހި ޕެނަލްޓީއަކުންނެވެ.

ވާރލްޑް ކަޕް ފުރަތަމަ މެޗު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ސަލާހަށް ގެއްލުނު ނަމަވެސް ދެވަނަ މެޗުގައި ކުޅެން އަރާ އޭނާ މިސްރަށް ލަނޑެއް ޖަހައިދިނެވެ. މި ލަނޑާއެކު އޭނާ ވެގެންދިޔައީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް މިސްރަށް ލަނޑެއް ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ރަޝިއާ އަތުން ބަލިވި މެޗަށް ފަހު، މިސްރުގެ ފަރާތުން ފުރަތަމަ ދެމެޗުގައި ފެނުނު ކުޅުމާ ވިދިގެން ޓީމުގެ ސްޓާފުންނާއި ކުޅުންތެރިންނާއި ދެމެދު މައްސަލަތަކެއް ޖެހުނު ކަމުގެ ރިޕޯޓްތަކެއް ފެންމަތިވިއެވެ.

އެހެން ނަމަވެސް ޓްވިޓަރ މެދުވެރިކޮށް ސަލާހު ވަނީ މި ރިޕޯޓްތައް ދޮގުކޮށްފައެވެ. އޭނާ ބުނީ މިސްރުގެ ޓީމުގެ ހުރިހާ އެންމެންގެ މެދުގައި ވެސް އޮތީ އެކުވެރިކަން ކަމަށާއި ޓީމުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އޭނާ ކުރި ޓްވީޓްގައި އިތުރަށް ވަނީ އެންމެން ވެސް އެކަކު އަނެކަކަށް ވަރަށް އިހުތިރާމްކުރާ ކަމަށާއި އެންމެންގެ މެދުގައި ވެސް ވަރަށް ގާތް ގުޅުމެއް އެބައޮތް ކަމަށެވެ.

މިފަހަރުގެ ވާރލްޑް ކަޕް ފެށުމުގެ ކުރިން ސަލާހުއަށް ނޫސްތަކުގައި ފަލަސުރުހީތަކުން ޖާގަ ލިބެމުންދިޔުމާ އެކު އޭނާގެ ކުޅުމަށް އަސަރުކޮށްފާނެ ކަމަށް މިސްރުގެ ޓީމުގެ ބައެއް ސްޓާފުން ދެކުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޗެޗްނިޔާގެ ލީޑަރު ރަމަޒާން ކަޑީރޯވްއާ އެކު ސަލާހު ނަގާފައިވާ ފޯޓޯތަކެއް އާއްމުވުމާ ގުޅިގެން ސިޔާސީ ކަންކަމުގައި ސަލާހު ހަރަކާތްތެރިވާކަމުގެ ތުހުމަތުތަކެއް ކުރެވުނެވެ.

ހަމައެހެންމެ މި މައްސަލަތަކުގެ ތެރެއިން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ހެކްޓަރ ކޫޕަރ މަގާމުން ވަކިކުރުމަށް އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވާރލްޑް ކަޕްއިން މިސްރު ކަޓާފައިވާއިރު މި ނިމުނު ސީޒަނަކީ ސަލާހުއަށް ވަރަށް ކާމިޔާބު ސީޒަނެކެވެ. އެގޮތުން އޭނާއަށް ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދިއެވެ. ހަމައެހެންމެ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ވެސް ޖެހީ އޭނާއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް