| 16 ޖެނުއަރީ 2017 | ހޯމަ 20:52 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ކިތަންމެ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނުގެ މަގާމުގައި ނިއުރޭޑިއަންޓް ބާއްވަދޭނެ ކަމަށް އެ ކްލަބުގެ ޗެއާމަން ކާނަލް ޒިޔާދު ވިދާޅުވެއްޖެ އެވެ.
އެ ކްލަބްގެ ޕްރީ ސީޒަން ލޯންޗް ކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، އޭނާ މިދިޔަ ދެ ހަފްތާއެއްހާ ދުވަސްކުރިން ކްލަބާ ހަވާލުވިއިރު، ކްލަބް އޮތީ ވަރަށް ނުބައި ހާލަތެއްގައި ކަމަށާއި، ރަނގަޅު ކުޅުންތެރިންވެސް ޓީމުގައި ނެތް ކަމަށެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވީ ސުމަކުން ފަށައިގެން އަލުން ޓީމު ބިނާކޮށްފައިވާ ކަމަށާއި، ސާމާނުވެސް ހޯދާފައިވާ ކަމަށެވެ. އެގޮތުން ދިމާވާ ހުރިހާ ގޮންޖެހުންތަކާއެކުވެސް ފުޓުބޯޅައިގެ ރަސްގެފާނުގެ މަގާމުގައި ނިއު ރޭޑިއަންޓް ބެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ޒިޔާދު ވަނީ ވިދާޅުވެފައެވެ.
ޒިޔާދު ވިދާޅުވީ ނިއު ރޭޑިއަންޓްގެ އެކްޝަން ޕްލޭންއެއް އެބައޮތް ކަމަށާއި، ލޯންގް ޓާމް ޕްލޭނެއް ވެސް އެބަ އޮތް ކަމަށެވެ. އެގޮތުން ދައުރު ހަމަވަންދެން ތަންފީޒްވާވަރުގެ ކަންތައްތައް ލޯންގް ޓާމް ޕްލޭންގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނިއުގެ އާ ބޯޑުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރެވެ.
ނިއު އިން އަންނަނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އެޓީމުގެ ފޭން ކްލަބްވެސް ވަރުގަދަކުރަމުންނެވެ. އެގޮތުން ނިއުރޭޑިއަންޓް ޔޫނިއަން ނަމުގައި ކުރިންވެސް އޮންނަ ޖަމިއްޔާ އަލުން ވުޖޫދަށް ގެނެސް އެ ޖަމިއްޔާ އެކްޓިވްކޮށް ސަޕޯޓަރުންނަށް ހާއްސަ ކެފޭއެއް ވެސް ވަނީ ހުޅުވާފައެވެ. މީގެއިތުރުން ސަޕޯޓަރުންނަށް ހާއްސަ ޖިމެއްވެސް ހުޅުވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ނިއުގެ އާ ބޯޑުން ގިނަ ހަރަދުތަކެއް ރެކޯޑް ބަޖެޓަކާއެކު ކުރަމުން އަންނަ އިރު، އެޓީމުން އަންނަނީ ރެވެނިއު ވެއްދޭނެ ތަފާތު ދޮރުތައްވެސް ބަލަމުންނެވެ. އެގޮތުން ޖޯޒީ އަދި މާޗެންޑައިޒް އެއްޗެހި ވިއްކޭނެ ގޮތްތައްވެސް އެކްލަބުން އަންނަނީ ބަލަމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް