22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ހޮލީވޫޑް

ގްރާންޑޭ އާއި ޑޭވިޑްސަން އެންގޭޖް ވެއްޖެ

  • ދެތަރިން ކައިވެނުކުރަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 21 ޖޫން 2018 | ބުރާސްފަތި 11:22 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ގްރާންޑޭ އާއި ޑޭވިޑްސަން -- ގޫގުލް

އެމެރިކަން އެކްޓަރ އަދި ކޮމޭޑިއަން ޕީޓް ޑޭވިޑްސަން އެމެރިކާގެ ލަވަ ކިޔުން ތެރިޔާ އަދި އެކްޓްރެސް އެރިއާނާ ގްރާންޑޭ އާއި އެންގޭޖް ކޮށްފައިވާ ކަން އޭނާ ޔަގީން ކޮށްދީފިއެވެ.

އެ ދެތަރިން ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެ ވާހަކަތަކަށް ބާރުލިބޭ، ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

"ޓްނައިޓް ޝޯ"ގެ ހޯސްޓް ޖިމީފެލަން ވަނީ އެ ޝޯއަށް އަރަން ކޮންމެހެން ގްރާންޑޭ އާއި އެންގޭޖް ވާކަށް ނުޖެހޭ ކަމަށް ބުނުމުން އޭގެ ޖަވާބުގައި ޑޭވިޑްސަން ބުނެފައި ވަނީ އެކަން ވަނީ ވެފައި ކަމަށެވެ. އޭނާއަށް އިހުސާސް ކުރެވޭނީ ވަރަށް އަގުހުރިއެއްޗެއް ހާސިލް ކުރެވުން ކަމަށާއި އަދި ވަރަށް އުފާވާ ކަމަށް ޑެވިޑްސަން ވަނީ ބުނެފައެވެ.

ސައުވީސް އަހަރުގެ އެ ޒުވާން ދެ ތަރިން އެންގޭޖް ކޮށްފައި މި ވަނީ އެ ދެމީހުން އެކީގައި އުޅެން ފެށިތާ މަދު ދުސްވަކޮޅެއްގެ ތެރޭގައެވެ.

މިދިޔަ ޖޫން މުގެ ދެ ވަނަ ދުވަހު ލޮސްއެންޖްލްސްގައި ޕަރފޯމް ކުރިއިރު އެނާގެ އަތުގައި ޑައިމަންޑް ރިންގެއް އަޅާފައި ވަނިކޮށް ވަނީ ފެނިގެން ގޮސްފައެވެ.

މީގެ އިތުރުން މިދިޔަ ހޯމަ ދުވަހު ގްރާންޑޭ ޑޭވިޑްސަން އާއި އެކު ކެލިޕޯނިއާގެ ޑިޒްނީ ލޭންޑަށް ދިޔައިރު ވެސް އެ އަނގޮޓީ އަޅާފައިވާތަން ވަނީ ފެނިގެން ގޮސްފައެވެ.

ގްރާންޑޭ ވަނީ ދެ އަހަރު ދުވަސް ވަންދެން ރެޕާރ މެކް މިލާރ އާއި ރައްޓެހިވެގެން އުޅުމަށްފަހު ދާދިފަހުން ރުޅިވެފައެވެ.

މީގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރު މަންޗެސްޓްރ ޔުނައިޓެޑްގައި އޭނާގެ ކޮންސެޓް ހިނގަމުން ދިޔަ އިރު ދިން 22 މީހުން މަރުވި ޓެރޯ އެޓޭކަށް ފަހު ޕޯސްޓް ޓްރޮމެޓިކް ޑިސްއޯޑާ އެއް ތަހަންމަލު ކުރަމުންދާ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް