17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ބޮލީވުޑް

ރަންބީރުގެ މަންމަ ނީތޫގެ 60 ވަނަ އުފަންދުސް ފާހަގަ ކުރުން ޕެރިހުގައި

  • ނީތޫ ގެ އުފަންދުވަހަކީ އަންނަ ޖުލައި މަހުގެ އަށް ވަނަ ދުވަސް
  • ތައްޔާރީތައް ކުރިއަށް ދަނީ ރިޝީގެ ބެލުމުގެ ދަށުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 21 ޖޫން 2018 | ބުރާސްފަތި 07:35 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ރިޝީ ކަޕޫރާއި އަންހެނުން ނީތޫ ކަޕޫރު -- ހިންދުސްތާނީ ޓައިމްސް

ބޮލީވޫޑްގެ ތަރި ރަންބީރު ކަޕޫރު މަންމަ ނީތޫ ކަޕޫރުގެ 60 ވަނަ އުފަންދުވަސް ކުލަގަދަކޮށް ޕެރިހުގައި ފާހަގަ ކުރުމަށް އާއިލާއިން ނިންމައިފިއެވެ.

 ރިޝީ ކަޕޫރުގެ އަންހެނުން ނީތޫ ގެ އުފަންދުވަހަކީ އަންނަ ޖުލައި މަހުގެ އަށް ވަނަ ދުވަހެވެ.

ނީތޫގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުކުމުގެ ތައްޔާރީތައް ކުރިއަށް ދަނީ ސީދާ ރިޝީގެ ބެލުމުގެ ދަށުންނެވެ.

ނީތޫގެ އުފަން ދުވަހަށް ޕެރިހަށް ދިއުމުގެ ކުރިން އޭނާ ވަނީ އަންހެން ދަރިފުޅު ރިއްދިމާ ކަޕޫރާއި މާމަ ދަރިފުޅު ސަމާރާ އާ އެކު ލަންޑަންގައި ޗުއްޓީ ހޭދަ ކުރުމަށް ނިންމާފައެވެ. އަދި އެ މީހުން ޕެރިހަށް ދިއުމުން ރަންބީރު ވެސް އެ މީހުންނާ ޖޮއިން ކުރުމަށް ވަނީ ނިންމާފައެވެ.

ރަންބީރު މިވަގުތު ދަނީ މި މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރާ އޭނާގެ އަންނަން އޮތް ފިލްމް "ސަންޖޫ" ޕްރޮމޯޓް ކުރުމުގައި އަވަދިނެތި އުޅެމުންނެވެ.

ބޮލީވޫޑްގެ ތަރި ނީތޫ ސިންގް އާއި ރިޝީ ކަޕޫރު ކައިވެނި ކޮށްފައި ވަނީ 1980 ވަނަ އަހަރުއެވެ. ނީތޫ ރިޝީ އާއި ކައިވެނި ކޮށްފައި ވަނީ އުމުރުން 21 އަހަރުގައެވެ. ލޫޅާފަތި ހަށިގަނޑެއްގެ ވެރި ނީތޫ ދަނީ މިހާރުވެސް މަދުމަދުން ފިލްމްތަކުގައި ހަރަކާތްތެރި ވަމުންނެވެ.

ހަށިގަނޑު ވަރަށް ފިޓްކޮށްހުރި ނީތޫ ބުނެފައިވަނީ ކަސްރަތު ކުރުމަކީ ދަތް އުނދުޅާ ފެންވެރުންހާ މުހިއްމު ކަމެއް ކަމުގައެވެ. އޭނާގެ މަންމަގެ އުމުރުން 50 އަހަރުގައި ބައިވަރު ސިއްޚީ މައްސަލަތައް ދިމާވި ކަމަށާއި އޭގެ ތެރޭގައި ލޭމައްޗަށް ދިއުމާއި ހަކުރު ބަލި އަދި ކޮލެސްޓްރޯލް މައްޗަށް ދިއުން ހިމެނޭ ކަމަށެވެ. އެނާގެ މަންމަގެ ދިރިއުޅުމުގެ އާދަތައް ކޮޕީކޮށް މަންމަ ކައި ބޮއި ހެދި ތަކެތި ކާނަމަ އޭނާއަށް ވެސް އެފަދަ ސިއްޚީ މައްސަލަ ތަކާއި ކުރިމަތިވީސް ކަމަށް ނީތޫ ވަނީ މީގެ ކުރިން ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް