| 16 ޖެނުއަރީ 2017 | ހޯމަ 20:42 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިދުވަސްވަރު ބްރެޒިލްގެ ބައެއް ސަރަހައްދުތަކުގައި ހަލުވި ކަމާއެކު "ޔެލޯ ފީވަރ" ފެތުރެމުންދާކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ލިބިފައިވާ ކަމަށާއި "ޔެލޯ ފީވަރ" އުޅޭ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޖެންސީއިން އިލްތިމާސް ކުރާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ "ޔެލޯ ފީވަރ" އުޅޭ ޤައުމުތަކުގެ ލިސްޓުގައި ހިމަނާފައިވާ ޤައުމުތަކަށް ދަތުރުކުރާ މީހުން ދަތުރު ކުރުމުގެ 10 ދުވަސް ކުރިން ވެކްސިން ޖެހުމަށާއި ކޮންމެހެން ދަތުރު ކުރަން ޖެހިގެން ނޫނީ ދަތުރު ނުކުރުމުގެ އިތުރުން އެއިން ޤައުމަކަށް ދަތުރު ކުރުމަށްފަހު އެނބުރި އަންނަތާ 6 ދުވަހުގެ ތެރޭގައި އަލާމާތްތަކެއް ފެނިއްޖެ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.
ރީނދޫ ހުމުގެ އަލާމާތްތަކުގެ ތެރޭގައި، އެޗްޕީއޭއިން ބުނީ ގަދައަށް ހުން އައުން، ލޮލުގެ ހުދުކަޅި އާއި ގައިގެ ހަންގަނޑު ރީނދޫވުން، ގައިގައި ރިއްސުން، ކާހިތް ނުވުން، ބޯއެނބުރުމާއި ހޮޑުލެވުން އަދި ބޮލުގައި ރިއްސުމެވެ.
އެފަދަ އަލާމާތެއް ފެނިއްޖެ ކަމުގައިވާ ނަމަ ވީއެންމެ އަވަހަކަށް މަދިރި ހެފުމުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއެކު ސިއްޙީ ފަރުވާ ހޯދުމުގައި އެފަދަ ޤައުމުތަކަށް ދަތުރުކުރިކަމުގެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.
"ޔެލޯ ފީވަރަ" އުޅޭ ޤައުމުތަކުގެ ލިސްޓް އިންޓަރނޭޝަނަލް ބޯޑަރ ހެލްތުގެ ނަމްބަރ 7954333 ފޯނަށް ގުޅުމުން ލިބޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް