20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ސްޕެއިން މޮޅުވެ ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފި

 • އީރާނާއި ދެކޮޅަށް ކުޅުނު މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުން
 • ސްޕެއިންގެ ލަނޑު ޖެހީ ޑިއޭގޯ ކޮސްޓާ
 • ގްރޫޕްގެ އެންމެ ފަހު މެޗުގައި ސްޕެއިން ނުކުންނާނީ މޮރޮކޯއާ ދެކޮޅަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 21 ޖޫން 2018 | ބުރާސްފަތި 03:56 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
 3. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
 5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
 6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
 7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
 8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


މި މެޗުން ސްޕެއިން މޮޅުވި ލަނޑު ޖެހި ޑިއޭގޯ ކޮސްޓާ - މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި އޭނާ ޖެހި ތިންވަނަ ލަނޑު -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި އީރާނާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ސްޕެއިންއިން ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ކަޒާންގައި ހުންނަ ކަޒާން އެރީނާގައި ކުޅުނު މެޗު ސްޕެއިންއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މިއީ ސްޕެއިން އާއި އީރާނާއި ދެމެދު ކުޅެވުނު ބައިނަލްއަގްވާމީ ފުރަތަމަ މެޗަށްވާއިރު ޔޫރަޕުގެ ޓީމަކާއި ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން އީރާން މޮޅުވެފައެއް ނުވެއެވެ. ހަމައެހެންމެ އޭޝިއާގެ ޓީމަކާއި ދެކޮޅަށް ވާރލްޑް ކަޕްގައި ކުޅުނު އެއްވެސް މެޗަކުން ސްޕެއިން ބަލިވެފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް މެޗުގެ ކޮންޓްރޯލްވެސް ދަމަހައްޓާފައެވެ. ސްޕެއިންގެ ކުޅުންތެރިން އުފައްދަން މަސައްކަތްކުރި ހަމަލާތައް ހުއްޓުވުމަށް އީރާންގެ ކުޅުންތެރިން ގިނަ ފައުލްތަކެއް ކުރިއިރު ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުކޮށްއޮވެ، ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ސްޕެއިނުން ކުޅުން ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އީރާންގެ ކުޅުންތެރިންނަށް ސާފު ކޮށްނުލެވުނު ބޯޅައެއްގައި މި ލަނޑު އެޓީމަށް ޖަހައިދިނީ އެޓްލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާއެވެ. މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.

އީރާނުން މި ލަނޑަށްފަހު ކުޅުން ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުން ލަނޑެއް ޖެހިއެވެ. އެހެން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީތެރިކަމާއެކު ރެފްރީ ނިންމާފައިވަނީ އެލަނޑު ޖެހި ކުޅުންތެރިޔާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ. އީރާންގެ ކުޅުންތެރިންނަށް މީގެ ފަހުންވެސް ފުރުސަތުތަކެއް ލިބުނު ނަމަވެސް އެކުޅުންތެރިންނަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ޑިއޭގޯ ކޮސްޓާ ވަނީ މި ވާރލްޑް ކަޕްގައި އޭނާ ފޮނުވާލި ތިން ހަމަލާއިން ވެސް ލަނޑު ޖަހާފައެވެ. ހަމައެހެންމެ މި މެޗަކީ ސްޕެއިންގެ ޑިފެންޑަރު ޖެރާޑް ޕީކޭ އެޓީމަށް ކުޅުނު 100 ވަނަ މެޗެވެ.

މިވަގުތު ގްރޫޕް ބީގެ އެއްވެސް ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިނުވާއިރު ދެވަނަ ބުރަށް ޓީމުތައް ދަތުރުކުރާނީ ގްރޫޕް ފިޔަވަހީގެ އެންމެފަހުން ކުޅޭ މެޗުތަކުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ. ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ސްޕެއިން އަދި ޕޯޗުގަލްއަށް ލިބޭއިރު ތިންވަނައިގައި އޮތީ އީރާންއެވެ. މި ތިން ޓީމަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ކުރިޔަށް އޮތް މެޗުގައި މުބާރާތުން ކަޓާފައިވާ މޮރޮކޯއާ ދެކޮޅަށް ސްޕެއިން ނުކުންނައިރު އީރާން ނުކުންނާނީ ޔޫރަޕުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލްއާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް