25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ޕްރިންސް ހެރީ - މޭގަން މާކްލް

ކައިވެނި ބެއްލެވިތާ މަހެއް، މޭގަން މާކްލް އާލާސްވެ އިންނެވި ކަމުގެ އަޑު ފެތުރެން ފަށައިފި!

 • ހެރީއާއި މޭގަން ކައިވެނި ބައްލަވައިގަތީ މޭ 19ގައި
 • މޭގަން އާލާސްވެއިންނެވި ކަމުގެ ޚަބަރުތައް ފުރަތަމަ ފެތުރެން ފެށީ ސޯޝަލް މީޑީއާގައި
 • ހޯމަ ދުވަހު ދިން އިންޓަވިއުއެއްގައި މޭގަންގެ ބައްޕަ ބުނެފައިވަނީ "އަބަދުވެސް ކުދިން ހޯދަން ބޭނުންވާ" ކަމަށް
އައިޝަތު ޝާނީ | Shaaknee

| 20 ޖޫން 2018 | ބުދަ 22:46 | |

މަގުބޫލް

 1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
 7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކް، ހެރީއާއި މޭގަން -- ޕޮޕް ޝުގަރ

ޑިއުކް އެންޑް ޑަޗެސް އޮފް ސަސެކްސް، ޕްރިންސް އާއި ހެރީއާއި މޭގަން މާކެލް ކައިވެނި ބައްލަވައިގަތްތާ އެންމެ މަހެއްވީއިރު، މޭގަން އާލާސްވެ އިންނެވި ކަމުގެ ރިޕޯޓްތައް ވަނީ ފެތުރެން ފަށާފައެވެ.

36 އަހަރުގެ މޭގަން އާލާސްވެ އިންނެވިކަމުގެ ޚަބަރުތައް ފުރަތަމަ ފެތުރެން ފެށީ ސޯޝަލް މީޑީއާގައެވެ. އެކަމަނާ ހެދުން ތުރުކުރައްވާ ގޮތް ފާހަގަކޮށް، ގިނައިން ތުރުކުރައްވަނީ ގަޔަށް ދޫކޮށް ހުންނަ ހެދުންކޮޅުތައްކަން ޓްވިޓަރގައި ގިނަ ފަރާތްތަކުން ވަނީ ފާހަގަކުރަމުންނެވެ.

ބައެއް ފަރާތްތަކުން ވަނީ ދޫކޮށް ހުންނަ ހެދުން ލުމަކީ މީހަކު ބަލިވެއިން ކަމުގެ ނިޝާނެއް ނޫންކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ ޓެބްލޮއިޑް މަޖައްލާއެއްކަމަށްވާ "އޯކޭ!" އިން ވަނީ މޭގަން އާލާސްވެ އިންނެވިކަން 'ކަށަވަރު' ކޮށް، އާލާސްވެ އިންނެވީ އެންމެ ބޭފުޅަކަށް ނޫންކަމަށާއި އެއްމާބަނޑު ދެ ބޭފުޅުންނަށް ކަމަށް ބުނެފައެވެ.

އަދި މޭގަން "އަބަދުވެސް ކުދިން ހޯދަން ބޭނުންވާ" ކަމަށް ހޯމަ ދުވަހު 'ގުޑް މޯނިންގ ބްރިޓަން' އަށް ދެއްވި އިންޓަވިއުއެއްގައި މޭގަންގެ ބައްޕާފުޅު، ތޯމަސް މާކަލްވަނީ ވިދާޅުވެފައެވެ.

ނަމަވެސް ތޯމަސް ވިދާޅުވެފައިވަނީ މޭގަން މި ވަގުތު އާލާސްވެ އިންނެވިހެން ހީފުޅު ނުވާކަމަށާއި، ނަމަވެސް ވަރަށް އަވަހަށް އެކަމަނާ އާލާސްވެ އިންނަވާނެހެން ހީފުޅުވާ ކަމަށެވެ.

ކުރިން 'ޑެޑީސް ގަރލް' އެއް ގޮތައް އަމިއްލައަށް ސިފަ ކުރައްވާފައިވާ މޭގަން އާއި އެކަމަނާގެ ބައްޕަގެ ގުޅުމުގެ މައްސަލަތަކެއް ހުރިކަން މޭގަން ކައިވެނި ކުރެއްވި ދުވަހުވެސް އެނގިގެން ދިޔައެވެ. މޭގަންއާއި ހެރީ މޭ 19ގައި ކައިވެނި ކުރެއްވި އިރު، ތޯމަސް އެ ހަފްލާގައި ބައިވެރި ވެނުލައްވާކަން ފާހަގަ ކުރެވެއެވެ. ތޯމަސް ހަފްލާގައި ބައިވެރިވާގޮތަށް ފުރަތަމަ އޮތް ނަމަވެސް ކައިވެނި ކުރަން ދެ ދުވަހަށް ވެފައިވަނިކޮށް ކެންސިންގޓަން ޕެލެސްއިން ވަނީ މޭގަންގެ ބައްޕާފުޅުގެ ސިއްހީ ހާލަތުގެ ސަބަބުން ކައިވެނީގެ ހަފްލާގައި ބައިވެރި ވެނުލެއްވޭނެކަން ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް