18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފީފާ ވާރލްޑް ކަޕް 2018

މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު

  • ކޯޗު ޑިއޭގޯ ސަމްޕައޯލީ ބުނީ މެސީއާއެކު ކުޅުމަށް ޑިބާލާ އަދި ތައްޔާރު ނޫން ކަމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 20 ޖޫން 2018 | ބުދަ 21:28 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ - ފުރަތަމަ މެޗުގައި އޭނާއަށް ފުރުސަތު ލިބުނީ ބެންޗުން -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގައި އާޖެންޓީނާ ދެވަނަ ބުރަށް ގެންދިޔުމަށް ކެޕްޓަން ލިއޮނެލް މެސީއާއެކު ކުޅެން ތައްޔާރު ކަމަށް ޔުވެންޓަސްއަށް ކުޅެމުން އަންނަ ފޯވާޑް ޕައުލޯ ޑިބާލާ ބުނެފިއެވެ.

ވާރލްޑް ކަޕަށް ރަޝިއާއަށް އާޖެންޓީނާ ދިޔުމުގެ ކުރިން އެގައުމުގެ ކޯޗު ޑިއޭގޯ ސަމްޕައޯލީ ބުނީ މެސީއާއެކު ކުޅުމަށް ޑިބާލާ އަދި ތައްޔާރު ނޫން ކަމަށެވެ. އެގޮތުން އައިސްލޭންޑާއި ދެކޮޅަށް ކުޅެ އާޖެންޓީނާ އެއްވަރުވި މެޗުގައި ޑިބާލާއަށް ފުރުސަތު ދީފައިވަނީ ބެންޗުންނެވެ. އެހެން ނަމަވެސް އޭނާ ދެކޭ ގޮތުގައި މިހާރު މެސީއާއެކު ކުޅުމަށް އޭނާ ހުރީ ތައްޔާރަށެވެ.

ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑިބާލާ ބުނީ މެސީގެ ބަދަލުގައި ކުޅޭނެ އެހެން އެއްވެސް ކުޅުންތެރިޔަކު ދުނިޔޭގައި ނެތް ކަމަށާއި އެހެންކަމުން އޭނާ ބަދަލުގައި ކުޅެން އެރުމުގެ ބަދަލުގައި އޭނާއާއެކު ކުޅުމަށް ތައްޔާރު ކަމަށެވެ. އޭނާ ބުނީ މެސީއާއެކު އޭނާ ކުޅުމަށް ރަނގަޅު ފޯމޭޝަނެއް ހޯދަން ޖެހޭ ކަމަށެވެ. އޭނާ ބުނީ އަބަދުވެސް މިހާރު ކުޅެނީ މެސީ ކުޅޭ މަގާމަށް ކަމަށާއި އެހެން ނަމަވެސް އެއްކޮށް ކުޅޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގައި  މެސީ ޕެނަލްޓީއެއް ބޭކާރުކޮށްލިއިރު ޑިބާލާ ދެކޭގޮތުގައި މެސީގެ އިތުރުން އާޖެންޓީނާގެ އެހެން ކުޅުންތެރިން ވެސް މަސައްކަތްކުރަން ޖެހެއެވެ.

އޭނާ ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޓީމުގައި ހުރިކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭ ކަމަށާއި އޭނާގެ ބޭނުން ހިފައިގެން ލިބޭ ޖާގައިގައި އެހެން ކުޅުންތެރިން ވެސް ހަމަލާ އުފައްދަން ޖެހޭ ކަމަށެވެ. އޭނާ ބުނީ އެހެން ޓީމުތަކުގެ ކުޅުންތެރިން މެސީ މާކްކުރާނެ ކަމަށާއި އެކަމުގެ އެޑްވާންޓޭޖް އާޖެންޓީނާގެ ކުޅުންތެރިން ނަގަން ޖެހޭ ކަމަށެވެ. އަދި އެފަދަ ވަގުތުތަކުގައި ޓީމުގެ އެހެން ކުޅުންތެރިން ހަމަލާ އުފައްދާނަމަ ލަނޑު ޖެހޭނެ ކަމަށް ޑިބާލާ ބުންޏެވެ.

މިފަހަރުގެ ވާރލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވުމުގައި ވެސް ދަތިތަކާއި ދިމާވިއެވެ. ދެވަނަ ބުރަށް ދިޔުމަށް ކުރިއަށް އޮތް މެޗު ކާމިޔާބުކުރުން އާޖެންޓީނާއަށް މުހިންމުވާއިރު އެގައުމު ޖޫން މަހުގެ 21 ވަނަ ދުވަހު ނުކުންނާނީ މިވަގުތު ގްރޫޕްގެ އެއްވަނައިގައި އޮތް ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. ގްރޫޕްގެ އެންމެފަހު މެޗުގައި އާޖެންޓީނާ ނުކުންނާނީ ނައިޖީރިއާ އާއި ދެކޮޅަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް