25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ރޮނާލްޑޯގެ ރެކޯޑާއެކު ޕޯޗުގަލްއަށް މޮޅެއް، މޮރޮކޯ ކަޓައިފި

  • މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޕޯޗުގަލް މޮޅުވީ 1-0 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 20 ޖޫން 2018 | ބުދަ 21:25 | |

މަގުބޫލް

  1. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  2. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  3. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ
  6. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  7. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  8. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން


ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ - އޭނާއަކީ މިހާރު ޔޫރަޕުގެ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަނ ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ރެކޯޑާއެކު އެގައުމު މޮޅުވިއިރު މުބާރާތުން ފުރަތަމަ ކެޓި ގައުމަކަށް މޮރޮކޯވެއްޖެއެވެ.

މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޕޯޗުގަލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ވާރލްޑް ކަޕްގައި މޮރޮކޯގެ އެންމެ ފުރަތަމަ މޮޅު އެ ޓީމުން ހޯދީ 1986 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި ޕޯޗުގަލް 3-1 އިން ބަލިކޮށްފައެވެ. މި މެޗާއި ޕޯޗުގަލް ކުރިމަތިލިއިރު ވާރލްޑް ކަޕެއްގައި ޔޫރަޕަށް ނިސްބަތް ނުވާ ޓީމެއްގެ އަތުން ޕޯޗުގަލް ބަލިވެފައިވަނީ 2002 ވަނަ އަހަރުއެވެ. މި މެޗުގައި ޕޯޗުގަލްގެ ފުރަތަމަ އެގާރައިން އެއް ބަދަލު ފެނުނުއިރު މޮރޮކޯގެ ފުރަތަމަ އެގާރައިން ވަނީ ތިން ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން މޮޅަށް ކުޅެފައިވަނީ ޕޯޗުގަލްއިންނެވެ. އެގައުމުން ވަނީ މޮޅަށް ކުޅެ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި ޕޯޗުގަލްއިން މެޗުގެ ލީޑު ނެގިއިރު މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ރޮނާލްޑޯއެވެ. މި ލަނޑަށްފަހު މޮރޮކޯގެ ކުޅުންތެރިން ކުޅުން ރަނގަޅުކުރިއިރު އެޓީމުގެ ކުޅުންތެރިން ވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ރޮނާލްޑޯއަށް ވެސް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޕޯޗުގަލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި މޮރޮކޯއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ. ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީޝިއޯގެ ފަރަތުން ދެވަނަ ހާފުގައި މޮޅު ސޭވްތަކެއް ފެނިގެންދިޔައިރު ޕޯޗުގަލްގެ ކުޅުންތެރިންނަށް މާ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިއަހަރުގެ ވާރލްޑް ކަޕްގައި ހަތަރު ލަނޑު ޖަހާފައެވެ. މި އަދަދާއެކު އޭނާ ވަނީ ފާއިތުވެދިޔަ ތިން ވާރލްޑް ކަޕްގައި އޭނާ ޖެހި ލަނޑުގެ އަދަދާއި އަރާ ހަމަކޮށްފައެވެ. ހަމައެހެންމެ އޭނާ ވަނީ ޕޯޗުގަލްއަށް 85 ލަނޑު ޖަހައިދީފައެވެ. މި ލަނޑާއެކު އޭނާ ވެގެންދިޔައީ ޔޫރަޕުގެ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. މޮރޮކޯ ވެގެންދިޔައީ މިއަހަރުގެ ވާރލްޑް ކަޕްއިން ކެޓި ފުރަތަމަ ގައުމަށެވެ.

ކުރިޔަށް އޮތް މެޗުގައި އީރާނާއި ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު މޮރޮކޯ ނުކުންނާނީ 2010 ވަނަ އަހަރު މިމުބާރާތް ކާމިޔާބުކުރި ސްޕެއިނާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް