17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޓާކިޝް އެއާލައިންސް

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

  • މަރުވި ގިނަ މީހުންނަކީ ފްލައިޓް ވެއްޓުނު އިރު ބިންމަތީގައި ތިބި މީހުން ކަމަށް އޮފިޝަލުން ބުނޭ
އަހުމަދު އަނޫޝު | IamAhmedAnoosh

| 16 ޖެނުއަރީ 2017 | ހޯމަ 20:09 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


ޓާކިޝް އެއާލައިންސްގެ ފްލައިޓެއް -- ބީބީސީ

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މީހުން މަރުވެއްޖެ ކަމަަށް ރިޕޯޓުތައް ބުނެފިއެވެ.

މަދުވެގެން 20 މީހުން މަރުވި ކަމަށް ރިޕޯޓުތައް ބުނާއިރު މަރުވި ގިނަ މީހުންނަކީ ފްލައިޓް ވެއްޓުނު އިރު ބިންމަތީގައި ތިބި މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

ބޮއިން 747 މަރުކާގެ ޓާކިޝް އެއާލައިންސްގެ ބޯޓު ވެއްޓުނީ ކިރިގިސްތާނުގެ ވެރިރަށް ބިޝެކްގެ އުތުރުން 25 ކިލޯމީޓަރު ދުރުގައި އޮންނަ މަނަސް އެއާޕޯޓުގެ ކައިރީގައިވާ ގެތަކަށެވެ.

މަރުވި ފަރާތްތަކުގެތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަަމަށް ރިޕޯޓުތައް ބުނާއިރު ފްލައިޓް ދަތުުރުކުރަމުން ދިޔައީ ހޮން ކޮންގް އިން މަނަސް އެއާޕޯޓަށެވެ. ހާދިސާ ހިނގީ ހޯމަދުވަހު ޖީއެމްޓީ ގަނޑިން މެންދަމު 1:30 ހާއިރެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކަށް ބަލާއިރު ބޯޓު ވެއްޓުނު ހިސާބުގައި އަލިފާން ރޯވެ، އަދި ހަލާކުވެފައި އިމާރާތްތަކުން ދުންއަރާތަން ފެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް