24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

  • ކުރިޔަށް އޮތް ސީޒަނަށް ނިއު އިން ވަނީ ބޭރު ހަތަރު ކުޅުންތެރިން ވަނީ ގެނެސްފަ
  • ނިއުގެ އާ ކޯޗާއެކު ޕޯޗުގަލްގެ ބެނާޑޯ ޓަވަރެސް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ
ލީވާން އަލީ | MrLeevaan

| 16 ޖެނުއަރީ 2017 | ހޯމަ 19:59 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ


ނިއުގެ އާ ކޯޗު ބެނާޑޯ ޓަވަރެސް އެއްބަސްވުމުގައި ސޮއިކުރަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު ޕޯޗުގަލްގެ ބެނާޑޯ ޓަވަރެސް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ސޯލްޓް ކެފޭގައި ހޯމަ ދުވަހު ބޭއްވި ހަފްލާގައި ނިއުގެ ޕްރީ ސީޒަން އިފްތިތާހުކޮށްދެއްވީ އެ ކްލަބްގެ ޗެއާމަން ރިޓަޔާޑް ކާނަލް ޒިޔާދެވެ. މި ހަފްލާގައި ނިއުގެ ހުރިހާ ބޯޑު މެމްބަރުން، ސްކޮޑުގައި ކުރިޔަށް އޮތް ސީޒަނުގައި ފެނިގެންދާ ހުރިހާ ކުޅުންތެރިން އަދި އޮފިޝަލުން ވަނީ ފެނިގެންގޮސްފަ އެވެ.

ކުރިޔަށް އޮތް ސީޒަނަށް އެޓީމަށް ބޭރު ހަތަރު ކުޅުންތެރިން ވަނީ ގެނެސްފައެވެ. އެއީ ފިލިޕިންސް ލީގުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ ސްޕެއިންގެ އެޑްރިއަން ގަލާޑޯ، ޖަޕާންގެ އޮގަވާ ކެއިސުކީ، ޗެލްސީގެ 18 އަހަރުން ދަށުގެ ޔޫތު ޓީމް ކެޕްޓަންކަން ކުރި ޑެނިއަލް ޕަޕޯ އަދި ނެދަލޭންސްގެ މިޑްފީލްޑަރު ޖަމެލް ރޮމާނޯ އެވެ. މި ހުރިހާ ކުޅުންތެރިންވެސް ވަނީ ހަފްލާގައި ބައިވެރިވެފަ އެވެ.

މީގެއިތުރުން ނިއުގެ ފިޓްނަސް ކޯޗަކަށް ޕޯޗުގަލްގެ ޖޯކިމް ވަލިންހޯ ހަމަޖައްސާފައިވާއިރު، ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ނިއުގެ ކޯޗުކަމާ އެންމެ ފަހުން ހަވާލުވެގެންހުރި އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. ސަމްޕަތް އަދި ވަލިންހޯ ވެސް ވަނީ މި ހަފްލާގައި ބައިވެރިވެފައެވެ.

މި ހަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންގެ އިތުރުން ނިއުގެ ސަޕޯޓާސް ޔޫނިއަންގެ ފަރާތުންވެސްވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގާތިލް

1 އަހަރު ކުރި

ސާބަހޭ ގައުމު ފުންޑޭ އިރުވެސް ކުޅެވޭތޯބަލާ

0
0