25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ބޮލީވުޑް

މަންމަގެ މަރަށް ފަހު ހިތްވަރު ލިބުނީ ދަޅަކް އިން: ޖާންވީ

  • މިދިޔަ ފެބްރުއަރީ މަހު ސްރީދޭވީ ވަނީ ކުއްލި ގޮތަކަށް މަރުވެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 20 ޖޫން 2018 | ބުދަ 14:15 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ދަޅަކްގެ ޓްރެއިލާ -- ގޫގުލް

މަންމްގެ ކުއްލި މަރަށް ފަހު އެ ހިތާމަވެރި ދަނޑިވަޅުގައި ހިތްވަރު ލިބިގެން ދިޔައީ އާއިލާގެ ފަރާތުންނާއި އޭނާ އޭރު ޝޫޓް ކުރަމުންދާ ފިލްމް "ދަޅަކް" އިން ކަމަށް ޖާންވީ ކަޕޫރު ބުނެފިއެވެ.

ބޮލީވޫޑްގެ ފުރަތަމަ އަންހެން ސުޕަ ސްޓާރ ސްރީދޭވީގެ ދަރިފުޅު ޖާންވީގެ ފުރަތަމަ ފިލްމް "ދަޅަކް"ގެ ޝޫޓިންތައް ކުރިއަށް ދަނިކޮށް މިދިޔަ ފެބްރުއަރީ މަހު ސްރީދޭވީ ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ.

އެހިތާމަވެރި ދަނޑިވަޅުގައި ވެސް ޖާންވީ ވަނީ ފިލްމްގެ ޝޫޓީންތައް ފަސްނުކޮށް ފިލްމް ސެޓަށް ގޮސް ފިލްމް ނިންމަން ހަމެޖެހިފައިވާ ދުވަހަށް ޝޫޓީންތައް ނިންމާފައެވެ.

އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި ޖާންވީ ބުނެފައި ވަނީ އެ އުނދަގޫ ވަގުތުގައި އޭނާއަށް ހިތްވަރު ލިބުނީ އާއިލާ އާއި އޭރު އޭނާ ކުރަމުން ދިޔަ މަސައްކަތުން ކަމަށެވެ. އަދި އެ ފުރުސަތު ދިންކަމަށްޓަކައި ޖާންވީ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

މީގެ އިތުރުން ޖާންވީ ވަނީ އޭނާގެ މަންމަ ބުނެފައިވާ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފައެވެ. ރަނގަޅު އެކްޓަރަށް ވުމަށްޓަކައި ރަނގަޅު މީހަކަށް ވާންޖެހޭ ކަމަށެވެ. ކެމަރާއަކީ ވަރަށް ސްމާޓް އެއްޗެއް ކަމަށާއި އެމީހަކީ ފޭކް މީހަކަށް ވެއްޖެ ނަމަ އެކަން ދައްކާނެ ކަމަށެވެ. އަދި އެމީހެއްގެ ހިތްސާފު ނޫން ނަމަ އެކަން ވެސް ވިސިބަލް ވާނެ ކަމަށް ސްރީދޭވީ ބުނެފައިވާ ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

މަރާތީ ފިލްމެއް ކަމަށްވާ "ސައިރާތު" އަސްލަކަށް ބަލައިގެން އުފައްދާ " ދަޅަކް" ގެ ފުރަތަމަ ޓްރެއިލާ ވަނީ މިހިނގާ ޖޫން މަހުގެ 11 ވަނަ ދުވަހު ރިލީޒް ކޮށްފައެވެ.

އިޝާން ޓައްކަރު އާއި ޖާންވީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Rose

10 މަސް ކުރިން

Vareybad

0
0
Rose

10 މަސް ކުރިން

Vareybad

0
0