18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ދިވެހި ފިލްމީ ދާއިރާ

ލަމް ކާމިޔާބު ޑްރާމާއެއް!

  • ހަތަރު އެޕިސޯޑްގެ މައްޗަށް އެކުލޭ ސީރީޒްއެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 20 ޖޫން 2018 | ބުދަ 11:27 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟



މިދިޔަ ރޯދަމަހު ރާއްޖެ ޓީވީން ދެއްކި ޑްރާމާ ސީރިއަލް "ލަމް" ވެގެން ގޮސްފައި ވަނީ ބެލުންތެރިންގެ މަގްބޫލުކަން ލިބިގެން ދިޔަ ޑްރާމާއަކަށެވެ.

ރާއްޖެ ޓީވީ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ޑައިރެކްޓް ކޮށްފައިވާ މިޑްރާމާއަކީ މުޖްތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ މައްޗަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ޑްރާމާއެކެވެ.

ހަތަރު އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ޑްރާމާގައި އިޖްތިމާއީ ބައެއް މައްސަލަތަކާއި އާއިލީ ގުޅުމާއި ލޯބި ފެނިގެންދެއެވެ.

މި ޕިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ މަޒްހަބު އަބްދުލް ގައްޔޫމާއި، އަލީ އާޒިމް (ދޮން އައްޔަ) ގެ އިތުރުން މިދާއިރާއަށް އަލަށް ތަޢާރަފްވި އައިޝާ އަލީ، އައިމިނަތު ޝަމާނާ، ސާނިއާ އަހުމަދު އަދި މުހައްމަދު ޝުހާދުއެވެ.

ރާއްޖެ ޓީވީގެ ޗީޕް ކެމެރާމަން މުހައްމަދު އަނިލް ކެމެރާކޮށްފައިވާ މިޑްރާމާގެ 99 ޕަސެންޓް މަންޒަރު ނަގާފައި ވަނީ އއ. ރަސްދޫގައެވެ. ބައެއް މަންޒަރުތައް މާފުށީގައި ވަނީ ނަގާފައެވެ.

މި ޑްރާމާގެ ބެކް މިއުޒިކް ހަދާފައި ވަނީ މުހައްމަދު އިކްރާމެވެ.

ރާއްޖެ ޓީވީން ތައްޔާރުކޮށްފައިވާ މި ޑްރާމާއަކީ އާމިރު ސަލީމްގެ ފުރަތަމަ ޑައިރެކްޝަން ސީރީޒްއެވެ. އަދި މިމަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް އާމިރު ވިދާޅުވިއެވެ.

ހަތް ދުވަހުގެ ތެރޭގައި ޝޫޓިން ނިންމާފައިވާ މި ޑްރާމާ ސީރީއަށް ވަނީ ސޯޝަލް މީޑިއާގައި ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް