20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ބޮލީވުޑް

އުއްމީދު ކުރަނީ ވަރަށް އަވަހަށް ކައިވެނި ކުރަން: ރަންބީރު

  • ރައްޓެހިވެގެން އުޅޭކަން ރަންބީރު ހާމަކުރިތާ އަދި މާ ގިނަ ދުވަހެއް ނުވޭ
  • ލޯބީގެ ގުޅުމެއް އުފެދިފައި ވަނީ އެދެމީހުން އެކީގައި ފެނިގެންދާ ފިލްމްގެ ޝޫޓިން ތެރޭގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 20 ޖޫން 2018 | ބުދަ 07:56 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. އަލިދީގެ ތާއީދު އިބޫއަށް!


ރަންބީރާއި އާލިއާ -- ގޫގުލް

ބޮލީވުޑް ތަރި ރަންބީރު ކަޕޫރު ވަރަށް އަވަހަށް ކައިވެނި ކުރަން އުއްމީދު ކުރާކަމަށް އޭނާ ބުނެފިއެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމު "ސަންޖޫ" ޕްރޮމޯޓު ކުރުމަށް ފޮކްސް ސްޓާގެ ޓުވިޓާ މެދުވެރިކޮށް ފޭނުންނާއި ވާހަކަ ދައްކަމުން ދަނިކޮށް އޭނާގެ ފޭނަކު ވަނީ ކައިވެނިކުރަނީ ކޮންއިރަކުންތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރަންބީރު ބުނެފައިވަނީ "އުއްމީދު ކުރަނީ ވަރަށް އަވަހަށް" ކައިވެނި ކުރަން ކަމަށެވެ.

އާލިއާ ބަޓް އާއި ރަންބީރު ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ފެތުރެމުން ދަނިކޮށް އެދެމީހުން ރައްޓެހިވެގެން އުޅޭކަން ރަންބީރު ހާމަކުރިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

އޭރު ރަންބީރު ބުނެފައިވަނީ އެ ޖޯޑުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދެއްކޭ ވަރަށް ވުރެ އެ ގުޅުން އަދި މާ ބޮޑަށް އައު ކަމަށެވެ.

ރަންބީރުގެ އިތުރުން އާލިއާ ވެސް ވަނީ ވަރަށް ފަހުން ކައިވެނީގެ ޕްލޭންތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އާލިއާ ބުނެފައިވަނީ ކައިވެނި ކުރުމުގެ ވިސްނުން އަދި ނެތް ނަމަވެސް، އުމުރުން 30 އަހަރުވުމުގެ ކުރިން ކައިވެނި ކޮށްފާނެ ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުގައި އާލިއާ އާއި ރަންބީރާއި ދެމެދު ލޯބީގެ ގުޅުމެއް އުފެދިފައި ވަނީ އެދެމީހުން އެކީގައި ފެނިގެންދާ ފިލްމު ބްރަމަސްތްރާގެ ޝޫޓިންއަށް ބަލްގޭރިއާގައި އުޅުމުގެ ތެރޭގައެވެ.

މިއީ ރަންބީރާއި އާލިއާ އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ދެމީހުންގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން އަމީތާބް ބައްޗަން އަދި މޯނީ ރޯއީ ވެސް ފެނިގެން ދާނެއެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 15 ގައެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް