15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ޓްރާންސްފާ މާކެޓް

އައު ސީޒަނަކާއެކު އާސެނަލްއަށް އައު ކީޕަރެއް

  • ލީނޯ އާސެނަލްއަށް ގެނައުމަށް އެޓީމުން ވަނީ 22 މިލިއަން ޔޫރޯގެ ފީއެއް ލެވަކޫސެންއަށް ދައްކާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 20 ޖޫން 2018 | ބުދަ 03:50 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


އާސެނަލްގެ އައު ކީޕަރު ބަނާޑް ލީނޯ - އޭނާ ވަނީ އެޓީމަށް ބަދަލުވީ 22 މިލިއަން ޔޫރޯއަށް -- ގެޓީ އިމޭޖާސް

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާސެނަލްއިން އެޓީމަށް ޖަރުމަނުގެ ބަޔާ ލެވަކޫސެންއަށް ކުޅުނު ކީޕަރު ބަނާޑް ލީނޯ އެޓީމަށް ގެނެސްފިއެވެ.

ލީނޯ އާސެނަލްއަށް ގެނައުމަށް އެޓީމުން ވަނީ 22 މިލިއަން ޔޫރޯގެ ފީއެއް ލެވަކޫސެންއަށް ދައްކާފައެވެ. އޭނާ ވެގެންދާނީ އެޓީމުގެ ކޯޗުގެ މަގާމާއި އަލަށް ހަވާލުވި އުނައި އެމެރީ ބޭނުންކުރާނެ އެއް ނަމްބަރު ކީޕަރަށެވެ. މިދިޔަ ސީޒަންތަކުގައި އާސެނަލްގެ ކީޕަރު އަންގި ލައްވައިގެން ކުޅުނީ ޗެކް ރިޕަބްލިކްގެ ތަޖުރިބާކާރު ކީޕަރު ޕީޓަރ ޗެކްއެވެ. އެހެން ނަމަވެސް އޭނާގެ އުމުރުން 36 އަހަރު ވެފައިވުމާއެކު ބެލެވޭގޮތުގައި އަންނަ ސީޒަނުގައި އޭނާއަށް ފުރުސަތު ލިބޭނީ ބެންޗުންނެވެ.

ލީނޯއާ ގުޅޭގޮތުން އާސެނަލްގެ ރަސްމީ ވެބްސައިޓާއި ވާހަކަ ދައްކަމުން އެމެރީ ބުނީ ލީނޯ އެޓީމާއި ގުޅުމަކީ ސްކޮޑަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނާއަކީ ވަރަށް ކޮލިޓީ ކީޕަރެއް ކަމަށާއި އެކި ފެންވަރުގައި އޭނާއަށް ލިބިފައިވާ ތަޖުރިބާތައް އެކަމުގެ ހެއްކަކަށް ފުދޭ ކަމަށެވެ. ހަމައެހެންމެ ފާއިތުވެދިޔަ ހަތް އަހަރުގެ ތެރޭ ލެވަކޫސެންގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ޖަރުމަނުގައި އޭނާ ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށް އެމެރީ ބުންޏެވެ. އެމެރީ ބުނީ އެހެން ކްލަބަކާއި ނުގުޅި އޭނާ އާސެނަލްއާ ގުޅުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ޕްރީ ސީޒަން ފަރިތަކުރުންތަކުގައި އޭނާ ވަރަށް އަވަހަށް ބައިވެރިވާނެ ކަމަށެވެ.

އާސެނަލްއާ ގުޅުމަށްފަހު ލީނޯ ކުރި ޓްވީޓެއްގައި ބުނީ އާސެނަލް ފަދަ ބޮޑު ޓީމަކަށް މުސްތަގުބަލުގައި ކުޅެން ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި "ގަނަރ" އެއްގެ ގޮތުގައި އައު ސީޒަން ފެށުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ. ލީނޯއަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ކުޅުނު އެންމެ ޒުވާން ކީޕަރުގެ ރެކޯޑް އޮންނަ ކުޅުންތެރިޔާއެވެ.

އެމެރީ ވަނީ ލީނޯގެ އިތުރުން ޔުވެންޓަސްއަށް ކުޅުނު ސްވިޓްޒަލޭންޑްގެ ކެޕްޓަން ސްޓެފަން ލިޗްސްޓެއިނަރ ވެސް އެޓީމަށް ގެނެސްފައެވެ. ހަމައެހެންމެ އާސެނަލްއިން އަންނަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ގްރީސްގެ ޑިފެންޑަރު ސޮކްރެޓީސް ޕަޕަސްތަޕޮލަސް ގެނައުމުގެ މަސައްކަތްކުރަމުންނެވެ. މީގެއިރުން ސަމްޕްދޯރިއާއަށް ކުޅެމުން އަންނަ އުރުގުއޭގެ މިޑްފީލްޑަރު ލޫކަސް ޓޮރޭރާ ވެސް އެޓީމަށް ގެންނާނެ ކަމަށް ބެލެވެއެވެ.

މިއަހަރުގެ ވާރލްޑް ކަޕަށް ގެންދިޔުމަށް ޖަރުމަނުން އެންމެ ފުރަތަމަ ނެގި 27 ކުޅުންތެރިންގެ ސްކޮޑްގައި ލީނޯ ހިމެނުނު ނަމަވެސް އެގައުމުން ފައިނަލްކުރި 23 ކުޅުންތެރިންގެ ސްކޮޑުން އޭނާއަށް ފުރުސަތު ދީފައެއް ނުވެއެވެ. ލީނޯ ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް ހަ މެޗު ކުޅެދީ 2017 ވަނަ އަހަރު އޮތް ފީފާ ކޮންފެޑެރޭޝަންސް ކަޕް އެގައުމާއެކު ކާމިޔާބުކޮށްފައެވެ.

އުމުރުން 26 އަހަރުގެ ލީނޯ ވަނީ އޭނާ ލެވަކޫސެންގައި ހޭދަކުރި ހަތް އަހަރުގައި އެޓީމަށް 304 މެޗު ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް