21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޓްރާންސްފާ މާކެޓް

ބޭލް ޔުނައިޓެޑަށް ގެންދަން ގިގްސް މަސައްކަތްކުރަނީ

 • މީގެކުރިން ވެސް ބޭލް ސްޕެއިން ދޫކޮށްލުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާއި ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނު
 • ބޭލްގެ ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރު
 • އޭނާގެ ރިލީސް ފީއަކީ 500 މިލިއަން ޔޫރޯ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 20 ޖޫން 2018 | ބުދަ 02:19 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
 5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
 8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް - އޭނާއަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލްގެ އެންމެ މޮޅު ކުޅުންތެރިޔާ -- ގެޓީ އިމޭޖާސް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެކެން ބޭނުންވާ ކަމަށް ވޭލްސްގެ ކޯޗުގެ މަގާމުގައި ހުރި ރަޔާން ގިގްސް ބުނެފިއެވެ.

މީގެކުރިން ވެސް ބޭލް ސްޕެއިން ދޫކޮށްލުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާއި ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދިޔުމަށްފަހު ބޭލް ދެއްކި ވާހަކަތަކާއެކު މި އަޑުތައް ވަނީ އިތުރަށް ގަދަވެފައެވެ. ރެއާލްގައި ބޭލްއަށް ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ނުލިބޭއިރު ބެންޗުން އަރާ އޭނާ ލިވަޕޫލް ކޮޅަށް ދެ ލަނޑު ޖެހިއެވެ. މިއާއެކު އޭނާ ވަނީ ގަވާއިދުން ފުރަތަމަ އެގާރައިން ފުރުސަތު ލިބެން ބޭނުންވާ ކަމަށް ބުނެފައެވެ.

މީގެކުރިން މެންޗެސްޓާ ޔުނައިޓެޑްގައި ވެސް ކާމިޔާބު ގިނަ ސީޒަންތަކެއް ހޭދަކުރި ގިގްސް ވަނީ ބޭލް ޔުނައިޓެޑްގެ ރަތް ޖާޒީއިން ފެންނަން ބޭނުންވާ ކަމަށް ބުނެފައެވެ. އޭނާ ބުނީ ޔުނައިޓެޑްގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން ބޭލް އެޓީމުން ފެންނަން ބޭނުންވާ ކަމަށާއި އޭނާއަކީ ޔުނައިޓެޑާއި ގުޅޭ ކުޅުންތެރިޔެއް ކަމަށެވެ. ހަމައެހެންމެ ހުރިހާ ސަޕޯޓަރުން ވެސް އޭނާ ގެންނަން އެދޭނެ ކަމަށް ގިގްސް ބުންޏެވެ. އެހެން ނަމަވެސް އެކަމަށް އޮތް ހުރަހަކީ އޭނާ މިވަގުތު ހުރި ކްލަބާއެކު ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވުން ކަމަށް ގިގްސް ބުންޏެވެ.

ރެއާލްއަށް އައު ކޯޗަކު ވެސް ގެނެސްފައިވާއިރު މިއީ ވެސް ބޭލް އެޓީމު ދޫކޮށްލާނެ ކަމަށް ބެލެވޭ ސަބަބެކެވެ. މީގެކުރިން ވެސް އޭނާވަނީ ރެއާލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ނުލިބޭތީ ޝަކުވާކޮށްފައެވެ. ބޭލް ވަނީ ހޫނު މޫސުމުގެ ޓްރާންސްފާގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތަކާ މެދު އޭނާގެ އޭޖެންޓާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.

ގިގްސް ބުނީ ފާއިތުވެދިޔަ ތިން އަހަރު ވެސް ބޭލްގެ ޓްރާންސްފާ އާއި ގުޅިގެން ވާހަކަތަކެއް އަޑުއިވުނު ކަމަށާއި އޭނާ ރަނގަޅު ކްލަބެއްގައި ހުރި ނަމަވެސް އޭނާއަށް ގަވާއިދުން ކުޅެން ފުރުސަތު ނުލިބުމަކީ ދެރައެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އޭނާ ބުނީ އައު ކޯޗަކު އައުމާއެކު އެކަން ބަދަލުވާނެ ކަމަށް ބޭލް އުއްމީދުކުރާނެ ކަމަށާއި އެހެން ނަމަވެސް އެކަން ބަދަލުނުވެ ކޯޗުގެ ޕްލޭންތަކުގައި އޭނާ ނުހިމެނޭނަމަ އޭނާ އެހެން ޓީމަކުން ފެނުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށެވެ.

ރެއާލް މެޑްރިޑާއެކު ބޭލް ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާ އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ވާގޮތުން އޭނާގެ ރިލީސް ފީއަކީ 500 މިލިއަން ޔޫރޯއެވެ. އެހެން ޓީމަކަށް ބޭލް ގެންދިޔުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ މުސާރައެވެ. ޔުނައިޓެޑްގެ އިތުރުން އޭނާގެ ބޮޑު މުސާރަ މެންޗެސްޓާ ސިޓީ އަށާއި ބަޔާން މިއުނިކް އަދި ޕީއެސްޖީގެ އިތުރުން ޔުވެންޓަސްއަށް ދެއްކޭނެއެވެ. އެހެން ނަމަވެސް އޭނާ ފެންނާނީ އިނގިރޭސި ޓީމަކުން ކަމަށް ބެލެވެއެވެ.

އޭރުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 100 މިލިއަން ޔޫރޯއަށް 2013 ވަނަ އަހަރު އޭރުގެ ރެއާލްއަށް ބަދަލުވެ ބޭލް ވަނީ އެ ޓީމަށް 189 މެޗު ކުޅެދީ 88 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު 14 ތަށްޓެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް