16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: މިސްރު ބަލިކޮށް ރަޝިއާ ދެވަނަ ބުރާ ގާތަށް

  • މި މެޗު ރަޝިއާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން
  • މި މެޗުގައި ޖެހި ދެ ލަނޑާއެކު ރަޝިއާއިން ވަނީ މިހާތަނަށް މި ވާރލްޑް ކަޕްގައި އަށް ލަނޑު ޖަހާފައި
  • މިސްރުގެ ދަތުރަށް ގާތްގަނޑަކަށް ވަނީ ނިމުމެއް އައިސްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 20 ޖޫން 2018 | ބުދަ 01:51 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ރަޝިއާގެ ކުޅުންތެރިން މެޗަށްފަހު އުފާފާޅުކުރަނީ - އަމިއްލަ ގައުމުގައި ރަޝިއާ ކުޅޭ މި ވާރލްޑް ކަޕްގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެޓީމު ބަލިވެފައެއް ނުވޭ -- ގެޓީ އިމޭޖާސް

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި މިސްރު ބަލިކޮށް ދެވަނަ ބުރާ ގާތަށް ރަޝިއާ ޖެހިލައިފިއެވެ.

ސެއިންޓް ޕީޓަސްބަރގްގައި ހުންނަ ނިއު ޒެނިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރަޝިއާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަނިޔާގެ ސަބަބުން މިސްރުގެ ފުރަތަމަ މެޗުގައި ނުކުޅެވުނު އެޓީމުގެ ފޯވާޑް މުހައްމަދު ސަލާހު ކުޅުނެވެ. މި މެޗަކީ ރަޝިއާ އާއި މިސްރާއި ދެމެދު ކުޅެވުނު ފުރަތަމަ މެޗެވެ. މި މެޗުގައި ރަޝިއާ ކުޅުނު ފުރަތަމަ މެޗުގައި ބެންޗުން އަރާ ލަނޑު ޖެހި ޑެނިސް ޗެރިޝޭވް އަދި އާޓެމް ޒޫބާއަށް ވަނީ އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް މަސައްކަތްތަކެއްކޮށްފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި ޗެރިޝޭވް ފޮނުވާލި ހަމަލާއެއް ބޭރަށް ދިޔައިރު މެޗުގެ 42 ވަނަ މިނެޓުގައި ސަލާހު ފޮނުވާލި ހަމަލާއެއް ވެސް އޭނާއަށް ގޯލާއި އަމާޒުކުރެވިފައެއް ނުވެއެވެ. ދެ ޓީމުންކުރެ ޓީމަކަށް ފުރަތަމަ ހާފުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ރަޝިއާއިން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. މެޗުގެ 47 ވަނަ މިނެޓުގައި ރަޝިއާއަށް ލީޑު ލިބިގެންދިޔައީ މިސްރުގެ ކެޕްޓަން އަހުމަދު ފަތީ އަތުން ބައިކޮޅަށް ވަން ލަނޑަކާއެކުއެވެ. އޭގެ ފަހުން އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ މެޗުގައި އެ ޓީމަށް ދެ ލަނޑު ޖަހައިދިން ޗެރިޝޭވްއެވެ. އޭގެ ތިން މިނެޓު ފަހުން ރަޝިއާގެ ތިންވަނަ ލަނޑު ޖެހީ ޒޫބާއެވެ.

މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް މިސްރަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ މެޗުގެ 73 ވަނަ މިނެޓުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީތެރިކަމާއެކު އެ ޓީމަށް ލިބުނު ޕެނަލްޓީއާއެކުއެވެ. މުހައްމަދު ސަލާހު ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށް މިސްރަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑާއެކު ސަލާހު ވެގެންދިޔައީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް މިސްރަށް ލަނޑެއް ޖަހައިދިން ތިންވަނަ ކުޅުންތެރިޔާއަށެވެ.

މި މެޗުގައި ޖެހި ދެ ލަނޑާއެކު ރަޝިއާއިން ވަނީ މިހާތަނަށް މި ވާރލްޑް ކަޕްގައި އަށް ލަނޑު ޖަހާފައެވެ. މިއީ ފާއިތުވެދިޔަ ދެ ވާރލްޑް ކަޕްގައި އެގައުމުން ޖެހި ލަނޑުތަކަށްވުރެ އިތުރު އަދަދެކެވެ.

މި މޮޅާއެކު ރަޝިއާއިން ވަނީ މިއަހަރުގެ ވާރލްޑް ކަޕްގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލާފައެވެ. ހަމައެހެންމެ 28 އަހަރަށްފަހު ވާރލްޑް ކަޕްގައި ވާދަކުރި މިސްރުގެ ދަތުރަށް ގާތްގަނޑަކަށް ވަނީ ނިމުމެއް އައިސްފައެވެ.

ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި އުރުގުއޭއާއި ދެކޮޅަށް ރަޝިއާ ނުކުންނައިރު މިސްރު ނުކުންނާނީ ސައުދީ އަރަބިއްޔާ އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް