18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރިޔާސީ އިންތިޚާބު 2018

ޔޫރަޕުގެ ފިނިން ރައީސް އޮފީހުގެ ފިނި ކޮޓަރިއަށް؟

 • ދާދިފަހުން ޕާޓީއާއި ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ބާރުގަދަ ވުޒާރާތައް ދެއްވުމުގެ ވިސްނުން ޤާސިމް ގެންގުޅުއްވި
 • އަދާލަތާއި ރައީސް މައުމޫން ފެކްޝަންގެ އިތުރުން ޖޭޕީގެ މާލޭގައި ތިއްބެވި ބޭފުޅުން ޤާސިމްގެ 'ކޯލިޝަން'އާއި ދެކޮޅު
 • މަތިބަރު ސަރުކާރެއް އެކުލާލުމުގެ ވިސްނުން ޤާސިމް ގެންގުޅުއްވާ
މިއުވާން މުހައްމަދު | Miuvaan

| 20 ޖޫން 2018 | ބުދަ 00:01 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ޤާސިމް (ވ) އާއި އެމަނިކުފާނުގެ އެޑްވައިޒަރ އަލީ ވަހީދު (ކ) ޖަރުމަންވިލާތުގައި -- ސޯޝަލް މީޑިއާ

އަންގާރަ ދުވަހު ކުއްލި ގޮތަކަށް، އަމިއްލަފުޅު ޕާޓީގެ އިސް ބޭފުޅުންނާއިވެސް މަޝްވަރާކުރެއްވުމެއް ނެތި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އިއުލާންކުރެއްވި ކެބިނެޓަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ޤާސިމް އިބްރާހިމް ޖަރުމަންވިލާތުގައި ހުންނަވައިގެން އިއުލާންކުރެއްވި ކެބިނެޓާއި ގުޅޭ ވާހަކައެއް މާލޭގައި ތިއްބެވި ޖޭޕީގެ އިސް ބޭފުޅުންނަށް އެނގޭކަމަކަށް ނުވެއެވެ. 

އެކަން އެނގިގެންދަނީ ޤާސިމް އިއުލާންކުރެއްވި އެކެބިނެޓްގެ ލޭބަރ މިނިސްޓަރ އަބްދުﷲ ކަމާލުއްދީން ކުރެއްވި ޓްވީޓުންނެވެ. އެބޭފުޅާއާއި ވާހަކަ ދެއްކެވުމެއް ނެތި ހަވާލުކުރާ މަޤާމުތަކާއި ހަވާލުވެވަޑައި ނުގަންނަވާކަމަށް ޖޭޕީގެ ނައިބު ލީޑަރުކަން ކުރައްވާ، އަދި ރައީސް މައުމޫންގެ ސަރުކާރުގައިވެސް ވަޒީރުކަންކުރެއްވި ކަމާލުއްދީން ވިދާޅުވުމުން، އެކަމުގައި ޤާސިމް އެއްވެސް ވަރަކަށް މާލޭގައި ތިއްބެވި ބޭފުޅުންނާއި މަޝްވަރާ ނުކުރައްވާކަން އެނގެއެވެ. 

އިވޭ އަޑުތަކަށް ބަލާއިރު، މިއީ ދާދިފަހުން ޖޭޕީއާއި ގުޅިވަޑައިގެންނެވި ބޭފުޅުންތަކެއް ޤާސިމް އިބްރާހިމްއަށް ދެއްވި 'ލަނޑެކެވެ'. މިދެންނެވި ބޭބޭފުޅުންނަށް އެ ކެބިނެޓްގެ ބާރުގަދަ މަޤާމުތައް ބަހާލާފައި އޮތް ގޮތުން ޖޭޕީގައި ގިނަ ދުވަހު މަސައްކަތްކުރި، އަދި އިސްލާހީ ހަރަކާތުގައި މަގުތަކަށް ނިކުމެ ކަރުނަ ގޭހާއި މިރުސްދުމުގައި އުޅެ، ފުލުހުންގެ މުގުރުގެ ޝިކާރަޔަކަށްވެ، އެތައް ދުވަހަކު ޖަލު ބަންދުގައި އޮންނަން ޖެހުނު މީހުންނަށް އެކަން ބަލައިގަތުމަށް ފަސޭހައެއް ނުވިއެވެ. 

ރައީސް ޔާމީންގެ ސަރުކާރު އަނިޔާވެރިކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ގިނަ ބަޔަކު ނިކުތެވެ. 1 ފެބްރުއަރީގެ ކޯޓު އަމުރަށްފަހު، އެޕާޓީގެ އިސް ގިނަ ބަޔަކު ޖަލަށް ލެވުނެވެ. އެހެންނަމަވެސް ކެބިނެޓަށް ލީތަން ފެނުނީ އިނގިރޭސިވިލާތުގައި ނުވަތަ ޖަރުމަންވިލާތުގައި، ޔޫރަޕްގެ ފިނީގައި އުޅުއްވާ ބޭފުޅުންނެވެ. މާލޭގައި ހުންނެވި ބޭފުޅެއްގެ ނަންފުޅު އޭގައި ހިމެނިއްޔާ އެކަން ކުރައްވާފައި އެވަނީ އެއިން ބޭފުޅަކާއި މަޝްވަރާކުރެއްވުމެއް ނެތި، އެއިން ބޭފުޅަކަށް ނުވެސް އެނގިއެވެ. އެހެންކަމުން އެބޭފުޅުން އެކެބިނެޓްގެ މަޤާމަށް އިއުތިރާޒްކުރައްވައެވެ. ޖޭޕީގެ އިސް ސަފުގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންގެ ޝަކުވާއަކަށްވީ ކުއްލިއަކަށް ޕާޓީއާއި ގުޅުނު ބަޔަކު، ވަގުތުގެ ބޭނުންކޮށް، ޤާސިމް އިބްރާހީމަށް ހުވަފެންތަކެއް ދައްކައިގެން ސީދާ ސަރުކާރަށް އައުމަށް މަސައްކަތްކުރުމެވެ. ޤާސިމް އިބްރާހިމްއަށް މީގެ ކުރިންވެސް އެތައް ބަޔަކު ސިޔާސީ ގޮތުން 'ލަނޑު' ދިނެވެ. ޔޫރަޕް ފިނީގައި އުޅުއްވާ ބޭފުޅުންވެސް އެދެއްވީ ހަމަ އެފަދަ ލަނޑެއްކަމަށް ގިނަ ބޭފުޅުން ފާހަގަކުރެއްވިއެވެ. 

މަޤާމުގައި ދަހިވެތިކަމުގައި ނުވަތަ އެހެން ނިޔަތެއްގައިނަމަވެސް، ޤާސިމަށް އެބަޔަކު އެދިނީ ހަމަ ހަޤީގަތުގައިވެސް ލަނޑެކެވެ. އެމަނިކުފާނު ގުޅިފައިވާ ޕާޓީތަކާއިއެކު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނިކޮށް، އެމަނިކުފާނާއި ކޯލިޝަންގައި ތިބި އެހެން ޕާޓީތަކާއި އެވަނީ މައްސަލަ ޖައްސާފައެވެ. އަހާވެސް ނުލައި އެފަދަ ކަމެއް ކުރުމުން އަދާލަތު ޕާޓީއާއި ރައީސް މައުމޫން ފެކްޝަން އެއޮތީ ރުޅި އައިސްފައެވެ. ޤާސިމް އިބްރާހީމް ރަސްމީކޮށް އިއުލާން ނުކުރެއްވިޔަސް، އެމްޑީޕީގެ އެއްވެސް ބޭފުޅަކު ނުހިމަނައި ކެބިނެޓް އިއުލާންކުރެއްވުމުން، އެމަނިކުފާނު އެވަނީ ކޯލިޝަނުން ވަކިވެފައެވެ. އަހާލުމެއް ނެތި ކެބިނެޓްގައި އެތައް ބައެއްގެ ނަންތައް ހިމެނިއިރު، އޭގެ ތެރޭގައި އެމްޑީޕީގެ ބައެއްގެ ނަން ހިމަނާލިޔަސް ކީއްތޯއެވެ؟ 

ޤާސިމް ދެން ވިދާޅުވީ އެއީ ޚިޔާލެއްކަމަށާއި، އަދިވެސް މަޝްވަރާކުރެއްވިދާނެކަމަށެވެ. އެހެން މަޝްވަރާކޮށްގެން، އެ 20 ބޭފުޅުންގެ ތެރެއިން ބޭފުޅެއްގެ ނަންފުޅު ބަދަލުކުރަން ޖެހިއްޖެއްޔާ އެބޭފުޅުން ކިހާ ދެރަވާނެތޯއެވެ؟ އެކަހަލަ އުއްމީދު ދެއްވާފައި އެހެން ހައްދަވަން ނުވާނެ ނޫންތޯއެވެ؟

ދެން އޮތް ސުވާލަކީ އެ ބޭފުޅުންނަކީ ކިިހާ 'ސާފު' ބައެއްތޯއެވެ؟ ޤާސިމް އިބްރާހިމަކީ ނުލާހިކު ސާފު ކެންޑިޑޭޓެއް މިއަހަރުގެ އިންތިޚާބަށް ނެރެން ބޭނުންފުޅުވި ބޭފުޅެކެވެ. ޖަލު ހުކުމް ތަންފީޒުކުރައްވާ ބޭފުޅުންނާއި، ޝަރީޢަތްތައް ކުރިއަށްދާ ބޭފުޅުންނާއި، ތަހުޤީޤުތައް ކުރިއަށްދާ ބޭފުޅުންނާއި، ޕާސްޕޯޓް ކެންސަލްކޮށްފައިވާ ބޭފުޅުން މީގެ ތެރޭގައި އެބަތިއްބެވިއެވެ. ދެން ކިހާ 'ސާފު'ވާނެތޯއެވެ؟

ޔޫރަޕްގެ ފިނީގައި އުޅުއްވުމުން ބައެއް ބޭފުޅުން ރާއްޖޭގެ ކަންކަން ހިނގާ ގޮތް ހަނދުމަފުޅު ނެތިދާނެއެވެ. މިއީ ދިވެހިރާއްޖެއެވެ. އަންނަ ގޮތަށް އައިސް ރައީސް އޮފީހަށް ނުވަތަ ވަޒީރުކަމުގެ ގޮނޑިއަށް ދެނެއް މިރާއްޖެެއަކު 'ފުންމައެއް ނުލެވޭނެ'އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

messi

8 މަސް ކުރިން

Mdp meehun v kada vaane mihaaru. Komme faharaku gasim ah landeh nudheveyne dhw

1
1
hibaru

8 މަސް ކުރިން

anni e ulheny kon gaumehge finee ga ? ebaives mention kolli nama. minivan noosverikamah vaanee eyrun

3
1