19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

  • ދަގަނޑޭ ރާއްޖޭގެ ކްލަބަކަށް ކުޅޭނަމަ ފެނުން ގާތީ ނިއު އިން: ޒިޔާދު
  • ކްލަބްތަކާ މިދަނީ މަޝްވަރާ ކުރަމުން، އަދި ގޮތެއް ނުނިންމަން: ދަގަނޑޭ
ލީވާން އަލީ | MrLeevaan

| 16 ޖެނުއަރީ 2017 | ހޯމަ 18:05 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ދަގަނޑޭ ކުރިޔަށް އޮތް ސީޒަނުގައި ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން -- ފޭސްބުކް

އަލީ އަޝްފާގު (ދަގަނޑޭ) ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކަމަށް އެ ކްލަބްގެ ޗެއާމަން, ރިޓަޔާޑް ކާނަލް ޒިޔާދު ވިދާޅުވެއްޖެ އެވެ.

ނިއުގެ ޕްރީ ސީޒަން އިފްތިތާހުކުރުމަށް ސޯލްޓްގައި ބޭއްވި ހަފްލާގައި ޒިޔާދު ވިދާޅުވީ މީގެ ކުރިން ދަގަނޑޭ ނިއުއަށް ސޮއިކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް އޭނާ އާއި ނިއުއާ ދެއްކި ވާހަކަތަކަށްފަހު އެކަން ފަސްކޮށްފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ ދަގަނޑޭ އޭނާއާ ވާހަކަ ދައްކާފައިވާ ކަމަށާއި، ދަގަނޑޭއަށް ބައެއް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ދަގަނޑޭ ބޭނުންވަނީ އެ އަނިޔާތަކުން ރިކަވާވެގެން އަނބުރާ ކުޅުމުގެ ތެރެއަށް އަންނަން ކަމަށްވެސް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

ދަގަނޑޭގެ ނިންމުމަށް އިހުތިރާމްކުރާކަމަށް ވިދާޅުވަމުން ޒިޔާދު ވިދާޅުވީ މިދިޔަ ސީޒަންގައި އިންޖަރީގައި ހުރެ ގައުމީ ޓީމަށާއި ކްލަބަށް އަޝްފާގް ކުޅުނީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެންކަމަށެވެ. އެގޮތުން ދިވެހި ކްލަބަކުން މި ސީޒަންގައި އަޝްފާގު ކުޅޭނަމަ އޭނާ ފެނުން އެންމެ ގާތީ ނިއު ރޭޑިއަންޓުންކަމަށެވެ.

ދަގަނޑޭ އެންމެ ފަހުން ކުޅުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި އެ ކްލަބުގައި އޭނާއަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މީގެއިތުރުން ސީޒަނުގެ ގިނަ މެޗުތަކުގައި އޭނާ ކުޅެފައެއްވެސް ނުވެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ދަގަނޑޭ އެންމެ ފަހުން ބުނެފައިވަނީ އޭނާ ކުޅޭނެ ކްލަބެއް އަދި ނުނިންމާ ކަމަށާއި، އެހެން ނަމަވެސް ބައިވަރު ކްލަބްތަކާ އޭނާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ސީޒަން މެދުތެރެއިން އޭނާ ފެނިގެންދާނީ ނިއު އިންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް