17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފީފާ ވާރލްޑް ކަޕް 2018

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މާނޭ ހިމެނޭ: ސެނެގާލްގެ ކޯޗު

  • ވާރލްޑް ކަޕްގައި ސެނެގާލްގެ އެންމެ މުހިންމު ކުޅުންތެރިޔަކަށް ވާނީ މާނޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 ޖޫން 2018 | އަންގާރަ 18:21 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް


ލިވަޕޫލްގެ ފޯވާޑް ސަދިއޯ މާނޭ - އޭނާއަކީ ސެނެގާލްގެ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ -- ގެޓީ އިމޭޖާސް

ލިވަޕޫލްގެ ފޯވާޑް ސަދިއޯ މާނޭއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭނެ ކުޅުންތެރިޔެއް ކަމަށް ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ބުނެފިއެވެ.

2002 ވަނަ އަހަރުގާ ވާރލްޑް ކަޕްގެ ފަހުން ފުރަތަމަ ފަހަރަށް ވާރލްޑް ކަޕެއްގެ މެޗަކަށް ސެނެގާލް ނުކުންނައިރު ސީސޭއަކީ އެއަހަރުގެ ވާރލްޑް ކަޕްގައި ފްރާންސް ބަލިކޮށް ކުއާޓާއިން އެގައުމު ޖާގަ ހޯދިއިރު ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިޔާއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިފަހަރު ސެނެގާލްގެ ޓީމުގެ ތަރިއަކަށްވާނީ މާނޭއެވެ.

އުމުރުން 42 އަހަރުގެ ސީސޭ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ މަނޭއަކީ ތަފާތު ކުޅުންތެރިޔެއް ކަމަށާއި ސްކޮޑްގައި ހިމެނޭ އެހެން ކުޅުންތެރިޔަކާއި އޭނާ އަޅާ ނުކިޔޭނެ ކަމަށެވެ. ހަމައެހެންމެ މިފަހަރުގެ ވާރލްޑް ކަޕްގައި ތަފާތު ދައްކާނީ މާނޭ ކަމަށް ސީސޭ ބުންޏެވެ.

އޭނާ ބުނީ މާނޭއަކީ މިހާރު ވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް ކަމަށާއި އެގޮތަށް އެއްވެސް މީހަކު ނުދެކޭ ނަމަ އެމީހަކީ ފުޓްބޯޅަ އެނގޭ މީހަކަށް ނުވާނެ ކަމަށެވެ. ހަމައެހެންމެ އޭނާ ކުޅެނީ ޔޫރަޕުގެ އެންމެ މޮޅު ޓީމަށް ކަމަށާއި އަދި އެ ޓީމަށް ވެސް އޭނާ އެންމެ މޮޅު ކުޅުން ދައްކާ ކަމަށް ސީސޭ ބުންޏެވެ. މާނޭ ދަނޑުމަތީގައި ދައްކާނެ އެއްވެސް ކަމެއް ނޭނގޭނެ ކަމަށާއި މިކަމުގެ ސަބަބުން އޭނާ ޑިފެންޑް ކުރުމަށް ދަތިވާ ކަމަށް ސީސޭ ބުންޏެވެ.

ސައުތުހެމްޕްޓަން ދޫކޮށް މީގެ ދެ ސީޒަންކުރިން 34 މިލިއަން ޕައުންޑަށް ލިވަޕޫލްއަށް ބަދަލުވުމަށްފަހު މާނޭ ވަނީ އެ ޓީމަށް މިހާތަނަށް 33 ލަނޑު ޖަހައިދީފައެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދިއިރު އޭނާ މޮޅު ކުޅުމެއް ދެއްކިއެވެ.

ސީސޭ ބުނީ މާނޭއަށް މީހުންގެ ލޯތައް އަމާޒުވިނަމަވެސް އޭނާ އެއްވެސް ވަރަކަށް ބަދަލުނުވާ ކަމަށެވެ. އޭނާ ބުނީ ސެނެގާލް ޓީމުގައި ހިމެނޭ އެންމެ މޮޅު ކުޅުންތެރިޔަކީ އެއީ ނޫން ކަމަށާއި އޭނާގެ ވަށައިގެން ވަރަށް މޮޅު ޓީމެއް ބިނާކޮށްފައިވާ ކަމަށެވެ. މާނޭއަށް އިތުރަށް ކުރިޔަށްދެވޭނެ ޓީމެއް އޮތުމަކީ މުބާރާތުގައި ސެނެގާލްއަށް ކާމިޔާބު ލިބެން މަގުފަހިވާނެ ކަމެއް ކަމަށް ސީސޭ ބުންޏެވެ.

އެފްރިކާގެ ގައުމަކަށް ވާރލްޑް ކަޕް މިހާތަނަށް ކާމިޔާބުކުރެވިފައިނުވާއިރު ސީސޭ ގަބޫލުކުރާ ގޮތުގައި އެފްރިކާގެ ޓީމެއް ވެސް ވާރލްޑް ކަޕް އަވަސް މުސްތަގުބަލެއްގައި ކާމިޔާބުކުރާނެއެވެ. އޭނާ ބުނީ ޖަރުމަނާއި ބްރެޒިލްއެކޭ އެއްގޮތަށް ނައިޖީރިއާ ނުވަތަ ސެނެގާލްއަށް ވެސް ވާރލްޑް ކަޕް ކާމިޔާބުކުރެވިދާނެ ކަމަށާއި ދުނިޔޭގެ އެންމެ މޮޅު ޓީމުތަކަށް އެފްރިކާގެ ކުޅުންތެރިން ކުޅޭ ކަމަށެވެ.

މިފަހަރުގެ ވާރލްޑް ކަޕްގައި ސެނެގާލް ހިމެނިފައިވަނީ ޖަޕާން ކޮލޮމްބިއާ އަދި ޕޮލެންޑާއެކު ގްރޫޕް އެޗްގައެވެ.

ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި ޕޮލެންޑާއި ދެކޮޅަށް ސެނެގާލް ނުކުންނައިރު ދެވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ޖަޕާނާއި ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި އެގައުމު ނުކުންނާނީ ކޮލޮމްބިއާ އާއި ދެކޮޅަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް