16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޓްރނާސްފާ މާކެޓް

ގްރީޒްމަން އައު ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު ލެމާރ ވެސް އެޓްލެޓިކޯއަށް

 • ގްރީޒްމަން ވަނީ އެޓްލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އިތުރުކޮށްފައި
 • ތޯމަސް ލެމާރ ވެސް ވަނީ އެ ޓީމަށް ބަދަލުވާން އެއްބަސްވެފައި
 • އެޓްލެޓިކޯއިން ވަނީ ލޫކަސް ހަނާންޑޭޒްގެ ކޮންޓްރެކްޓް ވެސް އައުކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 ޖޫން 2018 | އަންގާރަ 16:47 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ގްރީޒްމަން އަދި ލެމާރ ފްރާންސްގެ ގައުމީ ޓީމާއެކު -- އޭއެފްޕީ

ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެޓްލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އައުކުރިއިރު މޮނާކޯއަށް ކުޅެމުން އަންނަ އެގައުމުގެ ވިންގަރ ތޯމަސް ލެމާރ އެޓްލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމައިފިއެވެ.

އުމުރުން 27 އަހަރުގެ ގްރީޒްމަން ވަނީ އެޓްލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އިތުރުކޮށްފައެވެ. އެހެން ނަމަވެސް އޭނާގެ ރިލީޒް ފީއަށް ބަދަލެއް އައިސްފާވަކަމަށް ރިޕޯޓްތައް ނުބުނެއެވެ. ގްރީޒްމަން މިހާރު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް ކަމަށްވާއިރު އޭނާގެ ރިލީޒް ފީއަކީ 100 މިލިއަން ޔޫރޯއެވެ.

ގްރީޒްމަން އެޓްލެޓިކޯ މެޑްރިޑްގައި މަޑުކުރާނެކަން ހާމަކުރީ މިދިޔަ ހަފްތާގެ ތެރޭގައި އޭނާ އާއްމުކުރި ހާއްސަ ވީޑިއޯއެއް މެދުވެރިކޮށެވެ. އޭނާ އާންމުކުރި ވީޑިއޯގައި ބުނެފައިވަނީ އެޓްލެޓިކޯގައި ތިބީ އޭނާގެ ސަޕޯޓަރުން ކަމަށާއި އެއީ އޭނާގެ ޓީމު ކަމަށެވެ. އެޓްލެޓިކޯގެ ރަސްމީ ޓްވިޓަރ އެކައުންޓްއިން ގްރީޒްމަންގެ މި ޓްވީޓް ރީޓްވީޓްކުރިއެވެ.

އެޓްލެޓިކޯއާއެކު ގްރީޒްމަން އައު ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ނިންމާފައިވާއިރު އޭނާ ހޯދުމަށް ސްޕެއިންގެ ބާސެލޯނާއިން ގިނަ މަސައްކަތްތަކެއްކުރިއެވެ. އެގޮތުން އެކްލަބްގެ ރައީސް ވެސް ޓްރާންސްފާގެ ކަންކަމާއި ގުޅިގެން ގްރީޒްމަންއާ މަޝްވަރާކުރިއެވެ. މިކަމުގެ ސަބަބުން އެޓްލެޓިކޯއިން ބާސާއާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ފީފާގައި ވެސް އެދުނެވެ. އެހެން ނަމަވެސް ބާސާއާ ދެކޮޅަށް ފީފާއިން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ލެމާރ އެޓްލެޓިކޯއާ ގުޅޭނީ 60 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބާސާގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްއިން ވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތްކޮށްފައެވެ.

ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރުމަށް ނިންމިއިރު އޭނާ ވަނީ އެޓްލެޓިކޯއާއެކު ކާމިޔާބު ނުހޯދޭތީ އެހެން ކްލަބަކަށް ދާން ބޭނުންވާ ކަމަށް ވެސް މީގެކުރިން ބުނެފައެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. ގްރީޒްމަން ވަނީ މި ނިމުނު ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެޓްލެޓިކޯއާއެކު ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅުނު 48 މެޗުގައި މި ސީޒަނުގައި 29 ލަނޑު ޖަހާފައެވެ.

ގްރީޒްމަންގެ އިތުރުން އެޓްލެޓިކޯއިން ވަނީ އެޓީމަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ފްރާންސްގެ ޑިފެންޑަރު ލޫކަސް ހަނާންޑޭޒްގެ ކޮންޓްރެކްޓް ވެސް އައުކޮށްފައެވެ. އޭނާ ސޮއިކުރާ އައު ކޮންޓްރެކްޓާއެކު އޭނާ 2024 ވަނަ އަހަރު އަންނަންދެން އެޓްލެޓިކޯގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެމިހުންނާނެއެވެ.

ހަމައެހެންމެ މޮނާކޯއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ތޯމަސް ލެމާރ ވެސް ވަނީ އެ ޓީމަށް ބަދަލުވާން އެއްބަސްވެފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި އޭނާ އެ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ބެލެވޭއިރު އެޓީމުގެ މެޑިކަލް އަދި މިހާތަނަށް ލެމާރ ފުރިހަމަކޮށްފައެއް ނުވެއެވެ.

މި ތިން ކުޅުންތެރިން ވެސް މިވަގުތު ތިބީ ވާރލްޑް ކަޕްގައި ވާދަކުރާ ފްރާންސްގެ ގައުމީ ޓީމާއެކުއެވެ. އެޓްލެޓިކޯއިން ވަނީ ފްރާންސްގެ ސްކޮޑް ކޭމްޕް ކޮށްފައިވާ ތަނަށް މި ތިން ކުޅުންތެރިންގެ ކޮންޓްރެކްޓްގެ ކަންކަން ނިންމުމަށް އެޓީމުގެ އޮފިޝަލުން ފޮނުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް