17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ކަސްޓަމްސް ތަފާސް ހިސާބު

މޭ މަހު އެކްސްޕޯޓުކުރި މިންވަރު ދަށް ވެއްޖެ

  • ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 މޭ މަހާ އަޅާބަލާއިރު 38 އިންސައްތަ ވަނީ ދަށްވެފައި
އާމިނަތު ނުޒުހާ | nuzu8121

| 19 ޖޫން 2018 | އަންގާރަ 15:08 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


މާލޭގެ ވިޔަފާރި ބަނދަރު - މޭ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައި ވަނީ ޗައިނާ އިން -- ކަސްޓަމްސް

މި ދިޔަ މޭ މަހު ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރު ދަށް ވެއްޖެ އެވެ.

އެކަމަކު ފާއިތުވި މޭ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 3 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މޭ މަހު ދިވެހިރާއްޖެއަށް 3.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ މޭ މަހު މިއަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު، ޔޫއޭއީ އިން 17 އިންސައްތަ އަދި ސިންގަޕޫރުން 14 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ. އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ މޭ މަހާއި އަޅާބަލާއިރު ހުސްވި މޭ މަހު 10 އިންސައްތަ ދަށްވެފައެވެ. މިއަހަރުގެ މޭ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 215 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ މޭ މަަހު 240 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި މޭ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 މޭ މަހާ އަޅާބަލާއިރު 38 އިންސައްތަ ވަނީ ދަށްވެފައިވެއެވެ. 2017 ވަނަ އަހަރުގެ މޭ މަހު 326 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، 2018 ވަނައަހަރުގެ މޭ މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 201 މިލިއަން ރުފިޔާ އަށް ދަށްވެފައެވެ. މި އަހަރުގެ މޭމަހު އެކްސްޕޯޓް ކުރި މިންވަރު ދަށްވެފައި ވަނީ މޭމަހުގެ ތެރޭގައި ރާއްޖެއަށްކުރި ވިއްސާރައިގެ ސަބަބުން މަސްވެރިކަން ދަށްވެފައިވާތީކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ މޭ މަހު އެކްސްޕޯޓްކުރި މުދަލުގެ 38 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 14 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. ފަރަންސޭސިވިލާތަށް 11 އިންސައްތަ އެކްސްޕޯޓްކޮށްފައިވާއިރު އެމެރިކާއަށް 6 އިންސައްތަ އަދި އިނގިރޭސިވިލާތަށް 5 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް