20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ރާއްޖެޓީވީ

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

  • ޒަރީރަށް ކޮށްފައިވަނީ ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާ
  • ޚުލާސާ ބަޔާން ހުށަހަޅާފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހު
  • ނުހައްގު އަދަބަކުން ނޫސްވެރިން ސަލާމަތްކޮށްދިނުމަށް ރާއްޖެޓީވީން ވަނީ ގޮވާލާފަ
އަޒުމޫން އަހުމަދު | azmoon_ahmed

| 16 ޖެނުއަރީ 2017 | ހޯމަ 16:57 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރު: ނުހައްގު އަދަބެއް ދިނުމުގެ ކުރިން ސަލާމަތް ކޮށްދިނުމަށް ރާއްޖެޓީވީން ވަނީ ގޮވާލާފައި -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކޮށްފައިވާ ކަމަށް ބުނެ ރާއްޖެޓީވީގެ ކެމަރާމަން އާދަމް ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ހުކުމް އިއްވުން މިއަދަށް ތާވަލުކޮށްފި އެވެ.

 

ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގުޅުނު ކަންމަތި ބެރިކޭޑް ޖަހާ ބަންދުކޮށްފައިވަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ އެ ސަރަހައްދަގައި ޖަހާފައިވާ ފުލުހުން ޝީލްޑްތައް ކޮއްޕައި ފުލުހުންގެ ދައުރު އަދާކުރުމަށް ޒަރީރު ދަތިކޮށްފައިވާ ކަމަށެވެ.

 

ޒަރީރު ވަނީ އެ ދައުވާ އަށް އިންކާރުކޮށްފަ އެވެ. ދައުވާ އަށް ޒަރީރު އިންކާރު ކޮށްފައިވާތީ، ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ފުލުހުންތަކެއް ހުށަހަޅާފަ އެވެ. ދައުވާ އިން ދިފާއުވުމަށް ޒަރީރުގެ ފަރާތުން ވެސް ހެކި ހުށަހެޅި އެވެ.

 

އެ ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގައި އެންމެ ފަހުން އެޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ވަނީ ދެފަރާތުގެ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ.

 

ދައުލަތުން ހުށަހެޅި ޚުލާސާ ބަޔާނުގައި ބުނެފައިވަނީ، ފުލުހުންގެ ދައުރަށް ދަތިކުރުމުގެ އަމަލެއް ޒަރީރު ނުހިންގާ ކަމަށް ދިފާއީ ހެކީން ބުނީ އެކުވެރިޔަކު ސަލާމަތްކުރަން ކަމަށެވެ. އަދި އެ ފަރާތްތަކުން ދިނީ ދޮގު ހެކި ބަސް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

 

މީގެ އިތުރުން ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާ، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ސާބިތުވާ ކަމަށެވެ.

 

ޒަރީރުގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ ފޫޓޭޖުން ދިފާއީ ހެކީންގެ ހެކި ބަހަށް ބާރު ލިބޭ ކަމަށެވެ.

 

އެގޮތުން އެ ވީޑިއޯ އިން ފެންނަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ފާސްއަޅައިގެން ނޫސްވެރިކަމުގެ މަސައްކަތް ކުރާ މަންޒަރުކަން ފާހަގަކުރައްވަމުން ހަސީން ވިދާޅުވީ ދައުވާގައި ބުނާ ފަދަ އެއްވެސް ކަމެއް ޒަރީރު ކުރާ މަންޒަރެއް އެ ވީޑިއޯ އިން ނުފެންނަ ކަމަށެވެ.

 

ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި ފުލުހުންގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރިކަން ވެސް ފާހަގަކުރައްވާ ހަސީން ވަނީ، އެ ދައުވާ އަކީ ޒަރީރުގެ މައްޗަށް ސާބިތުނުވާ ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

 

ޒަރީރުގެ މި މައްސަލަ ބައްލަވަނީ ގާޒީ އާދަމް އާރިފް އެވެ. ޚުލާސާ ބަޔާން ހުށަހަޅާ ނިމުމުން ގާޒީ އާރިފް ވަނީ، އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ޖެނުއަރީ 16 ވަނަ ދުވަހުގެ މެންދުރު 2:00 ގައި ބާއްވާ އަޑުއެހުމުގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު މައްސަލައިގެ ހުކުމް ކުރައްވާނެކަން އިއުލާނުކުރައްވާފަ އެވެ.

ޒަރީރުގެ މައްޗަށް ހޯމަ ދުވަހު ހުކުމް އިއްވާއިރު، ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ހުކުމް ކުރުން މިމަހުގެ 24 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އެ މައްސަލައިގައި ޑިސެމްބަރު 19 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ވިސާމާއި ލީވާންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ކޮށްފައިވާ ގައިގައި އަތްލުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

 

ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް ހުކުމް ކުރުން ތާވަލުކޮށްފައިވާއިރު، ރާއްޖެޓީވީން ވަނީ ނުހައްގު އަދަބެއް ދިނުމުގެ ކުރިން ނޫސްވެރިން ސަލާމަތްކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ގޮވާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް