26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފީފާ ވާރލްޑް ކަޕް 2018

އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟

  • 30 ވަރަކަށް މިނިޓަށް ކުޅެން ދަނޑަށް އެރި ރިއުރިކް ގިސްލާސަންގެ ވާހަކައަކީ އަންހެނުންގެ ތެރޭގައި ވަރަށް ހޫނުވެފައިވާ ވާހަކައެއް
  • މެޗަށްފަހު 24 ގަޑި އިރު ނުވަނީސް އޭނާގެ އިންސްޓަގްރާމް ފޮލޮވަރސްގެ އަދަދު 30000 އިން 330000 އަށް އެރި
  • ރިޕޯޓްތަކުގައިވާ ގޮތުގައި ރިއުރިކް އެންމެ ކާމިޔާބީ ދެކުނު އެމެރިކާގައި
އައިޝަތު ޝާނީ | Shaaknee

| 19 ޖޫން 2018 | އަންގާރަ 09:38 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ


ރިއުރިކް ގިސްލާސަން -- ގޫގުލް

ރަޝިއާގައި ކުރިއަށްދާ ފީފާ ވަރލްޑް ކަޕްގައި ވަރުގަދަ އާޖެންޓީނާއާ ދެކޮޅަށް ކުޅެ ކުޑަކުޑަ އައިސްލޭންޑް ވަނީ އެއްވަރު ވެފައެވެ. 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވި އިރު، ބެލުންތެރިންނަށް ހަމަ އެކަނި ފާހަގަވި ކަމަކީ މި ވަރުގަދަ ޓީމް ބަލިވިކަން ނުވަތަ ލައޮނަލް މެސީއަށް ޕެނަލްޓީއެއް މިސްވިކަން އެކަންޏެއް ނޫނެވެ. ބައިގަޑިއެއްހާއިރަށް ކުޅެން ދަނޑަށް އެރި ރިއުރިކް ގިސްލާސަންގެ ވާހަކައަކީ އަންހެނުންގެ ތެރޭގައި ވަރަށް ހޫނުވެފައިވާ ވާހަކަ އެކެވެ.

އޭނާ ދަނޑަށް އެރުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗް ނިމެން 30 ވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ. މިހާރު އެންމެ ގިނަ ބަޔަކު ދައްކަނީ ރިއުރިކްގެ ރީތިކަމުގެ ވާހަކަ އެވެ.   

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ފޮލޮވަރސް އިތުރުވާން ފެށިއެވެ. އާޖެންޓީނާއާއެކު ކުޅުނު މެޗްގެ ކުރިން 30000 ފޮލޮވަރސް ހުރި ރިއުރިކްގެ އިންސްޓަގްރާމުން ފޮލޯކްރާ މީހުންގެ އަދަދު އެންމެ 24 ގަޑިއިރުގެ ތެރޭގައި 330000 އަށް އެރިއެވެ. މި އަދަދު އަދިވެސް އިތުރު ވަމުންދާއިރު، މިހާރު އޭނާގެ އިންސްޓަގްރާމްގައި 485000އަށް ވުރެ ގިނަ ފޮލޮވަރސް އެބަ ތިއްބެވެ. އަދި މި ހަބަރު ލިޔަން ފެށުމާއި ނިމުމާ ދޭތެރޭ އިތުރު 20،000 މީހުން އޭނާ ފޮލޯކޮށްފައި ވެއެވެ.

ރިޕޯޓްތަކުގައިވާ ގޮތުގައި ރިއުރިކް އެންމެ 'ކާމިޔާބީ' ދެނުކު އެމެރިކާގައެވެ. އެގޮތުން، ބްރެޒިލްގެ އެކްޓަރެއް އަދި މޮޑެލްއެއްކަމަށްވާ ގެބްރިއެއްލާ ލޮޕެސް ގެބްރިއަލް ވަނީ ރިއުރިކްއާ ގުޅޭ ގޮތުން އޭނާގެ ދެ މިލިއަނަށް ވުރެ ގިނަ ފޮލޮވަރުންނާ ސުވާލުކޮށްފައެވެ.

"ކިހިނެތްތަ މީހަކު މިހާ ލޯބިވަނީ،" ގެބްރިއެއްލާ އަހާފައިވެއެވެ.

ރިއުރިކް ގިސްލާސަން
ރިއުރިކް ގިސްލާސަން
ރިއުރިކް ގިސްލާސަން
ރިއުރިކް ގިސްލާސަން

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ލޮލް

10 މަސް ކުރިން

އޒް ހޮޓް ޔޭސް، ހީ

0
0