16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މޯލްޑިވްސް ޕެންޝަން އެޑްމިނިސް

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

  • ޕެންޝަން އޮފީހުން ބޯޑު މެންބަރުކަމަށް އިއުލާނުކޮށްފައިވަނީ ޕްރައިވެޓް ސެންޓަރ ތަސްމީލު ކުރާ މެންބަރެއް ހޯދުމަށް
  • ޕެންޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ބޯޑެއްގެ ބެލުމުގެ ދަށުން
  • މި ބޮޑުގާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 މެންބަރުން ތިބޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 16 ޖެނުއަރީ 2017 | ހޯމަ 16:19 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ޕެންޝަން އޮފީސް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ ތެރެއިން ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މެންބަރުގެ ޖާގަ ހުސްވެފައި ވުމުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފި އެވެ.


މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ޢައްޔަން ކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކައި އެކުލަވާލެވޭ ސެލެކްޝަން ކޮމިޓީއަކުން ހޮވައިގެންނެވެ. މި ސެކްޝަން ކޮމިޓީ ފާސްކުރަނީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ބެލުމަށް ފަހު ހުށަހަޅާ ނަންތަކެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެވެ.

 

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ އަށް މެންބަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ.

 

މިބޯޑުގައި ހިމެނެނީ ބޯޑުގެ ޗެއަރޕަރސަން އާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ ސިވިލް ސަރވިސް އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، އަދި ދައުލަތުގެ ވަޒީފާއެއް އަދާނުކުރާ، ސަރުކާރުގެ ވަޒީފާއެއްގައި ނޫޅޭ، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ހަތަރު ބޭފުޅުންނެވެ.

 

ޕެންޝަން އޮފީހުން ބޯޑު މެންބަރެއް ހޯދުމަށް ކޮށްފައިވާ އިއުލާނުގެ ދަށުން ވިޔަފާރީގެ ރޮނގުން ނުވަތަ އިޤްތިޞާދީ ރޮނގުން ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލްކޮށްފައިވާން ޖެހޭނެ ކަމަށް އެ އޮފީހުން ހާމަކުރެ އެވެ. އަދި މާލީ ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމުގެ އިތުރުން ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެން ނުވާނެ ކަމަށް އެ އޮފީހުން ކޮށްފައިވާ އިއުލާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

 

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް މި ޖެނުއަރީ މަހުގެ ނިއަލަށް ޕެންޝަން އޮފީހުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް