17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

ސެލީނާ ގޮމޭޒް

ސެލީނާ ގޮމޭޒް 'ހުތުރު'ކަމަށް ބުނި ފެޝަން ޑިޒައިނަރަށް އޭނާގެ މަންމަ ރައްދު ދީފި

 • ސެލީނާގެ ފޮޓޯއަކަށް ކުރި ކޮމެންޓެއްގައި 'ޑޮލްޗޭ އެންޑް ގަބާނާ'ގެ ސްޓެފާނޯ ގަބާނާ ވަނީ 'ވަރަށް ހުތުރު'ކަމަށް ކޮމެންޓްކޮށްފައި
 • "އެއްވެސް މީހަކު އެފަދަ ނަފްރަތުގެ ބަސް ބޭނުން ކުރާނަމަ އަޅައެއް ނުލަން"ކަމަށް ސެލީނާ މަންމަ ބުނި
 • މިއީ 'ސައިބަރބުލީންގ'ކަމަށް ގިނަ ބައެއް ސުފަ ކުރޭ
އައިޝަތު ޝާނީ | Shaaknee

| 19 ޖޫން 2018 | އަންގާރަ 08:59 | |

މަގުބޫލް

 1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
 2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
 3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
 4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
 5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
 6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
 7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
 8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ސެލީނާ ގޮމޭޒް -- ގެޓީ އިމޭޖާސް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް "ވަރަށް ހުތުރު"ކަމަށް އިޓަލީގެ ފެޝަން ހައުސެއްކަމަށްވާ 'ޑޮލްޗޭ އެންޑް ގަބާނާ'ގެ ސްޓެފާނޯ ގަބާނާ ބުނުމުން މަންމަ މޭންޑީ ޓީފޭ ރައްދު ދީފިއެވެ.

ސެލީނާގެ ފޭން އެކައުންޓަކުން ޖޫން 12ގައި ޕޯސްޓްކޮށްފައިވާ ފޮޓޯއެއްގައި 'ޑޮލްޗޭ އެންޑް ގަބާނާ'ގެ އެއް ބާނީކަމަށްވާ ސްޓެފާނޯވަނީ އިޓަލީ ބަހުން ކޮމެންޓްކޮށްފައެވެ. ކޮމެންޓްގައި ބުނެފައިވަނީ 'އޭނާ ވަރަށް ހުުތުރު'ކަމަށެވެ.

މިކަމާގުޅޭ ގޮތުން ސެލީނާ މަންމަ މޭންޑީއާ ސުވާލު ކުރުމުން އޭނާ ބުނީ، "އެއްވެސް މީހަކު އެފަދަ ނަފްރަތުގެ ބަސް ބޭނުން ކުރާނަމަ އަޅައެއް ނުލަން" ކަމަށެވެ. މި ފަދަ ނަފުރަތުގެ ބަސްތައް މީހުން ބުނަނީ ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް ކަމަށާއި އެފަދަ ހާލަތްތަކުގައި އާއިލާއިން ކަންކުރާ ގޮތަކީ އެއަށް އަޅާ ނުލާ 'ދުވަސް ކޮޅަކަށް ގެއްލުން' ކަމަށް އޭނޭ ބުންޏެވެ.

ސެލީނާއާ ދިމާލާށް ސްޓެފާނޯ ހުތުރޭ ބުނެގެން އެންމެ ފުރަތަމަ އޭނާގެ ދިފާއުގައި އެއްޗެއް ބުނި މީހުންގެ ތެރޭގައި ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ހިމެނެއެވެ. މައިލީގެ އިތުރުން ހޮލީވުޑްގެ ބައެއް އެހެން ތަރިންވެސް ސެލީނާގެ ކޮޅު ނަގާފައިވާ އިރު، ސެލީނާގެ ފޭނުުންދަނީ އިންސްޓަގްރާމް އަދި ޓްވިޓަރ މެދުވެރިކޮށް ސްޓެފާނޯގެ އަމަލަކީ ސައިބަރ ބުލީ ކުރުމުގެ އަމަލެއްކަން ފާހަގަކޮށް ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ސެލީނާ އަދި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް