26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޖީޖީ ހަދީދު - ޒޭން މަލިކް

ޖީޖީ ހަދީދު އާއި ޒޭން މަލިކް އަނެއްކާ ރައްޓެހިވީ؟

 • ދެ އަހަރަށް ވުރެ ގިނަ ދުވަހު އެކުގައި އުޅުމަށްފަހު ޖީޖީއާއި ޒޭން ވަކިވެފައިވަނީ މިއަހަރުގެ މާޗް މަހު
 • އަނެއްކާ ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފެށީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން
 • މި މަހު ޖީކިއުއަށް ދީފައިވާ އިންޓަވިއުއެއްގައި ޒޭންވަނީ އޭނާއާއި ޖީޖީގެ ގުޅުން އޮތް ހިސާބެއް ކިޔާ ދިނުމަށް އިންކާރުކޮށްފައި
އައިޝަތު ޝާނީ | Shaaknee

| 19 ޖޫން 2018 | އަންގާރަ 08:29 | |

މަގުބޫލް

 1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
 4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
 5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
 6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ


ޖީޖީ ހަދީދާއި ޒޭން މަލިކް -- ގޫގުލް

އެމެރިކާގެ މަޝްހޫރު ސުޕަރ މޮޑެލް ޖީޖީ ހަދީދުއާ އިނގިރޭސިވިލާތުގެ ކާމިޔާބު ބޯއި ބޭންޑް 'ވަން ޑައިރެކްޝަން'ގެ ކުރީގެ މެމްބަރެއް ކަމަށްވާ ޒޭން މަލިކް އަނެއްކާވެސް ރަށްޓެހިވެގެން އުޅޭކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަހު އެކުގައި އުޅުމަށްފަހު 23 އަހަރުގެ ޖީޖީ އާއި 25 އަހަރުގެ ޒޭން ވަކިވެފައިވަނީ މިއަހަރުގެ މާޗް މަހުގައެވެ. ދެ މީހުން ވަކިވިކަން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.

ދެން އަނެއްކާ ދެ މީހުން ރައްޓެހިވެގެން އުޅޭކަމުގެ ނިޝާންތައް ފެންނަން ފެށީ މީގެ ހަފްތާއެއްހާ ކުރިންނެވެ. އަނެއްކާވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝެއަރކޮށްފައިވާ ޕޯސްޓްތަކެއްގެ ސަބަބުންނެވެ.

މި ދެ މީހުން އަލުން ރައްޓެހިވިކަމުގެ ރިޕޯޓްތައް ފުރަތަމަ ފެތުރުނީ ޖީޖީގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރި ފޮޓޯއެއްގެ ސަބަބުންނެވެ. ފޮޓޯއިން ޖީޖީއާއެކު ފިރިހެނެއް ފެންނަ އިރު، އޭނާގެ މޫނު އެއްގޮތަކަށް ވެސް ނުފެނެއެވެ. ނަމަވެސް ފޭނުންވަނީ އެއީ ޒޭންކަން ކަށަވަރުކޮށްފައެވެ. އެއީ އޭނާގެ ހަށިގަނޑުގައި ޖަހާފައި ހުރި ޓެޓޫތަކަށް ބަލައިގެންނެވެ.

 

A post shared by Gigi Hadid (@gigihadid) on

ދެން ޖޫން މަހުގެ 11 ވަނަ ދުވަހު ޒޭންއާ ވަރަށް ވައްތަރު މީހެއްގެ ފޮޓޯ ޖީޖީ އިންސްޓަގްރާމް މެދުވެރިކޮށް ޝެއާ ކުރިއެވެ. ޒޭން ފީލްޑެއް ތެރޭގައި، ގަސްތަކެއް ކައިރީގައި ފެންނަ މި ފޮޓޯ ކިތަންމެ ދުރުން ނަގާފައިވީ ނަމަވެސް އެއީ އޭނާކަން އިނގެއެވެ. ހަމަ އެ ދުވަހު ޒޭންވަނީ އަންހެން ކުއްޖަކަށް މަލެއް ދޭ މަންޒަރު ފެންނަ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ. ފޮޓޯއިން ހަމައެކަނި އަންހެން ކުއްޖާގެ އަތް ފުނުނު ނަމަވެސް ޖީޖީ ކުރި 'ހާޓް އިމޯޖީ' ކޮމެންޓުން އެއީ އޭނާކަމަށް ފޭނުން ގަބޫލު ކުރެއެވެ.

 

A post shared by Zayn Malik (@zayn) on

ނަމަވެސް، މި މަހު ޖީކިޔުއަށް ދީފައިވާ އިންޓަވިއުއެއްގައި ޒޭންވަނީ އޭނާއާއި ޖީޖީގެ ގުޅުން އޮތް ހިސާބެއް ކިޔާ ދިނުމަށް އިންކާރުކޮށްފައެވެ. ނަމަވެސް އަދިވެސް ގުޅުމެއް އޮތްކަމަށް އިންކާރެއް ނުކުރެއެވެ.

"އަހަރުންނަކީ ކުޑަ ކުދިންނެއް ނޫން. މި ގުޅުމަކަށް ލޭބަލްއެއް ބޭނުމެއް ނުވޭ. ޖީޖީއާ ބައްދަލު ވުމަކީ އަހަރެން ވަރަށް ޝުކުރުވެރިވާ ކަމެއް،" ޒޭން ބުންޏެވެ.

ޖީޖީއަކީ ނެދަރލެންޑްސްއަށް އުފަން ޔޮލޭންޑާ އަދި ފަލަސްތީނަށް ނިސްބަތްވާ މުހައްމަދު ހަދީދުގެ ކުއްޖެކެވެ. އަދި ޒޭންއަކީ އިނގިރޭސި ޓްރިޝާ ބްރެނަން މަލިކްއާ ޕާކިސްތާން- އިނގިރޭސި ޔާސިރު މަލިކްގެ ކުއްޖެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް