24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
އިޝާ 19:33
މަޣްރިބް 18:18
އަސްރު 15:42
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:04

ފީފާ ވޯލްޑް ކަޕް 2018

ވާރލްޑް ކަޕު ބެލުމަށް އަނބިމީހާ ހުއްދަ ނުދިނުމުން މެކްސިކޯގެ ރައްޔިތަކު މެޗް ބެލިގޮތް ވަރަށް ތަފާތު!

 • ރަހުމަތްތެރިޔާގެ ބަދަލުގައި ގެންދިޔައީ ކާޑުބޯޑު ފޮޓޯއެއް
 • ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައި
 • މި އެކުވެރިން ރަޝިއާއަށް ދަތުރު ކުރީ ބަހުގައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 19 ޖޫން 2018 | އަންގާރަ 08:17 | |

މަގުބޫލް

 1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
 2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
 3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
 4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
 5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
 6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
 7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
 8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


އިންގުއެ ސޫ މަތްރުޝްކާ ޓީމް -- އިންސްޓަގްރާމް

ދުނިޔޭގައި އެންމެ ގިނަ ބަޔަކު ފޯރި ނަގާ އެއް ކުޅިވަރަކީ ފުޓްބޯޅައެވެ. އެހެންވެ، މި ދުވަސްވަރު ވާރލްޑް ކަޕް ހުން ގިނަ ބަޔަކަށް ވަނީ ޖެހިފަ އެވެ. ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ރަޝިއާގައި ކުރިއަށްދާއިރު، މުބާރާތުގެ މެޗްތައް ބެލުމަށް އެތައް ގައުމުން ގިނަ އަދަދެއްގެ ބަޔަކު ރަޝިއާއަށް ވަނީ ޖަމާވެފަ އެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ވާރލްޑް ކަޕްގެ މެޗްތައް ބޮޑު ސްކްރީން ތަކުން ބެލުމުގައި ވެސް ނަގާ ފޯރި ކުޑައެއް ނޫނެވެ. އަދި އެހެން ގޮތްގޮތުން ވެސް ވޯލްޑް

 

ކާޑް ބޯޑުން ހަދާފައިވާ ޖަވީ

މެކްސިކޯއަށް ނިސްބަތްވާ ހަތް އެކުވެރިންވެސް ވާރލްޑް ކަޕް ފެށުމުގެ އެތަށް ދުވަހެއް ފެށުމުގެ ކުރިން ސްކޫލް ބަހެއް ގަނެ މެކްސިކޯ އިން ރަޝިއާ އަށް ދަތުރު ފެށީ ވާރލްޑް ކަޕްގެމެޗުތައް ބެލުމަށެވެ. އެހެން ނަމަވެސް އަމިއްލަ  މައްސަލަތަކެއް ދިމާވެގެން އެ ހަތް އެކުވެރިންގެ ތެރެއިން އެކަކަށް މި ދަތުރުގައި ބައިވެރިވެވޭ ގޮތް ނުވި އެވެ. ނާދެވުނީ ޖަވީ ނަމަކަށް ކިޔާ އެކުވެރިއާ އަށެވެ. އެހެން ނަމަވެސް ބާކީ ތިބި އެހެން އެކުވެރިން ރަހުމަތްތެރިޔާ ޖަވީ ވަރލްޑް ކަޕްގެ މެޗުތައް ބެލުމަށް ގެންދިޔައީ ތަފާތު ގޮތަކަށެވެ. އަނބިމީހާގެ ހުއްދަ ހޯދަން ނުޖެހޭ އުކުޅެއް ބޭނުން ކުރީ އެވެ.

 

ކާޑް ބޯޑުން ހަދާފައިވާ ޖަވީ

މި އެކުވެރިންތައް ބަހުގައި ދަތުރުކޮށް ވަރލްޑް ކަމު ބަލާލުމަށް ނިންމީ މީގެ ހަތަރު އަހަރު ކުރިން ބްރެޒިލްގެ މުންޑިއާލްގައި ތިބެ އެވެ. ޑުރެންގޯ ސިޓީ އިން ސްކޫލު ބަހެއް ގަނެ މެކްސިކޯގެ ގައުމީ ކުލަތައް ބޭނުންގޮތެއްގައި ތަފާތުގޮތަކަށް ބަހުގައި ކުލަލިއެވެ. ބަސް އެންމެ ފުރަތަމަ ކަނޑުމަގުން ޕޯޗުގަލްއަށް ފޮނުވާލި އެވެ. އަދި އެއަށްފަހު މުޅި ޔޫރަޕް ޓޫއާއެއް ފެށި އެވެ.

 

ކާޑް ބޯޑުން ހަދާފައިވާ ޖަވީ

މި ދަތުރުގެ ހުރިހާ ކަމެއް ފައިނަލް ކުރެވުނު ފަހުން ހަތް މީހުންގެ ޓީމުގައި ހިމެނޭ ޖާވީއަށް ނުދެވޭނެކަން ބުންޏެވެ.

" ޖަވީ ބުނީ އޭނާގެ އަންހެނުން އޭނާ މި ދަތުރުދާކަށް އެއްބަހެއްނުވިއޭ. އެހެންވެ އަހަރެމެން ނިންމީ އޭނާގެ އަންހެނުންގެ ހުއްދައާ ނުލާ އޭނާ ގެންނަން. ހަގީގަތަކީ އޭނާ އުފާވެރި މަޖާ ވަގުތުތަކެއް މިދަތުރުގައި ހޭދަކުރާން." އެކުވެރިން ބުންޏެވެ.

މި ގްރޫޕުން އިންސްޓާގްރާމަށް ފޮޓޯތައް އަޕްލޯޑް ކުރަމުންދާ އިރު އެމީހުންގެ ޔޫސާ އައިޑީއަކަށް އިންނަނީ އިންގުއެ ސޫ މަތްރުޝްކާ އެވެ. މި އެކައުންޓް މެދުވެރިކޮށް ގިނަ ފޮޓޯތަކެއް ދަނީ ސޯޝަލް މީޑިއާގައި ޝެއަރ ކުރަމުންނެވެ.

ކާޑް ބޯޑުން ހަދާފައިވާ ޖަވީ

ކާޑް ބޯޑަކުން ހަދާފައިވާ ޖާވީ ތަފާތު އެކި ގޮތްގޮތަށް އެކި ތަންތަނުގައި މިގްރޫޕުގެ އެކި މެންބަރުންނާ އެކު ފޮޓޯ ނަގާ އިންސްޓަގްރާމަށް ވަނީ އަޅާފައެވެ. އިންސްޓަރގްރާމުގައި ހުރި ފޮޓޯތަކުން ކާޑްބޯޑް ޖާވީ އެނދުގައި ނިދާތަނާއި ބަސް ދުއްވާތަނާއި މަގުމަތީގައި ވެއްޓިފައި އޮތްތަނާއި ޓީމާ އެކީގައި މަޖާ ކުރާތަނުގެއިތުރަށް އާންމުންނާ އެކީ ނަގާފައިވާ ފޮޓޯތައްވެސް ހިމެނެ އެވެ. ކާޑު ބޯޑުން ހަދާފައިވާ ޖާވީގެ ޓީޝާޓޫގައި ލިޔެފައިވަނީ "އަހަރެންގެ އަންބިމީހާ ހުއްދައެއް ނުދިން" މިހެންނެވެ. މި ފޮޓޯތަކަށް ސޯޝަލް މީޑިއާގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިގެން ގޮސްފަ އެވެ. އަދި ގިނަ ބަޔަކަށް މިކަންވީ ވަރަށް މަޖާ ކަމަކަށެވެ. އެހެން ކަމުން މި ފޮޓޯތަކަށް އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުން ދަނީ ޝެއަރ ކުރަމުންނެވެ.

 

ކާޑް ބޯޑުން ހަދާފައިވާ ޖަވީ

މި ގްރޫޕް ސޯޝަލް މީޑިއާގައި ހޯދި ސަމާލުކަމުގެ ސަބަބުން މޮސްކޯއަށް އާދެވުމުން އެމީހުންނަށް ގްރޫޕަކުންވަނީ ހޫނު މަރުހަބާވެސްކިޔާފައެވެ.

ބަހެއްގައި ވަރަށް ފޮނި އުންމީދުތަކާ އެކު ކުރި ދަތުރުގައި މި އެކުވެރިންނަށް އަދި މިހާތަނަށް މެކްސިކޯ އިން ކުޅުނު އެއްވެސް މެޗަކަށް ވަނުމަށް ޓިކެޓް ލިބޭ ގޮތް ވަނީނުވެފަ އެވެ. އެހެން ނަމަވެސް އެ ގްރޫޕުން ދަނީ އެކުވެރިންނާ އެކު މަޖާ ވަގުތުތަކެއް ހޭދަކުރަމުންނެވެ. އަދި އެމީހުން ވަނީ އާންމުންނާއި ސޯޝަލް މީޑިއާގެ ސަމާލުކަން ހޯދާ ލޯބި ހޯދަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް