18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފްލައިބޯޑިން

ފްލައިބޯޑް ވާރލްޑް ޗެމްޕިއަންޝިޕްގެ ޖޫނިއަރ ކެޓަގަރީއިން ޔައިޝްއަށް ފަސްވަނަ

  • މި ކެޓަގަރީގައި ވާދަކުރަނީ އުމުރުން 13 އަހަރާއި 18 އަހަރުގެ ފްލައިބޯޑަރުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 ޖޫން 2018 | އަންގާރަ 02:54 | |

މަގުބޫލް

  1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


މި މުބާރާތުން ރާއްޖެއަށް ފަސްވަނަ ހޯދައިދިން ޔައިޝް - އޭނާއަކީ މުހިއްޔުއްދީން ސްކޫލްގެ ދަރިވަރެއް -- މިނިސްޓްރީ އޮފް އެޑިއުކޭޝަން

ވާރލްޑް ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ޖޫނިއަރ ކެޓަގަރީއިން ފަސްވަނަ މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރި އެތުލީޓު، މުހައްމަދު ޔައިޝް ހޯދައިފިއެވެ.

ޔައިޝް މިމުބާރާތުގެ ޖޫނިއާރ ކެޓަގަރީއިން ފަސްވަނަ ހޯދާފައިވާއިރު މި ކެޓަގަރީގައި ވާދަކުރަނީ އުމުރުން 13 އަހަރާއި 18 އަހަރުގެ ފްލައިބޯޑަރުންނެވެ. ހަމައެހެންމެ މިއީ ވާރލްޑް ޗެމްޕިއަންޝިޕްގައި ޖޫނިއަރ ކެޓަގަރީ ތައާރަފް ކުރެވުނު ފުރަތަމަ ފަހަރަށްވާއިރު މިއީ ރާއްޖޭގެ ޖޫނިއަރ އެތުލީޓަކު މިމުބާރާތުގެ ވާދަކުރި ފުރަތަމަ ފަހަރުވެސްމެއެވެ. އުމުރުން 15 އަހަރުގެ ޔައިޝް އަންނަނީ މުހިއްޔުއްދީން ސްކޫލްގެ ގްރޭޑް 10 އެއްގައި ތައުލީމް ހާސިލްކުރަމުންނެވެ.

ފްލައިބޯޑިންގައި ޔައިޝްގެ އެދުރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖެއާއި ދުނިޔޭގައި ވެސް މިކުޅިވަރުގައި ފާހަގަކޮށްލެވޭ ރާއްޖޭގެ އިބްރާހިމް ހުސައިން (އިއްބަޑޭ) އެވެ. އޭނާ ވެސް ވަނީ މިހަރުގެ ވާރލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް ޕްރޮފެޝަނަލްސް ކެޓަގަރީއިން 17 ވަނަ ހޯދާފައެވެ. އިއްބަޑޭ ވަނީ މީގެކުރިން ފްލައި ބޯޑް ވާރލްޑް ކަޕްގައި ދުނިޔޭގެ 46 އެތުލީޓަކާއި ވާދަކޮށް 26 ވަނަ ހޯދާފައެވެ. ހަމައެހެންމެ އޭނާވަނީ ޔޫރަޕިއަން ފްލައިބޯޑިން ޗެމްޕިއަންޝިޕްގެ ތިންވަނަ ވެސް މީގެކުރިން ހޯދާފައެވެ.

ޔައިޝްގެ މިކާމިޔާބާއެކު ގިނަ ބަޔެއްގެ ތައުރީފް އޭނާއަށް ދަނީ ލިބެމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް