19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ުސައުދީ އަރަބިއްޔާ

ސައުދީގެ މުނިފޫހިފިލުވުމާއިބެހޭ އިދާރާގެ ވެރިޔާ މަޤާމުން ވަކިކޮށްފި

  • 2017 ވަނަ އަހަރު ސައުދީގައި މުނިފޫހިފިލުވުމުގެ 2200 ހަރަކާތް ހިންގާފައިވޭ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 19 ޖޫން 2018 | އަންގާރަ 02:04 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ


ސައުދީގައި ކުރިއަށްގެންދިޔަ މިއުޒިކް ޝޯއެއްގެ ތެރެއިން. ސައުދީއިން ދަނީ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. -- އޭއެފްޕީ

ސައުދީ އަރަބިއްުޔާގެ މުނިފޫހިފިލުވުމާއި ބެހޭ އިދާރާ، ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީގެ ވެރިޔާ، އަޙުމަދު ބިން އަޤީލް އަލް ޚާތިބް މަޤާމުން ވަކިކޮށްފިއެވެ.

ސައުދީގެ އެކި ސަރަޙައްދުތަކުގައި މުނިފޫހިފިލުވުމާއިގުޅޭ ހަރަކާތްތައް ހިންގާ ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީގެ ވެރިޔާގެ މަޤާމަށް ޚާތިބް އައްޔަނުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލް އަޒީޒް އަލް ސައުދުގެ އަމުރުފުޅަކުން ޚާތިބް މަޤާމުން ވަކިކުރި ނަމަވެސް، އޭނާ މަޤާމުން ވަކިކުރީ ކޮން ސަބަބަކާއި ހުރެކަމެއް ސައުދީގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ނިމިގެން ދިޔަ 2017 ވަނަ އަހަރު ސައުދީގެ ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީއިން ވަނީ މުނިފޫހިފިލުވުމުގެ 2200 ހަރަކާތް ހިންގާފައެވެ. އަދި އެ އިދާރާއިން ދަނީ މި އަހަރު ޖުމްލަ 50،000 އެފަދަ ހަރަކާތް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި މުނިފޫހިފިލުވުމުގެ ދާއިރާއަށް 64 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް