16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ފީފާ ވާރލްޑް ކަޕް 2018

ސައުދީގެ ކުޅުންތެރިން ދަތުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެ

  • އެ ކުޅުންތެރިން ދަތުރުކުރަމުންދިޔައީ މުބާރާތުގެ ދެވަނަ މެޗު ކުޅުމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 ޖޫން 2018 | އަންގާރަ 01:48 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ސައުދީ ކުޅުންތެރިން ދަތުރުކުރި އެއާބަސް އޭ319-100 ގެ އިންޖީނުގައި ރޯވެފައި - މިއީ 12 އަހަރު ވެފައިވާ ފްލައިޓެއް -- ޑެއިލީ މިރޯ

ފީފާ ވާރލްޑް ކަޕްގައި ވާދަކުރާ ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ ކުޅުންތެރިން ދަތުރުކުރި ފްލައިޓްގެ އިންޖީނުގައި ރޯވެއްޖެއެވެ.

އެ ކުޅުންތެރިން ދަތުރުކުރަމުންދިޔައީ މުބާރާތުގެ ދެވަނަ މެޗު ކުޅުމަށް މޮސްކޯއިން އެގައުމުގެ ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ރޮސްޓޯވް އޮން ޑޮންއަށެވެ.

އާންމުވެފައިވާ ފޮޓޯތަކުން، ކުޅުންތެރިން ދަތުރުކުރަމުންދިޔަ ފްލައިޓްގެ އިންޖީންގައި ރޯވެފައިވާ މަންޒަރު ފެނެއެވެ. އިންޖީނުގައި ރޯވީ ރޮސްޓޯވްގެ އެއާޕޯޓްގައި ޖައްސަންދިޔަ ވަގުތު ކަމަށް މީޑިއާތަކުން ބުނެއެވެ. މި ފްލައިޓަކީ ރަޝިއަން އެއާލައިންސްގެ އެއާބަސް އޭ319-100 މަރުކާގެ ބޯޓެކެވެ. މި ބޯޓަކީ 12 އަހަރު ދުއްވާފައިވާ ބޯޓެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުރިހާ ކުޅުންތެރިންވެސް ތިބީ ސަލާމަތުން ކަމަށާއި އެއީ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށެވެ. ހުރިހާ ކުޅުންތެރިންވެސް މިވަގުތުތިބީ އެކުޅުންތެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓެލްގައި ކަމަށް ސައުދީ ފެޑެރޭޝަނުން ނެރުނު ބަޔާނުގައިވެއެވެ.

އެކުޅުންތެރިން ބޯޓުން ފޭބި ވަގުތު ނަގާފައިވާ ފޮޓޯތަކުންވެސް އެއްވެސް ކުޅުންތެރިއަކަށް ގެއްލުމެއް ވެފައިވާ މަންޒަރު ފެންނާކަށް ނެތެވެ.

ރޮސްޓޯވްއަށް ސައުދީގެ ކުޅުންތެރިން ދަތުރުކުރީ ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި އުރުގުއޭ އާއި ދެކޮޅަށް ކުޅުމަށެވެ. ސައުދީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ 5-0 މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ އަތުން ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް