17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ފަހު ވަގުތު ކޭން ޖެހި ލަނޑުން އިނގިރޭސިވިލާތް މޮޅުވެއްޖެ

  • ޓިއުނީޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އިނގިރޭސިވިލާތް މޮޅުވީ 2-1 ގެ ނަތީޖާއަކުން
  • އިނގިރޭސިވިލާތުގެ ދެ ލަނޑު ވެސް ޖެހީ ކެޕްޓަން ކޭން
  • މި ގްރޫޕްގެ ދެވަނަ މެޗުގައި ބެލްޖިއަމްއިން ވަނީ 3-0 ގެ ނަތީޖާއަކުން ޕެނަމާ ބަލިކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 ޖޫން 2018 | އަންގާރަ 01:33 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ކޭން ލަނޑު ޖެހުމާއެކު އިނގިރޭސި ކުޅުންތެރިން އޭނާއާއިއެކު އުފާފާޅުކުރަނީ - ހެރީ ކޭން ވަނީ މިހާތަނަށް އިނގިރޭސިވިލާތަށް ކުޅުނު 25 މެޗުގައި 15 ލަނޑު ޖަހާފަ -- ފީފާ

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ފުރަތަމަ މެޗުގެ އެންމެ ފަހު ވަގުތުގައި ކެޕްޓަން ހެރީ ކޭން ޖެހި ލަނޑާއެކު އިނގިރޭސިވިލާތް މެޗުން މޮޅުވެއްޖެއެވެ.

ރަޝިއާގެ ސިޓީއެއް ކަމަށްވާ ވޮލްގޮގްރަޑްގައި ހުންނަ ވޮލްގޮގްރަޑް އެރީނާގައި ޓިއުނީޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އިނގިރޭސިވިލާތް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ ކުރިން މި ދެ ޓީމު ވާރލްޑް ކަޕެއްގައި ކުޅެފައިވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވާރލްޑް ކަޕްގައެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އިނގިރޭސިވިލާތެވެ. މި މެޗާއި އިނގިރޭސިން ކުރިމަތިލިއިރު އެޓީމު އެފްރިކާގެ ގައުމެއް އަތުން ވާރލްޑް ކަޕްގެ ތާރީހުގައި ވެސް ބަލިވެފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން އިނގިރޭސިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގެ 11 ވަނަ މިނެޓުގައި އިނގިރޭސިންނަށް ލީޑު ނަގައިދިނީ އެގައުމުގެ ކެޕްޓަން ހެރީ ކޭންއެވެ. މި ލަނޑަށްފަހު ޓިއުނީޝީއާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާވުމުގެ ސަބަބުން އެގައުމުގެ ކީޕަރު ދަނޑުން ބާލަން ޖެހުމެވެ.

އިނގިރޭސި ކުޅުންތެރިން ފުލުފުލުގައި ހަމަލާ އުފައްދަމުންދިޔަ ނަމަވެސް އެކުޅުންތެރިންނަށް މިހަމަލާތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ޓިއުނީޝިއާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެގައުމަށް ޖަހައިދިނީ ފަރްޖާން ސަސީއެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖެސޭ ލިންގާޑް ފޮނުވާލި ހަމަލާއެއް ވަނީ ޓިއުނީޝިއާގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ޓިއުނީޝިއާއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެހެން ނަމަވެސް އެޓީމުގެ ފޯވާޑުންނަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. މި މެޗުގައި އިނގިރޭސިން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީވެސް ކޭންއެވެ.

މި މެޗުގައި ކުޅުން ނުކުތް އިނގިރޭސިވިލާތުގެ ފުރަތަމަ އެގާރައަކީ 2002 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި ސްވިޑެންއާ ދެކޮޅަށް އެގައުމު ކުޅުނު މެޗުގައި ނުކުތް ފުރަތަމަ އެގާރާއިގެ ފަހުން ވާރލްޑް ކަޕަކަށް ނެރުނު އެގައުމުގެ އެންމެ ޒުވާން ފުރަތަމަ އެގާރައެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ކޭން ވެގެންދިޔައީ ޑިއޭގޯ ފޯލާންގެ ފަހުން އެއް މެޗެއްގައި ދެ ކީޕަރަކާއި ދެކޮޅަށް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި ބެލްޖިއަމްއިން ވަނީ 3-0 ގެ ނަތީޖާއަކުން ވާރލްޑް ކަޕްގައި އަލަށް ވާދަކުރާ ޕެނަމާ ބަލިކޮށްފައެވެ.

ކުރިޔަށް އޮތް މެޗުގައި ބެލްޖިއަމް އާއި ދެކޮޅަށް ޓިއުނީޝިއާ ނުކުންނައިރު އިނގިރޭސިވިލާތް ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް