19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ކަރްތިކާ ޔަހްޔާ

ޒަޚަމްތަކުން ލަވަ އުފައްދާ އިންޑޮނޭޝިޔާގެ އަންހެނެއް

  • ލަވައިގެ ޒަރީޢާއިން އަންހެނުން ބާރުވެރިކުރުމަށް ބޭނުން: ކަރްތިކާ ޔަހްޔާ
  • ކަރްތިކާ ވަނީ ޢުމުރުން 10 އަހަރުގައި ޖިންސީ ޝިކާރައަކަށް ވެފައި
އާލާ އިބުރާހިމް | aalu_aala

| 16 ޖެނުއަރީ 2017 | ހޯމަ 16:14 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  6. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު


އިންޑޮނޭޝިޔާއަށް ނިސްބަތްވާ ކަރްތިކާ ޔަހްޔާ (ތީކާ) އަކީ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ލަވަކިޔުންތެރިއެއް -- ގޫގުލް

އިންޑޮނޭޝިޔާއަށް ނިސްބަތްވާ ލަވަކިޔުންތެރިއެއް ކަމަށްވާ ކަރްތިކާ ޔަހްޔާއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެ، އެކަމުން މިހާރު އަރައިގަނެފައިވާ ޢުމުރުން 36 އަހަރުގެ އަންހެނެކެވެ.

 

އޭނާއަކީ މިއުޒީޝަނެއްގެ އިތުރުން އިންޑޮނޭޝިޔާގައި ޖިންސީ ހަމަހަމަކަމަށް ގޮވާލާ ތަފާތު ޙަރަކާތްތައް ހިންގާ އެކްޓިވިސްޓެއް ވެސް މެއެވެ. ޢުމުރުން އެންމެ 10 އަހަރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި، ޔަހްޔާ އެކަމުން އަރައިގަންނަން 26 އަހަރު ނެގި ކަމަށް އޭނާ ބުނެއެވެ.

 

ބީބީސީއިން ހޮވާ އެންމެ ނުފޫޒު ގަދަ 100 އަންހެނުންގެ ތެރޭގައި ޔަހްޔާ ހިމެނިފައިވާއިރު، އޭނާ މައިގަނޑު ގޮތެއްގައި މަޤްބޫލު ވެފައި ވަނީ ހަށިގަނޑުގައި އުފެދިފައި ހުރި ޒަޚަމްތަކުގައި ލިރިކްސް ލިޔުމުގެ އިތުރުން އަންހެނުން އެމީހުންގެ ހަށިގަނޑާ މެދު އިތުރަށް "ކޮންފިޑެންޓް" ކުރުމަށް މަސައްކަތްކުރާ އަންހެނެއްގެ ގޮތުގައެވެ.

 

ޔަހްޔާ ނުވަތަ މަޝްހޫރު ނަމުން ނަމަ ތީކާ ދާދި ފަހުން ލިޔެ، ކިޔާފައިވާ ލަވައެއް ކަމަށްވާ "މައި ބޮޑީ، މައި އޮތޯރިޓީ" އާ ގުޅިގެން މުސްލިމުންގެ މެޖޯރިޓީއެއް އޮންނަ އިންޑޮނޭޝިޔާގެ އެތައް ބައެއްގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ލަވަޔާއި މިއުޒިކްގެ ޒަރީޢާއިން އޭނާ ބޭނުންވަނީ މުޖުތަމަޢުގައި އަންހެނުން ހަމަހަމަކޮށް، ބާރުވެރި ކުރުވުމުގެ އިތުރުން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމެވެ. އަދި އޭނާގެ ލަވަތަކާ ގުޅިގެން މީހުންގެ މެދުގައި ޚިޔާލު ތަފާތު ވީ ނަމަވެސް، އެ ޚިޔާލުތަކުގެ ސަބަބުން ވެސް އަންހެނުންނަށް މުޖުތަމަޢުގައި ފައިދާތަކެއް ކުރުވުމަށް އޭނާ ބޭނުންވެއެވެ.

 

އޭނާ ކިޔާދީފައިވާ ގޮތުގައި އޭނާ ލިޔެފައިވާ ލިރިކްސްތަކަކީ އަންހެނުންނާ މެދު މީހުން ދެކޭ ދަށު ދަރަޖައިގެ ސަބަބުން އިންތިހާއަށް ކަންބޮޑުވެގެން ލިޔެފައިވާ ލިރިކްސްތަކެކެވެ. އަދި ވަކިން ޚާއްޞަކޮށް އަންހެނުންގެ ހަށިގަނޑު އެމީހަކު ބޭނުން ގޮތަކަށް ގެންގުޅުމަށް ބާރުއަޅާ، އެކަމަށް ހިތްވަރު ދޭން އޭނާ ބޭނުންވާ ކަމަށް ޔަހްޔާ ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް