20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފީފާ ވާރލްޑް ކަޕް 2018

ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި

  • ފޮނުވާލަން ނިންމީ އޭސީ މިލާންގެ ފޯވަޑް ނިކޯލާ ކަލިނިޗް
ރާއްޖެ އެމްވީ | raajjemv

| 18 ޖޫން 2018 | ހޯމަ 23:16 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ކްރޮއޭޝިއާ، ނައިޖީރިއާ އާ ބައްދަލު ކުރި މެޗުގެ ތެރެއިން -- ގެޓީ އިމޭޖާސް

ކްރޮއޭޝިއާގެ ވާރލްޑްކަޕް ޓީމުގައި ހިމެނޭ ފޯވަޑް ނިކޯލާ ކަލިނިޗް ރަށަށް ފޮނުވާލަން ނިންމިކަން ޓީމުން އިއުލާން ކޮށްފިއެވެ.

އޭނާ ފޮނުވާލަން ނިންމީ ހޮނިހިރު ދުވަހު ނައިޖީރިއާ އާ އެކު ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް އެރުމަށް އުޒުރު ދެއްކުމުންނެވެ.

އެ މެޗު ކްރޮއޭޝިއާ ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފަހު ހާފުގައި ދަނޑަށް އެރުމަށް ތައްޔާރު ވުމަށް އެންގުމުން ވޯމް އަޕް ކުރުމަށްފަހު ކަލިނިޗް ބުނީ ބުރަކަށީގެ މައްސަލައަކާ ހެދި މެޗަށް އެރެން ނެތް ކަމަށެވެ.

އެއާއެކު ކްރޮއޭޝިއާގެ މެނޭޖަރު ޒްލަޓްކޯ ޑަލިޗް ނިންމީ ކަލިނިޗް ޓީމުން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލުމަށެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓީމުގެ މެނޭޖަރު ބުނީ މެޗް ނިންމާލީ އެއްވެސް އިންޖަރީއެއް ނެތި ކަމަށާއި އެކަމަކު ޓީމަށް ކުރިމަތިވި މައްސަލައަކާ އެކުގައި ކަމަށެވެ.

މެނޭޖަރު މިކަމާ ގުޅޭ ގޮތުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަލިނިޗް ވޯމް އަޕް ކުރުމަށްފަހު މެޗަށް އަރަން ތައްޔާރު ނޫން ކަމަށް ބުނި ކަމަށެވެ. މިއީ އިނގިރޭސިވިލާތުގައި، ކްރޮއޭޝިއާ އިން ބްރެޒިލް އާ އެކު ކުޅުނު ރަހުމަތްތެރި ކަމުގެ މެޗެއްގައިވެސް އޭނާ ކަންތައް ކުރި ގޮތް ކަމަށާއި އަދި އާދިއްތަ ދުވަހުގެ ޕްރެކްޓިސް ސެޝަންގައިވެސް ހަމަ އެގޮތައް ކަންތައް ކުރިކަމަށް މެނޭޖަރުގެ ބަޔާނުގައި ބުނެފައިވެއެވެ.

ކަލިނިޗް ވަނީ މި ސީޒަންގައި އޭސީ މިލާން އަށް މިސީޒަންގައި ކުޅުނު 41 މެޗުގައި ހަ ގޯލް ޖަހާފައެވެ.

ކްރޮއޭޝިއާ އެންމެ ފަހުން ކުޅެފައިވާ ހަތަރު މެޗަށް ބަލާއިރު އެއިން އެއްވެސް މެޗެއްގެ ފުރަތަމަ އެގާރައިން ކަލިނިޗް އަށް ޖާގަ ލިބިފައެއް ނުވެއެވެ.

ރަޝިއާގައި ކުރިއަށްދާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ޑީ ގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ފުރަތަމަ މެޗުން މޮޅުވެ ޓީމު އޮތީ ގްރޫޕްގެ އެންމެ ކުރީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް