16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ހިންދީ ފިލްމު އޯކޭ ޖާނޫ

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

  • އިންޑިޔާއިން ބޭރުން ލިބުނު އާމްދަނީއާއެކު 13.22 ކްރޯޑް ރުޕީސް މިހާތަނަށް ވަނީ ލިބިފައި
  • މި ފިލްމަކީ ތަމަޅަ ފިލްމު "އޯ ކަދަލް ކަމަނީ" ގެ އޮފިޝަލް ހިންދީ ރީމޭކެއް
އާލާ އިބުރާހިމް | aalu_aala

| 16 ޖެނުއަރީ 2017 | ހޯމަ 15:21 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ފިލްމު "އޯކޭ ޖާނޫ" ގެ ޕޯސްޓަރެއް -- ގޫގުލް

"އޯކޭ ޖާނޫ" ރިލީޒްކުރިތާ ދެ ދުވަސްތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެއެވެ.

 

ޝާދް އަލީ ޑައިރެކްޓްކޮށް މަނީ ރަތްނަމް އާއި ކަރަން ޖޯހަރް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމް ރިލީޒްކޮށްފައި ވަނީ މި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. މިފިލްމަށް އިންޑިޔާއިން ބޭރުން ލިބުނު އާމްދަނީއާ އެކު ޖުމްލަ 13.22 ކްރޯޑް ރުޕީސް ލިބިފައިވާއިރު، ފައިދާގެ ގޮތުގައި ލިބިފައިވަނީ 8.98 ކްރޯޑް ރުޕީސްއެވެ.

 

އިންޑިޔާގައި އެކަނި ފިލްމަށް ފުރަތަމަ ދުވަހު 4.08 ކްރޯޑް ރުޕީސް ލިބުނުއިރު، ދެވަނަ ދުވަހު ލިބިފައިވަނީ 4.90 ކްރޯޑް ރުޕީސްއެވެ. 1،400 ސްކްރީނުގައި ރިލީޒްކުރި މި ފިލްމު އިންޑިޔާގެ އިތުރުން އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ނިއުޒިލޭންޑްގައި ވެސް ވަނީ ރިލީޒްކޮށްފައެވެ.

 

މަނީ ރަތްނަމްގެ ތަމަޅަ ފިލްމު "އޯ ކަދަލް ކަމަނީ" ގެ އޮފިޝަލް ހިންދީ ރީމޭކެއް ކަމަށްވާ "އޯކޭ ޖާނޫ" އަކީ ޒުވާން ފުރައިގެ ޖޯޑުތައް "ރިލޭޝަންޝިޕެއް" ގައި އުޅެމުން ދިމާވާ ތަފާތު ގޮންޖެހުންތަކާ އެކު ތަފާތު ލޯބީގެ ރަހަތައް ދައްކުވައިދޭ ފިލްމެކެވެ. މިފިލްމުގައި އަދިތްޔާ ރޯއީ ކަޕޫރާއެކު ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް