16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ބޮލީވުޑް

ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!

  • ސަންޖޭގެ ރޯލް އެހެން މީހަކު ކުޅެތީ ސުވާލު އުފެދޭ ކަމަށް ސަލްމާން ވަނީ ބުނެފައި
  • ސަލްމާންގެ ދިރިއުޅުގެ މައްޗަށް ބިނާ ކޮށް ބައޯޕިކްއެއް ހަދަން ބޭނުމެއް ނުވޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 18 ޖޫން 2018 | ހޯމަ 14:28 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ސަންޖޫ ގެ ޕޯސްޓަރު -- ޓްވިޓަރ

ބޮލީވޫޑްގެ ތަރި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމު "ސަންޖޫ" ގައި އޭނާގެ ރޯލް ކުޅެން ޖެހޭނީ ސަންޖޭ ކަމަށް ސަލްމާން ޚާން ބުނެފައި ވުމުން އެފިލްމްގައި ސަންޖޭގެ ރޯލް އަދާކުރާ ރަންބީރު ކަޕޫރު ރައްދު ދީފިއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސަލްމާން ބުނެފައި ވަނީ އޭނާ ގަބޫލުކުރާ ގޮތުގައި ސަންޖޭ ދަތުގެ ރޯލް އެފިލްމުގައި އަދާކުރަން ޖެހޭނީ ސަންޖޭދަތު ކަމަށާއި އަދި ޚާއްސަކޮށް ސަންޖޭގެ ހަޔާތުގެ ފަހު ދިހަ ވަރަށް އަހަރު ސަންޖޭ ކުޅެން ޖެހޭ ކަމަށެވެ. އަދި އެ ރޯލް އެހެން މީހަކު ކުޅެތީ ސުވާލު އުފެދޭ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަލްމާން ބުނެފައި ވަނީ އޭނާ އެފިލްމްގެ ޓްރެއިލާ ބެލި ކަމަށާއި ފިލްމްގެ ޑައިރެކްޓަރ ރާޖޫ ހިރާނީއަކީ ޒިންމާދާރު ކަމާ އެކު ފިލްމް އުފައްދާ މީހެއް ކަމަށެވެ. އަދި ސަލްމާންގެ ދިރިއުޅުގެ މައްޗަށް ބިނާކޮށް ބައޯޕިކްއެއް ހަދަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ސަލްމާންގެ މި ވާހަކައަށް ރައްދުދީ "ސަންޖޫ" ގައި ސަންޖޭދަތުގެ ރޯލް ކުޅެފައިވާ ރަންބީރު ކަޕޫރު ބުނެފައި ވަނީ އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ބައޯޕިކްގައި އެމީހަކު އަމިއްލައަށް އެ ރޯލް ދުވަހަކު ވެސް ކުޅެފައި ނުވާ ކަމަށެވެ. އަދި އެހެން މީހަކު އެރޯލް އަދާކުރުމުން ބަލާ މީހުންނަށް ވެސް އެހެން ފަންނާނެއް އެރޯލް ކުޅެފައި ހުރިކަން އިހުސާސް ކުރެވޭނެ ކަމަށެވެ. އެހެން ނޫން ނަމަ އަސްލު މީހާގެ އެ ކެރެޓަރ ގެއްލިގެން ދާނެ ކަމަށް ރަންބީރު ވަނީ ބުނެފައެވެ.

މީގެ އިތުރުން ރަންބީރު ބުނެފައި ވަނީ ސަންޖޭ ދަތާއި އޭނާއާ އާޅާ ކިޔާނެ ކަން އިނގޭތި އެ ރޯލް އެންމެ ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް އޭނާއަށް ދެވަނަ ސަންޖޭ ދަތަށް ނުވެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ރަންބީރު ވަނީ ބުނެފައެވެ.

"ސަންޖޫ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިހިނގާ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ. ސަލްމާންގެ ފިލްމް "ރޭސް 3" މިދިޔަ ހުކުރު ދުވަހު ރިލީޒް ކޮށްފައިވާއިރު އެފިލްމަށް ދަނީ ބޮޑު ކާމިޔާބެއް ލިބެމުންނެވެ. އެފިލް ރިލީޒް ކުރިތާ ތިން ދުވަހުގެ ތެރޭގައި 106 ކްރޯޑް ރުޕީޒް ވަނީ ހޯދާފައެވެ. ވިޔަފާރި ނަމަވެސް ކްރިޓިކުން ގެންދަނީ އެ ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް