| 16 ޖެނުއަރީ 2017 | ހޯމަ 15:20 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ސީރިއާގެ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ވެރިރަށް ދިމިޝްގުގެ ކައިރީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އަވަށަކަށް ބަޑިން ހަމަލާދީ މަދުވެގެން އާއްމުންގެ ހަތް މީހުން މަރާލައިފި ކަމަށް މޮނިޓަރިންގ ގްރޫޕަކުން ބުނެފިއެވެ.
ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސްއިން ބުނީ އާދީއްތަ ދުވަހު މި ހަމަލާދީފައި ވަނީ ދީރް ޤަނޫންގެ ހޯލެއްގައި ޖާފަތެއް ހިނގަމުންދަނިކޮށް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ބަރްދާ ވާދީގައި ކަމަށްވާއިރު މިއީ ދިމިޝްގަށް ފެން ލިބޭ މައިގަނޑު ވަސީލަތެވެ.
ވާދީ ބަރަދާ ހޯދުމަށް ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ހަނގުރާމަ ފެށުމުން އެތަނުން ފިލައިގެން ދެވުނު އެތައް ސަތޭކަ އާއްމުންނެއް ޖާފަތް ތައްޔާރުކުރެވިފައި އޮތް ހޯލުގައި އެއްވެފައިވާ ކަމަށް އެގައުމުގެ އެކްޓިވިސްޓުން މައުލޫމާތުދެއެވެ.
ސީރިއަން އޮބްޒަވޭޓަރީން ބުނީ މަރުވި މީހުންގެ އިތުރުން އިތުރު 20 މީހަކު ޒަޚަމްވެފައިވާއިރު ބައެއް މީހުންގެ ހާލު ސީރިއަސްކަމަށެވެ.
ސީރިއަން އޮބްޒަވޭޓްރީގެ ވެރިޔާ ރަމީ އަބްދުރަހްމާން ވިދާޅުވީ މިއީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލިފަހުން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ފަހަރުކަމަށެވެ.
އެކްޓިވިސްޓުން ހިންގަމުންދާ ވާދީ ބަރާދާ މީޑިއާ ސެންޓަރުން ބުނިގޮތުގައި އާދީއްތަދުވަހު ދިން ބަޑީގެ ހަމަލާތަކުގައި 12 މީހުން މަރުވެ 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް