18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

  • ގިނަ މީހުންގެ ހަށިގަނޑާ ބޯ ވަނީ ވަކިކޮށްފައި
އަބުދުﷲ މުހައްމަދު | 8Abbo

| 16 ޖެނުއަރީ 2017 | ހޯމަ 15:05 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ވީޑިއޯ ފުޓޭޖުން ފެންނަގޮތުގައި ގައިދީން ޖަލުގެ ފުރާޅުމަތީގައި އުޅެމުންދޭ -- ގޫގުލް

ބްރެޒިލްގެ އަލްކަކޫޒް ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 14 ގަޑިއިރުގެ ތެރޭ 30 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

 

އެންމެ ފުރަތަމަ ރިޕޯޓް ކުރި އަދަދު ތިން ފަހަރު މަތިން ބަދަލުވެފައިވާއިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

 

އިރުމަތީގެ ސިޓީއެއް ކަމަށްވާ ނަތައުގެ އެންމެ ބޮޑު ޖަލުގައި ހަމަނުޖެހުން ހިނގަންފަށާފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު  ބާރުގަދަ ގްރޫޕްތަކެއް ތަމްސީލުކުރާ ގައިދީއަކު ވަކިން ބަހައްޓާފައި ހުއްޓައި ވާދަވެރި ގޭންގެއްގެ މެމްބަރަކު ހަމަލާދިނުމުންނެވެ.

 

ހަމަނުޖެހުންތައް ޖެހިގެން އައި ދުވަހުގެ ފަތިހާ ހަމައަށް ކުރިޔަށް ދިއައެވެ. މަރުވި ބައެއް މީހުންގެ ބޮލާ ހަށިގަނޑު ވަކިވެފައިވާ ކަމަށް ޖަލުގެ އޮފިސަރުން ކުރިން ބުނެފައި ވެއެވެ.

 

ޖަލުގެ ނިޒާމްގެ ކޯޑިނޭޓަރ ޒެމިލްޓަން ސިލްވާ ވިދާޅުވީ ބޮލާ ކަނދުރާ ވަކިކޮށްފައި އޮތް ތިން މީހެއް ފެނުނު ކަމަށެވެ. މިހާދިސާގައި ޖަލުގެ ގާޑެއް ނުވަތަ ފުލުހަކު ޒަޚަމްވި ކަމަށް އަދި އެނގިފައެއް ނުވެއެވެ.

 

އެ ސަރަހައްދުން ލިބިފައިވާ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި ގައިދީން ޖަލުގެ ފުރާޅުމަތީގައި އުޅެމުންދާއިރު އެއް އިމާރާތަކުން ދުން ވެސް އަރަމުންދެއެވެ. ހަމަނުޖެހުން ފެށުމާއެކު ގައިދީން ތަނުން ކަރަންޓް ކަނޑާލި ކަމަށް އެތައް ރިޕޯޓްތަކެއްގައި ބުނެއެވެ.

 

ރިއޯ ޑި ޖެނީރޯގެ "އޯ ގްލޯބޯ" ނޫހުން ބުނާ ގޮތުގައި އެއް ގައިދީއަކު ފިލި ނަމަވެސް ގިނައިރުތަކެއް ނުވެ ވަނީ ހޯދާފައެވެ.

 

އެއްވެސް ގައިދީއަކު މަދު ކަމަށް ނުބެލެވޭއިރު އެތައް ގައިދީންނެއް ވަނީ ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.

 

އަލްކަކޫޒް ޖަލަކީ 620 ގައިދީންގެ ޖާގައިގެ ޖަލެއް ނަމަވެސް އެ ޖަލުގައި 1000އަށްވުރެ ގިނަ ގައިދީން އުޅެއެވެ. އެކަމަކީ އެގައުމުގެ ޖަލުތަކުގެ ނިޒާމުގެ ތެރޭގައި އާއްމު ކަމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް