22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ކަރަން ޖޯހަރު

ސްޓޫޑެންޓް އޮފް ދަ އިޔާރގެ ދެވަނަ ފިލްމުގެ ޝޫޓިން ފަށައިފި

  • މިފިލްމު ރިލީޒް ކުރަން ނިންމާފައި ވަނީ ނޮވެންބަރު 23 ގައި
އަމްނާ އިމާދު | @amnabinthimad

| 18 ޖޫން 2018 | ހޯމަ 12:46 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް


ސްޓޫޑެންޓް އޮފް ދަ އިޔާރގެ ތިން ތަރިން--- -- އާކައިވް

ހައި ސްކޫލު ލޯބީގެ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާރ"ގެ ދެވަނަ ބައިގެ ޝޫޓިން ފަށައިފިއެވެ.

ކަރަން ޖޯހާރުގެ މިފިލްމުގެ ޝޫޓިން ފަށާފައި ވަނީ ޓައިގަރް ޝްރޮފް، އަނަންނިޔާ ޕާންޑޭ އަދި ޓާރާ ސްޓޭރިއާ އެކުއެވެ.

މިފިލްމުގެ ޑައިރެކްޓަރު ޕުނީތު މަނޯތްރާ ވަނީ އިންސްޓަގްރާމްގައި ފިލްމު ލީޑް ރޯލްކުޅޭ ތިން އެކްޓަރުން ފިލްމު ސެޓްގައި ތިބި ފޮޓޯއެއް ޝެއާރކޮށްފައެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާރ" އަކީ އާލިޔާ ބަޓް، ވަރުން ދާވަން އަދި ޝިދާތް މަލޯތްރާ ކުޅެ ނެރެދިން ފިލްމެއް ނަމަވެސް މީގެ ދެވަނަ ބައިގައި މިއިން އެއްވެސް ތަރިއެއް ނޫޅޭނެއެވެ. މިފަހަރު ފިލްމުން ފެނިގެންދަނީ ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންނިޔާ ޕާންޑޭ އަދި ޑިސްނީ ވީޖޭ ޓާރާ ސްޓާރިއާއެވެ. 

"ސްޓޫޑެންޓް އޮފް ދަ އިޔާރ" ގެ ފުރަތަމަ ފިލްމެކޭ އެއްގޮތަށް މިފިލްމުން ވެސް ފެނިގެންދާނީ ލޯބީގެ ތިނެސްކަން ވާހަކައެކެވެ. "ސްޓޫޑެންޓް އޮފް ދަ އިޔާރ"ގެ ފުރަތަމަ ބަޔަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު މިފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް މިފިލްމުގެ ޓީމުން ބުނެއެވެ.

މިފިލްމު ރިލީޒް ކުރަން ނިންމާފައި ވަނީ ނޮވެންބަރު 23 ގައެވެ. މިފިލްމަށް ހަރަދުކުރަނީ މަޝްހޫރު ޑިރެކްޓާރ ކަރަން ޖޯހަރު، ހައިރޫ ޔަޝް ޖޯހަރު، އެޕޫރުވާ މެހެތާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް