22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބިޔޯންސޭ - ޖޭ ޒީ

މިއުޒިކް ދުނިޔޭގެ 'ފަސްޓް ކަޕްލް' ބިޔޯންސޭ އާއި ޖޭ-ޒީ އެކުގައި އަލްބަމެއް ރިލީޒްކޮށްފި

 • އާދިއްތަ ދުވަހު ރިލީޒްކުރި އަލްބަމަށް ކިޔަނީ 'އެވްރިތިންގ އިޒް ލަވް'
 • އަލްބަމްގައި ނުވަ ލަވަ ހިމެނޭ
 • އަލްބަމް ރިލީޒްކޮށްފައި މިވަނީ ދެ މީހުންގެ 'އޮން ދަ ރަން 2' ޓުއަރގެ ތެރެއިން
އައިޝަތު ޝާނީ | Shaaknee

| 18 ޖޫން 2018 | ހޯމަ 12:02 | |

މަގުބޫލް

 1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
 2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 3. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
 4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
 5. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
 6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
 7. އަލިދީގެ ތާއީދު އިބޫއަށް!
 8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ބިޔޯންސޭ އާއި ޖޭ-ޒީ -- ގޫގުލް

އެމެރިކާގެ މިއުޒިކީ ދުނިޔޭގެ 'ފަސްޓް ކަޕްލް'ގެ ގޮތުގައި މަޝްހޫރުވެފައިވާ، ބިޔޯންސޭ އާއި ޖޭ ޒީ އެކުގައި އަލްބަމެއް ރިލީޒްކޮށްފިއެވެ.

ނުވަ ލަވަ ހިމެނޭ މި އަލްބަމަށް ކިޔަނީ 'އެވްރިތިންގ އިޒް ލަވް' އެވެ.

އަލްބަމާ އެކު ހާއްސަ ވީޑިއޯ ލަަވައެއް ވެސް ރިލީޒްކޮށްފައިވާ އިރު، މި ލަވައަށް އެއް ދުވަހުގެ ތެރޭގައި 10 މިލިއަން ވިއުސް ވަނީ ލިބިފައެވެ.

މި ދެމަފިރިން މި ވަގުތު ދަނީ ޓުއަރ ކުރަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުގައި ދެ މީހުން ޝޯވތައް ކުޅެމުންދާއިރު، މި ޓުއަރއަކީ އެމީހުންގެ 2014 ވަނަ އަހަރުގެ 'އޮން ދަ ރަން' ޓުއަރގެ ދެވަނަ ބައެވެ.

ބިޔޯންސޭގެ އެންމެ ފަހުގެ އަލްބަމް 'ލެމަނޭޑް' އާއި ޖޭގެ '4:44 އާ އެއްފަދައިން 'އެވްރިތިންގ އިޒް ލަވް' ގައި ވެސް ބޮޑަށް ދައްކަނީ ދެ މީހުންގެ ރިލޭޝަންޝިޕްގެ ހުރި އެކި ކަހަލަ ވާހަކަތަކެވެ. އޭގެ އިތުރުން، 'ސަލޫޑް' ކިޔާ ލަވައެއްގައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔާފައިވެއެވެ.

ގިނަ އަހަރުތަކެއް ވަންދެން ރަށްޓެހިވެގެން އުޅުމަށް ފަހު ބިޔޯންސް އާއި ޖޭ ކައިވެނިކޮށްފައި ވަނީ އޭޕްރިލް 2008 ގައެވެ. އެ ދެ މީހުންނަށް ތިން ކުދިން ލިބިފައި ވެއެވެ. އެއީ ބްލޫ އައިވީ އާއި ރޫމީ އަދި ސަރ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް