
| 18 ޖޫން 2018 | ހޯމަ 09:06 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އަނިލް ކަޕޫރުގެ ކޮއްކޮ ސަންޖޭ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރު ބޮލީވުޑަށް ތަޢާރަފްވުމުގެ ކުރިން ވެސް ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދައިފިއެވެ.
އުމުރުން އަށާރަ އަހަރުގެ ޝަނާޔާގެ ފޭނުން ތިބީ އޭނާ ބޮލީވުޑުން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.
ޝަނާޔާ ފިލްމް ކުޅުމާއިބެހޭ ގޮތުން އޭނާގެ ބައްޕަ ސަންޖޭ ބުނެފައިވަނީ ޝަނާޔާ ބޮލީވުޑަށް ނުކުންނަން ތައްޔާރު ވަމުންދާ ކަމަށެވެ.
މީގެ އިތުރުން ސަންޖޭ ބުނެފައިވަނީ ޝަނާޔާ އަދި ކިރިޔާ ގްރޭޑް ބާރަ ނިމުނީ ކަމަށާއި ބޮލީވުޑަށް ނުކުތުމުގެ ތައްޔާރީތަކުގެ ތެރޭގައި އުޅޭ ކަމަށެވެ. ނަމަވެސް އަދި އެއްވެސް ފިލްމަކަށް ސޮޔެއް ނުކުރެ އެވެ.
ވަރަށް އަވަހަށް ފިލްމަކަށް ސޮއި ކުރާނެ ކަމަށް އުއްމީދު ކުރާކަމަށް ވެސް ސަންޖޭ ވަނީ ބުނެފައެވެ.
ސަންޖޭ ބުނި ގޮތުގައި މި ޒަމާނުގެ ކުދިންނަކީ މީޑިއާތަކަށް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ކުދިންނެވެ.
އެކުދިން ކޮންމެތާކަށް ދިޔަސް ކެމެރާތަކުގެ ލެންސްތަކަށް އަރާނެ ކަމަށާއި އެކުދިންގެ ވާހަކަ ދައްކާނެ ކަމަށެވެ. އެކަމާ އެހާ ބޮޑަށް އަޅާލައި ގެއިން ބޭރަށް ނުފޮނުވާ ނުބަހައްޓާ ކަމަށް ވެސް އޭނާ ބުންޏެވެ.
ސަންޖޭ ބުނީ އަބަދުވެސް މީހުން ފާޑު ކިޔާނެކަން ޝަނާޔާ އަށް ހަނދާންކޮށްދޭ ކަމަށާއި ނަމަވެސް އެ ފާޑުކިޔުންތައް އެހާ ސީރިއަސްކޮށް ނުނަގަން ނަސޭހަތް ދޭ ކަމަށެވެ. އަދި ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް ބުނެފައިވާނެ ކަމަށެވެ. ޝަނާޔާ އަށް މީހުންގެ ލޯބި ވަރަށް ބޮޑަށް ލިބޭ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް ޝަންޖޭ ވަނީ ބުނފައެވެ.
ޝަނާޔާގެ ދެބެންގެ ދެދަރި ގިނަ ކުދިން ވަނީ ފިލްމް ކުޅެން ފަށައިފައެވެ. އޭގެ ތެރޭގައި ސޯނަމް ކަޕޫރާއި އަރްޖުން ކަޕޫރް އަދި ހާޝްވަރްދަން ކަޕޫރަށް ފަހު، ޖާންވީ ކަޕޫރް ވެސް އަންނަ ޖުލައި މަހުގެ 20 ގައި ރިލީޒް ކުރާ "ދަޅަކް" އާ އެކު ބޮލީވުޑުން ފެނިގެން ދާނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް