17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

ކަރީނާ ކަޕޫރު

ވިހެއިތާ އެއް މަސް ނުވޭ، އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަ ވަނީ

  • އަންނަ މަހު ކަރީނާގެ މަސައްކަތަށް އޭނާ އެނބުރި ރުޖޫޢަ ވާނެ
  • ފިލްމެއްގެ މަސައްކަތްތަކުގެ އިތުރުން ފެޝަން ޝޯވއަކުން ވެސް ފެބްރުއަރީ މަހު ފެނިގެންދާނެ
އާލާ އިބުރާހިމް | aalu_aala

| 16 ޖެނުއަރީ 2017 | ހޯމަ 14:50 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  3. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  4. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  5. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި
  8. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް


ކަރީނާ ކަޕޫރު -- ގޫގުލް

ބޮލީވުޑްގެ މަޤްބޫލު ސެލެބްރިޓީ ކަޕްލް ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާނަށް ދަރިއަކު ލިބުނު ޚަބަރު ވެގެންދިޔައީ ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޑިސެމްބަރު 20 ވަނަ ދުވަހު ކަރީނާ ވިހެއި ފިރިހެން ދަރިފުޅަށް މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް އެއްމަސް ފުރޭނެއެވެ. ތައިމޫރު އަލީ ޚާންގެ ނަމުން ދަރިފުޅަށް ނަން ދިނުމަށް ފަހު އެދެމަފިރިން ވަނީ ކެމެރާ ކުރިމައްޗަށް ދަރިފުޅު ދައްކާލާފައެވެ. އެހެން ސެލެބްރިޓީންނާ ޚިލާފަށް ނޫސްވެރިންނަށް ވެސް ދަރިފުޅު ފޮރުވާކަށް އެދެމަފިރިން މަސައްކަތެއް ނުކުރެއެވެ.

 

ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަމަކީ މާބަނޑު ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ނޫސްވެރިންނަށް ކަރީނާގެ ޚަބަރު ބަރާބަރަށް ލިބި، ފޮޓޯގްރާފަރުންނަށް ވެސް އޭނާގެ ފޮޓޯތައް ޤަވާޢިދުން ލިބެމުންދާ ކަމެވެ.

 

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ވިހެއުމަށް ފަހު ކަރީނާ އުޅެނީ އޭނާގެ މަސައްކަތަށް އަލުން އެނބުރި ރުޖޫޢަވުމަށެވެ. ކަރީނާ ވަނީ މާބަނޑު ދުވަސްވަރު ވެސް މިދިޔަ އަހަރުގެ ތެރޭގައި އޮތް ތަފާތު ޙަފްލާތަކުގައި ރެޑް ކާޕެޓްގައި ބައިވެރިވުމުގެ އިތުރުން ރޭމްޕްގައި ވެސް ހިނގާލާފައެވެ. އަދި ތަފާތު އިޝްތިހާރުތަކުގައި ޙަރަކާތްތެރިވުމުގެ އިތުރުން ފޮޓޯޝޫޓްތަކުގައި ވެސް އޭނާ ވަނީ ބައިވެރިވެފައެވެ. އޭނާގެ މަސައްކަތަށް ރުޖޫޢަވުމުގެ ގޮތުން އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ރޭހާ ކަޕޫރުގެ ފިލްމު "ވީރެ ދީ ވެޑިންގް" ގެ މަސައްކަތްތައް ކަމަށް ޚަބަރުތައް ބުނެއެވެ. ކޮމެޑީ ޖޯންރާގެ މި ފިލްމުގައި ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރް ވެސް ޙަރަކާތްތެރިވާނެއެވެ.

 

"ވީރް ދީ ވެޑިންގް" ގެ މަސައްކަތްތަކުގެ އިތުރުން މުމްބާއީގެ ޑިޒައިނަރެއްގެ ފެޝަން ޝޯވ އެއްގައި އަންނަ މަހު ކަރީނާ ޙަރަކާތްތެރިވާ މަންޒަރު ފެނިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ވެސް އޭނާއާ ހަވާލާދީ ނޫސްތަކުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް