18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފީފާ ވާރލްޑް ކަޕް 2018

އާޖެންޓީނާގެ ޓީމަކީ މެރަޑޯނާއަށް ލަދެއް!

  • ވާރލްޑް ކަޕް ހުޅުވުމަށް އެގައުމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ އައިސްލޭންޑާއި އެއްވަރުވެފައި
  • މެރަޑޯނާގެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ އެޓީމުގެ ކޯޗަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 18 ޖޫން 2018 | ހޯމަ 03:25 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


އާޖެންޓީނާގެ މެޗު ބެލުމަށް މެރަޑޯނާ ދަނޑަށްދިޔަ -- ސުޕުނިޓްނިކް އިންޓަނޭޝަނަލް

އާޖެންޓީނާގެ ގައުމީ ޓީމު މިވަގުތު އޮތް ހާލަތަކީ އެގައުމަށް ބޮޑު ލަދެއްގެ ގޮތުގައި އެގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ ސިފަކޮށްފިއެވެ.

އެންމެފަހުން ކުޅުނު ވާރލްޑް ކަޕްގެ ފައިނަލުން އާޖެންޓީނާ ބަލިވިއިރު މިއަހަރުގެ ވާރލްޑް ކަޕް ހުޅުވުމަށް އެގައުމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ އައިސްލޭންޑާއި އެއްވަރުވެފައެވެ. މިއީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް އައިސްލޭންޑް ކުޅުނު ފުރަތަމަ މެޗަށްވާއިރު މި މެޗުން އާޖެންޓީނާ މޮޅު ނުވުމާއެކު އެ ޓީމަށް ވަނީ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. މީގެކުރިން އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި މެރަޑޯނާ މި މެޗު ބެލުމަށް ސްޕާޓަކް ސްޓޭޑިއަމްއަށް ދިޔައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މެރަޑޯނާ ބުނީ ޓީމުގެ އެންމެ އެތެރޭގައި ރުޅިވެރިކަމާއި ނުތަނަވަސްކަން އޮތްކަމަށް ހީވާ ކަމަށެވެ. އާޖެންޓީނާއިން ސާޖިއޯ އަގުއޭރޯގެ ލަނޑާއެކު ލަނޑު ޖެހި ނަމަވެސް އަލްފްރެޑް ފިންބޮގްސަން ވަނީ އޭގެ ހަތަރު މިނެޓު ފަހުން ލަނޑެއް ޖަހާ އައިސްލޭންޑަށް އެއްވަރުކޮށްދީފައެވެ.

1986 ވަނަ އަހަރުގެ ވާރލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން މެރަޑޯނާ ބުނީ މިއީ ބޮޑު ލަދެއް ކަމަށާއި އައިސްލޭންޑުގެ ކުޅުންތެރިންނަކީ ދިގު ކުޅުންތެރިންކަން އެނގިތިބެ މެޗަށް ތައްޔާރުވެފައިނުވާ ކަމަށެވެ. މި މެޗުގައި އާޖެންޓީނައަށް ލީޑު ނެގުމަށް ކެޕްޓަން މެސީއަށް ފުރުސަތު ލިބުނު ނަމަވެސް އޭނާ ޖެހި ޕެނަލްޓީ އައިސްލޭންޑުގެ ކީޕަރު މަތަކުރިއެވެ.

ކުޅުންތެރިންނާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މެރަޑޯނާ ބުނީ އެއްވެސް ކުޅުންތެރިޔެއްގެ ބޮލުގައި އެއްވަރުވުމުގެ ޒިންމާ އަޅުވަން ބޭނުންނުވާ ކަމަށާއި އެހެން ނަމަވެސް މަސައްކަތުގެ ރޭޓު ދަށް ކަމަށެވެ. އޭނާ ބުނީ މެސީއަށް އެއްވެސް ބަދު ބަހެއް ނުބުނާނެ ކަމަށާއި މުޅި މެޗުގައި ވެސް އޭނާ ކުރެވެންހުރި ހުރިހާ ކަމެއް ކުރި ކަމަށެވެ.

މެރަޑޯނާ ބުނީ އޭނާ ވެސް ފަސް ޕެނަލްޓީއެއް ކެރިއަރުގައި ބޭކާރު ކުރި ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމަޔަށް ވެސް އޭނާއަކީ ޑިއޭގޯ އާމަންޑޯ މެރަޑޯނާ ކަމަށެވެ. އެހެންކަމުން އާޖެންޓީނާ އަތުން ދެ ޕޮއިންޓް ގެއްލުނީ މެސީ ޕެނަލްޓީ ބޭރަށް ޖެހުމުން ކަމަށް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

މެރަޑޯނާގެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ އެޓީމުގެ ކޯޗުގެ މަގާމުގައި ހުރި ޑިއޭގޯ ސަމްޕައޯލީއަށް ކަމަށް ބެލެވެއެވެ. އޭނާ ވަނީ ސަމްޕައޯލީ ކުޅުންތެރިން ލައްވައި މިގޮތަށް ކުޅުވައިގެން އަލުން އެނބުރި ގައުމަށް އަންނާނެ ކަމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ސަމްޕައޯލީއަށް އިންޒާރުދީފައެވެ. މެރަޑޯނާގެ އިރުޝާދުގެ ދަށުން 2010 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ކުއާޓާއާ ހަމަޔަށް އާޖެންޓީނާ ދަތުރުކުރިއެވެ.

މިފަހަރުގެ ވާރލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވުމުގައި ވެސް ދަތިތަކާއި ދިމާވިއެވެ. ދެވަނަ ބުރަށް ދިޔުމަށް ކުރިއަށް އޮތް މެޗު ކާމިޔާބުކުރުން އާޖެންޓީނާއަށް މުހިންމުވާއިރު އެގައުމު ޖޫން މަހުގެ 21 ވަނަ ދުވަހު ނުކުންނާނީ މިވަގުތު ގްރޫޕްގެ އެއްވަނައިގައި އޮތް ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. ގްރޫޕްގެ އެންމެފަހު މެޗުގައި އާޖެންޓީނާ ނުކުންނާނީ ނައިޖީރިއާ އާއި ދެކޮޅަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް