18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ގައިދީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

 • ދެތިން ސަތޭކަ ގައިދީންނަށް އަދަބު ލުއިކޮށްދެވޭނެ
 • މިހާރު ގާނޫނީ މަސައްކަތްވަނީ ނިމުމުގެ މަރުހަލާގަ
 • ތަފާތު އެކި ދާއިރާތަކުގެ ކޯސްތައް ހިންގާފައިވޭ
މުހައްމަދު ފަޒީން | phaxyn

| 16 ޖެނުއަރީ 2017 | ހޯމަ 11:36 | |

މަގުބޫލް

 1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 5. ޕްރިޔަންކާ އިނީ ބަލިވެ؟
 6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
 8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ހިންގި ކޯސްތަކުގެ ދަސްވެނިންނަށް ސެޓްފިކޭޓް ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ފަޒީން

ގައިދީންނަށް އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން މިހާރު ވަނީ ނިމުމުގެ މަރުހަލާގަ ކަމަށް ހޯމް އެފެއާރޒް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

 

މިނިސްޓަރު އަޒްލީން އެގޮތަށް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް (ކަރެކްޝަންސް)ގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒްއިން ހިންގި ކޯސްތަކުގެ ދަސްވެނިންނަށް ސެޓްފިކެޓާއި މެޑަލް ދިނުމަށް އާދިއްތަ ދުވަހުގެ ރޭ ކ. މާފުށީ ޖަލުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

 

އަޒްލީން ވިދާޅުވީ ދެ ތިން ސަތޭކަ ގައިދީންނަށް އަދަބު ލުއިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން އެމަސައްކަތް މިހާރު ކަމާބެހޭ ފަރާތްތަކާއެކު ކުރަން އަންނަ ކަމަށެވެ. އެގޮތުން އެޓަރނީ ޖެނަރަލްގެ ލަފާ އެކަމަށް ވަރަށް މުހިއްމު ކަމަށާއި މިހާރު ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ވަނީ ނިމުމުގެ މަރުހަލާގަ ކަމަށް އަޒްލީން ވިދާޅުވި އެވެ.

 

އެ ޖަލްސާގައި ވަނީ ކެރެކްޝަންސް އިން ހިންގި ކޯސްތަކުގައި ފާސްވި ގައިދީންނަށް ސެޓްފިކެޓް އަދި ހަޔަރ ޑިސްޓިންކްޝަން ހޯދި ގައިދީންނަށް ސެޓްފިކެޓާއި މެޑަލް ވެސް ދީފަ އެވެ.

 

ކަރެކްޝަންސްއިން ހިންގި ކޯސްތަކުގެ ތެރޭގައި ޤުރްއާނުގެ އުނގެނުމުގެ ކޯސްތަކާއި ފަހާ ކޯސްތަކާއި ސްޓާރޓިންގ އެގްރިކަލްޗަރ ކޯސްތަކާއި ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސްތަކުގެ އިތުރުން ކޮމްޕިއުޓަރ އެޕްލިކޭޝަން ފަދަ ކޯސްތައް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް