18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފީފާ ވާރލްޑް ކަޕް 2018

ލޮޒާނޯގެ ލަނޑާއެކު މެކްސިކޯ ސިޓީއަށް ލޮޅުންތަކެއް

  • އެންމެފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅުނު މެޗުން މެކްސިކޯ މޮޅުވީ 1-0 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 18 ޖޫން 2018 | ހޯމަ 02:15 | |

މަގުބޫލް

  1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


މެކްސިކޯގެ ލަނޑު ޖެހި ހާވިން ލޮޒާނޯ - އޭނާއަކީ ކޮލިފައިންގައި ވެސް އެގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތރިޔާ -- އޭއެފްޕީ

ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ޖަރުމަނު އަތުން މެކްސިކޯ މޮޅުވި މެޗުގައި އެޓީމުގެ ލަނޑު ޖެހި ވަގުތު އެގައުމުގެ ވެރިކަންކުރާ ސިޓީ ކަމަށްވާ މެކްސިކޯ ސިޓީއަށް ލޮޅުންތަކެއް އެރި ކަމަށް ބިންހެލުން މޯނިޓަރ ކުރާ ނެޓްވޯކަކުން ބުނެފިއެވެ.

މޮސްކޯގެ ލުޒްނުކީ ސްޓޭޑިއަމްގައި އެންމެފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅުނު މެޗުން މެކްސިކޯ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މެކްސިކޯގެ ލަނޑު ޖެހީ އެ ޓީމުގެ ޒުވާން ފޯވާޑް ހާވިން ލޮޒާނޯއެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 35 ވަނަ މިނެޓުގައެވެ.

މި ލަނޑު ޖެހި ވަގުތު މެކްސިކޯ ސިޓީގައި ހަރުކޮށްފައިވާ ބިންހެލުން މޯނިޓަރކުރާ ސެސިމޯމީޓަރުތަކުން ވަނީ ލޮޅުންތަކެއް އެރިކަމަށް ދައްކާފައެވެ. މިއީ މެކްސިކޯގެ ސެސިމިކް މޮނީޓަރިން ނެޓްވޯކްއިން ހަރުކޮށްފައިވާ ސެސިމޯމީޓަރުތަކެކެވެ. އެ އިދާރާއިން ބުނީ މި ލޮޅުންތަކަކީ ލަނޑު ޖެހި ވަގުތު އެތައް ހާސް ބަޔަކު އެއްފަހަރާ ފުއްމާލުމުން އެރި ލޮޅުންތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

މި ލަނޑު ޖެހި ލޮޒާނޯ މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ މިއީ މެކްސިކޯ ފުޓްބޯޅަ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބުގެ ތެރޭގައި ހިމެނޭނެ ކާމިޔާބެއް ކަމަށާއި ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅެ މޮޅުވުމަކީ މުބާރާތުގެ އެންމެ ރަނގަޅު ފެށުމަށް ވާނެ ކަމަށެވެ.

މި މެޗުގައި ކުޅުނު މެކްސިކޯގެ ކެޕްޓަން ރަފައޭލް މާކުއޭޒް ވެގެން ދިޔައީ ޖެހިޖެހިގެން ފަސް ވާރލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި މެޗުގައި މެކްސިކޯގެ ގޯލު ބެލެހެއްޓި އޮޗޯއާ ނުވަ ހަމަލާއެއް ދިފާއުކުރިއެވެ.

މި މެޗު ވެގެންދިޔައީ 2010 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ސެމީ ފައިނަލުން ޖަރުމަނު ބަލިވި ފަހުން އެ ޓީމު ވާރލްޑް ކަޕްގެ މެޗަކުން ބަލިވި ފުރަތަމަ ފަހަރަށެވެ. ހަމައެހެންމެ މިއީ ވާރލްޑް ކަޕް ހުޅުވާ މެޗަކުން 1982 ވަނަ އަހަރުގެ ފަހުން ޖަރުމަނު ބަލިވި ފުރަތަމަ ފަހަރެވެ.

މިއީ މެކްސިކޯގެ ތާރީހުގައި ވެސް އެ ޓީމުން ޖަރުމަނުގެ މައްޗަށް ހޯދި ދެވަނަ މޮޅެވެ. އެންމެފަހުން އެޓީމު ޖަރުމަނު އަތުން މޮޅުވީ 1985 ވަނަ އަހަރުގެ ޖޫން މަހު ކުޅުނު އެކުވެރި ކަމުގެ މެޗެއްގައެވެ.

ކުރިޔަށް އޮތް މެޗުގައި މެކްސިކޯ ނުކުންނާނީ ދެކުނު ކޮރެއާ އާއި ދެކޮޅަށެވެ. އެމެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް