21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ސްވިޓްޒަލޭންޑުން ބްރެޒިލް ހިފަހައްޓައިފި

  • މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 18 ޖޫން 2018 | ހޯމަ 01:57 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ބެގް، ބޮރޯ އޯރ ސްޓީލް


ބްރެޒިލް އަދި ސްވިޓްޒަލޭންޑް ކުޅުނު މެޗުގައި ނޭމާ ހުއްޓުވުމަށް ކުޅުންތެރިޔަކު މަސައްކަތްކުރަނީ - މި މެޗުގައި އޭނާއަށް 10 ފައުލް އަމާޒުވި -- އޭއެފްޕީ

ފީފާ ވާރލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ބްރެޒިލް މޮޅުވިޔަނުދީ ސްވިޓްޒަލޭންޑުން ހިފަހައްޓައިފިއެވެ.

ރޮސްޓޯވްގައި ހުންނަ ރޮސްޓޯވް އޮން ޑޮން އެރީނާގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި ދެ ޓީމު އެންމެފަހުން ވާރލްޑް ކަޕެއްގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެ މެޗު ކުޅުނީ 1950 ވަނަ އަހަރުގެ ވާރލްޑް ކަޕްގައެވެ. މިފަހަރުގެ ވާރލްޑް ކަޕާއި ބްރެޒިލް ކުރިމަތިލީ މުބާރާތަށް އެންމެ އަވަހަށް ކޮލިފައިވި ޓީމުގެ ގޮތުގައެވެ.

ފުރަތަމަ ހާފު ފެށިގެން ބްރެޒިލްއިން ވަނީ މޮޅަށް ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބްރެޒިލްގެ އެޓޭކްތައް ހުއްޓުވުމަށް ސްވިޓްޒަލޭންޑުގެ ޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔައިރު ބްރެޒިލްއިން މެޗުގެ ލީޑު ނެގީ 20 ވަނަ މިނެޓުގައެވެ. މި ލަނޑު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއްގައި އެ ޓީމަށް ޖަހައިދިނީ ފިލިޕޭ ކުޓީނިއޯއެވެ. މި ލަނޑަށްފަހު ވެސް ބްރެޒިލްގެ ކުޅުންތެރިންނަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެކުޅުންތެރިންނަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބްރެޒިލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ސްވިޓްޒަލޭންޑުން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން ބްރެޒިލްގެ މިޑްފީލްޑުން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވައި ސްވިޓްޒަލޭންޑުން ވަނީ ބްރެޒިލް ނުތަނަވަސްކޮށްލާފައެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމުން ނެގި ކޯނަރެއްގައި ސްޓީވެން ޒޫބަރ ވަނީ ލަނޑެއް ޖަހާ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑަށްފަހު ވެސް މެޗުގައި މޮޅަށް ކުޅުނު މަންޒަރު ފެނިގެންދިޔައީ ސްވިޓްޒަލޭންޑެވެ. އެ ޓީމުން ވަނީ ބްރެޒިލްގެ ކުޅުންތެރިން އުފައްދަން މަސައްކަތްކުރި ހަމަލާތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

މި މެޗުގައި ބްރެޒިލްގެ ފޯވާޑް ނޭމާއަށް ސްވިޓްޒަލޭންޑުގެ ކުޅުންތެރިން 10 ފައުލްކުރިއެވެ. މިއީ އެއް މެޗެއްގައި އެލެން ޝިއެރާއަށް 1998 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި ޓިއުނީޝިއާއިން 11 ފައުލްކުރި ފަހުން ވާރލްޑް ކަޕެއްގައި އެއް ކުޅުންތެރިޔަކަށް އެންމެ ގިނަ ފައުލް އަމާޒުވި މެޗެވެ.

މި ގްރޫޕްގެ ދެވަނަ މެޗުގައި ސާބިއާއިން ވަނީ 1-0 އިން ސާބިއާ ބަލިކޮށްފައެވެ.

ކުރިޔަށް އޮތް މެޗުގައި ބްރެޒިލް ކޮސްޓަ ރިކާ އާއި ދެކޮޅަށް ނުކުންނައިރު ސްވިޓްޒަލޭންޑް ނުކުންނާނީ ސާބިއާ އާއި ދެކޮޅަށެވެ. ދެވަނަ ބުރަށް ދިޔުމަށް ކުރިޔަށް އޮތް މެޗު ކާމިޔާބުކުރުމަށް ބްރެޒިލްއަށް ވަރަށް މުހިންމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް