19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރައީސް ޔާމީން 2018

ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!

 • "މުވައްޒަފުންގެ ހުރިހާ މައުލޫމާތެއް ހުންނަނީ ލިބިފައި"
 • "ގުޅާފަ އަހަނީ ޔާމީނަށް ތާއީދު ކުރަންތޯ"
 • "ތުހުމަތު ކުރަނީ އެޗްއާރުން މައުލޫމާތު ދެނީ ކަމަށް"
ރާއްޖެ އެމްވީ | raajjemv

| 18 ޖޫން 2018 | ހޯމަ 01:28 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 6. ޕްރިޔަންކާ އިނީ ބަލިވެ؟
 7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަށް މަގާމު ހަވާލު ކުރެއްވި ރަސްމިޔއްޔާތުގެ ތެރެއިން -- ފިނޭންސް މިނިސްޓްރީ

ސިވިލް ސާވިސްގެ އޮފީސްތަކުގެ ގޮތުގައި ހިމެނޭ ތަންތާނގައި މަސްކަތް ކުރާ މުވައްޒަފުންގެ ޒާތީ މައުލޫމާތު ރައީސް ޔާމީންގެ ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

ރާއްޖެއެމްވީ އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނާ ގޮތުގައި އެމީހުންގެ އަމިއްލަ ފޯނު ނަންބަރާއި، ދާއިމީ އެޑްރެހާއި، އުޅޭ ޕާޓީ އާއި، މިހާރު އުޅޭ އެޑްރެހާއި، ކައިވެނީގެ މައުލޫމާތާއި، މިހާރު އަދާކުރާ ވަޒީފާ ފަދަ އެތައް ޒާތީ މައުލޫމާތެއް ޔާމީންގެ ކެމްޕޭން އޮފީހަށް އޮތީ ލިބިފައެވެ.

"އަޅުގަނޑުމެންނަށް ގުޅާފައި އަހަނީ، ތިއީ މިވެނި މީހެއް ނޫންހޭ، ކިޔާފަ ހުރިހާ އެއްޗެއް އެބަ ކިޔާލާ، ނޭނގޭ އެއްވެސް ކަމެއް ނެތް. ދެން އަހަނީ ޔާމީން އަށް ތާއީދު ކުރަންތޯ؟" މިނިސްޓްރީއެއްގައި މަސައްކަތް ކުރާ މުވައްޒަފަކު މިކަމާ ބެހޭ ގޮތުން ރާއްޖެއެމްވީ އާ ވާހަކަ ދައްކަމުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޔާމީންގެ ކެމްޕެއިން އޮފީހުން ގުޅާ ފަރާތްތަކަށް މުވައްޒަފުންނާ ބެހޭ ގޮތުން ނޭގޭ އެއްޗެއް ނެތޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ.

"އަޅުގަނޑުމެން ވަރަށް ހައިރާންވެ ވަރަށް ކަންބޮޑުވެފައި މިތިބީ މިހުރިހާ މައުލޫމާތެއް އެމީހުންނަށް ލިބުނު ގޮތަކާ މެދު." އޭނާ ބުންޏެވެ.

ރާއްޖެއެމްވީއަށް މިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ވާހަކަ ދައްކާލި އެހެން މިނިސްޓްރީއެއްގެ މުވައްޒަފަކުވެސް ހަމަ މި މޭރުމުން ކަން ހުރި ކަމަށް ވަނީ ބުނެފައެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީގައި މިހާރު ނެތް ނުގުޅާ އެންމެ މުވައްޒަފެއްވެސް، އެންމެންގެ ހުރިހާ މައުލޫމާތެއްވެސް އެ ގުޅާ މީހަކަށް އޮންނަނީ އެނގިފައި." އޭނާ ބުންޏެވެ.

މިފަދަ ޒާތީ މައުލޫމަތު ލިބޭ ގޮތަކާ މެދު މުވައްޒަފުންގެ ވިސްނުން ހުރީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ، މިނިސްޓްރީގެ ހިއުމަން ރިސޯސަސް (އެޗްއާރު) ޑިޕާޓްމަންޓުން މައުލޫމާތު ދެނީ ކަމަށް ވަރަށް ގިނަ މުވައްޒަފުން ތުހުމަތު ކުރާ ކަމަށެވެ.

"މުވައްޒަފުންނާ ބެހޭ އެންމެ އަޕްޑޭޓެޑް މައުލޫމާތު ހުންނާނީ އެޗް އާރުގައި، އެނޫން ގޮތަކަށް އެހުރިހާ މައުލޫމާތެއް ލިބޭނެ ގޮތެއް ނޯންނާނޭ ވަރަށް ގިނަ މުވައްޒަފުން ބުނޭ." ސިވިލް ސަވިސްގެ މިނިސްޓްރީ އެއްގައި މަސައްކަތް ކުރާ އެ މުވައްޒަފު ބުންޏެވެ.

މިނިސްޓްރީތަކުގެ އެޗްއާރު ޑިޕާޓްމަންޓް ތަކުން އެފަދަ މައުލޫމާތު ސިޔާސީ ބޭނުމަކަށް ފޯރު ކޮށްދިނުމުން އެކަމާ ޝަކުވާ ނުއުފުލަންތޯ އެހުމުން އޭނާ ބުނީ، ވެރިންނާ ހަމައަށްވެސް މިހާރު މައްސަލަ ގޮސްފައިވާނެ ކަމަށާއި، އެކަމަކު އެކަމަށް އަޅާލާނެ ޒިންމާދާރު މީހަކު ނެތް ކަމަށެވެ.

"އަޅުގަނޑުމެން ތިވާހަކަ މިހާރު އިވެންޖެހޭ ކަންފަތްތަކާ ހަމައަށް ގެންގޮސްފިން އެކަމަކު ނެތް އަޅާލާނެ މީހަކު." އޭނާ ބުންޏެވެ.

ގާނޫނަށް ގެނައި ބޮޑެތި ބަދަލު ތަކަކާއެކު މިނިވަން މުސްތަގިއްލު ޚިދުމަތެއްގެ ގޮތުގައި ރާއްޖޭގައި ފެށި ސިވިލް ސާވިސްގެ ޚިދުމަތުގެ މުސްތަގިއްލުކަން ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައި ކަން ފާހަގަ ކުރެވެއެވެ. ސިވިލް ސާވިސްގެ އެންމެ އިސް މަގާމު ކަމުގައިވާ ޕާމަނަންޓް ސެކްރެޓަރީންނަކީވެސް މިހާރު ހަމަޖެހިފައި އޮންނަ ގޮތައް ބަލާއިރު ގާތްގަނޑަކަށް ސިޔާސީ މަގާމަކަށް ވެފައިވާ މަގާމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުރާލި

8 މަސް ކުރިން

ވަރަށް ފައްކާ ވަރަށް ފައްކާ ލިޔުމެއް. ރާއްޖެ އެމްވީ އިން ގެނެސްދީފައި ތިވަނި ރަނގަޅު ނޫސްވެރި ކަމެއްގެ ރަނގަޅު ލިޔުމެއް. ސަބަބަކީ ތީގައި ތިވާ ފޮޓޯ އިން ވަރަށް ގިނަ ވާހަކަ ޢާންމު ރައްޔިތުންނަށް އެނގޭކަން. ތިޔަ މަޢުލޫމާތު ދިން ދިން މީހުންނާއި ތިކަމުގައި އުޅުނު ގޮތާއި، ހަގީގަތް ފޮޓޯ އިން އެނގެތީވެ. ތިޔަ ފޮޓޯ އަކީ ި ގަރުނުގެ އެންމެ ބޮޑު ފޮޓޯކަން ވަރަށް ސާފު. ކާކުގެ ކާުކަން. ކީއްވެގެންކަން އެފޮޓޯ އެގޮތަށް ނަގަން ފުރުސަތު ލިބުނީ. ހެހެހެހހެެ ދެން ދޯ ވަރަށް ވާހަކަ

0
0
Ismaaaaal

8 މަސް ކުރިން

Noonu hospital ge muvazzafunnah ves gulhi kamah vany. Mii hama ethanuge zv mauloomaathu thah dheegen kuri kamehkan yageen

2
0