20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އެމްޓީސީސީ

އެމްޓީސީސީގެ ހިއްސާގެ ފައިދާ އަންގާރަ ދުވަހު ބަހަން ފަށާނެ

  • ހިއްސާއަކަށް 2 ރުފިޔާ 60 ލާރި މިދިޔަ އަހަރު ޖެހުނު
ޙުސައިން ޙަސަން | hucenhassan

| 17 ޖޫން 2018 | އާދީއްތަ 21:29 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު: ވޭތުވެދިޔަ 37 އަހަރުގައި ހިއްސާ ނުނަންގަވާ ތިބި ފަރާތްތަކުން ވެސް ހިއްސާ ނެގުމަށް އިލްތިމާސްކޮށްފައިވޭ -- އާކައިވް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ އަންގާރަ ދުވަހު ބަހަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހިއްސާއަކަށް ދެ ރުފިޔާ ފަސްދޮޅަސް ލާރީގެ ރޭޓުން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން ނިންމާފައިވާ ކަމަށާއި ކުންފުނީގެ 37 އަހަރު ތެރޭގައި ފައިދާ ނުނަންގަވާ ތިއްބެވި ފަރާތްތަކުން ވެސް ހިއްސާގެ ފައިދާ ނެންގެވުމަށް އެދޭ ކަމަށެވެ.

ހިއްސާގެ ފައިދާ ނެގުމަށް އަންނައިރު، ހިއްސާގެ ސެޓްފިކެޓާއި އައިޑެންޓިޓީ ކާޑު ގެންނަން ޖެހޭނެ ކަމަށާއި ބަދަލުގައި އެހެެން ފަރާތެއް ފޮނުއްވާނަމަ، އެ ފަރާތަކާ ފައިދާ ނެންގެވުމަށް ހަވާލު ކުރެއްވި ކަމުގެ ސިޓީ އަކާއެކު ވެރިފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ އަދި ހިއްސާގެ ސެޓްފިކެޓް ފޮނުވަންޖެހޭނެ ކަމަށެވެ.

"މިގޮތުން ފައިދާ ނަންގަވަން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ވެސް ގެންނަންވާނެއެވެ. ހިއްސާދާރަކީ ކުޑަ ކުއްޖެއްނަމަ އޭނާގެ ފަރާތުން ސިޓީ ފޮނުއްވާނީ އެ ކުއްޖާގެ ބެލެނިވެރިޔާއެވެ،" އެމްޓީސީސީން ނެރުނު އިއުލާންގައިވެއެވެ.

އެމްޓީސީސީން ބުނީ ބޭންކް އެކައުންޓަށް ހިއްސާގެ ފައިދާ ޖަމާކުރަން އެދިއްޖެނަމަ، ފައިދާ ދޫކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ހިއްސާގެ ފައިދާ ދޫކުރަމުން ގެންދަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 3:00އަށް އެމްޓީސީސީގެ ހެޑް އޮފީހުގެ ހަތް ވަނަ ފަންގިފިލާއިން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް